މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދިޔަ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެބޯޓު ބަލައިފާސްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އެބޯޓު ވެލިދޫއަށް ބަނދަރުކުރުމުންކަމަށެވެ.

Ad
rt

އެބޯޓް ބަލައިފާސްކުރިއިރު ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށާއި މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.