މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ވެލިދޫ (40 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
40 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވެލިދޫގެ އެންމެ ފަހުގެ ޚަބަރުތައް

40 ޚަބަރުގެ ތެރެއިން
މި ދައުރު ނިމުމުގެ ކުރިން ވެލިދޫގެ އައު ހޮސްޕިޓަލް ހުޅުވާނެ: ޤީލާ

މި ދައުރު ނިމުމުގެ ކުރިން ވެލިދޫގެ އައު ހޮސްޕިޓަލް ހުޅުވާނެ: ޤީލާ

މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. ވެލިދޫގައި އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލް ހުޅުވައި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބެން ފަށާނެ ކަމަށް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ވެލިދޫ ސިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ ދަތުރު...

ފާތިމަތު ސަޙާ
ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޖަނަވަރީ މަހު ޚިދުމަތް ފަށަނީ

ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޖަނަވަރީ މަހު ޚިދުމަތް ފަށަނީ

ނ.ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސް މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް، ސީޕްލޭން ޚިދުމަތް ފައްޓަވާނެކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީ އެ...

ޔުމްނާ ޢަލީ
މެންބަރު އައްބާސް ވެލިދޫ ދާއިރާއަށް 1.1 މިލިއަން ހޭދަކޮށްފި 📍 ނ. ވެލިދޫ

މެންބަރު އައްބާސް ވެލިދޫ ދާއިރާއަށް 1.1 މިލިއަން ހޭދަކޮށްފި

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް، ފާއިތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އެ ދާއިރާއަށް ޖުމްލަ 1,177,072 ރުފިޔާ ހޭދަކޮށްފައިވާކަން ހާމަކޮށްފި އެވެ. މިއީ އޭނާއަށް މުސާރައިގެ ގޮތުގައި ލިބުނު 615,200 ރުފިޔާއަށްވުރެ ގިނަ އަދަދެކެވެ. އައްބާސް ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނ. ޅޮހީގައި ހިނަވާގެއެއް ބިނާކުރުމަށް ކަމަށްވާއިރު، އެކަމަށް 478,342 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، ދާއިރާގެ ތިން ރަށުގެ ރައްޔިތުން ކޮންމެ 15 ދުވަހަކުނ...

އަލީ އާދިލް
ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދަށް

ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދަށް

ނ. ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދޮޅުކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދުކޮށްފި އެވެ. ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ވެލިދޫގެ ބައެއް ގެތައް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް...

އަލީ އާދިލް
ވެލިދޫ ޖޫނިއާ ކޮލެޖުގެ ބޭރު ފާރުގެ މޭސަނަރީ މަސައްކަތް ނިންމާލައިފި 📍 ނ. ވެލިދޫ

ވެލިދޫ ޖޫނިއާ ކޮލެޖުގެ ބޭރު ފާރުގެ މޭސަނަރީ މަސައްކަތް ނިންމާލައިފި

ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެތެރެއާ ބޭރު ފާރުގެ މޭސަނަރީގެ މަސައްކަތެވެ. އެގޮތުން، ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން މިހާރު ކުރިއަށްދަނީ އެތެރެ ފާރުގެ މޭސަނަރީ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ […...

އަޙްމަދު ވަހީދު
''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން'' 📍 ށ. ކޮމަންޑޫ

''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން''

ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ށ.  ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ ށ. ކޮމަންޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ކޮމަންޑޫ ރައްޔިތުންނަށް ރައީސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބިން ފުރިފައި...

ޔުމްނާ ޢަލީ
ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ވަނީ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް […]

އަޙްމަދު ވަހީދު
ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފަށައިފި 📍 ނ. ވެލިދޫ

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފަށައިފި

ނ. ވެލިދޫ ޖޫނިއާ ކޮލެޖު ހެދުމުގެ މަޝްރޫއުގެ ދަށުން، ފައުންޑޭޝަން އަދި ބީމް ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތިގައި މި މަޝްރޫއުގެ ދަށުން ސައިޓް ކްލިއަ ކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރާނެއެވެ. މި...

އަޙްމަދު ވަހީދު
ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފަށައިފި 📍 ނ. ވެލިދޫ

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފަށައިފި

ނ.ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި ކޮލެޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ކޮލެޖުގެ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި 2 ވޯކްޝޮޕް ހުންނާނެއެވެ. […]

އަޙްމަދު ވަހީދު
ވެލިދޫ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ނ. ވެލިދޫ

ވެލިދޫ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު މޮބިލައިޒް ކޮށްފައިވަނީ، 17 އޯގަސްޓް 2023 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 2 ކްލާސް ރޫމާއި، 2 ވޯކްޝޮޕާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާ ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. ވެލިދޫ

ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 20,693,664.00 ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި...

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަަސައްކަތުގެ 71 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުނއ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި […]

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 88 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 25 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަހައްދު ލެވެލް […]

އަޙްމަދު ވަހީދު
ޅޮހި އަދި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. ވެލިދޫ

ޅޮހި އަދި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ޅޮހި އާއި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 67,020.00 އައު ބަނދަރު ފުން […]

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވ...

އަޙްމަދު ވަހީދު