ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު މޮބިލައިޒް ކޮށްފައިވަނީ، 17 އޯގަސްޓް 2023 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 2 ކްލާސް ރޫމާއި، 2 ވޯކްޝޮޕާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާ ކުރާނެއެވެ.
މިއީ 11.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!