މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
ކުމުންދޫ ކައިރިއަށް ދޯންޏެއް ބަނޑުންޖަހާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައިރިއަށް ދޯންޏެއް ބަނޑުންޖަހާލައިފި

ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިއަށް ބަނޑުންޖަހާލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ. މި ދޯނީގައި ދެ ދިވެހިނގެ އިތުރުން ދެ ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހުން ދަތުރުކުރަމުން ދިޔައެވެ. ދޯނި ބަނޑުންޖެހުމާ ގުޅިގެން އެ ހަތަރު މީހުންވެސް ރައްކާތެރިކަމާއެކު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން […]

ޔުމްނާ ޢަލީ
ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ

2023-2024 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ ހޮވިއްޖެވެ. ލަމްސާ ވަނީ ޘާނަވީ މަރުހަލާ ނިންމާ އިމްތިޙާނުތަކުން ޤައުމީ ފެންވަރުގައި ޓޮޕް އެޗީވާރސް އެވޯޑު ޙާސިލް ކޮށްފައެވެ. އަދި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް ލަމްސާއަށް ވަނީ ލިބިފައެވެ. މީގެއިތުރުން ހަޔަރ ޑިސްޓިންކޝަން އެވޯޑާއި، އިސްލާމް އާއި ޤުރްއާން މާއްދާއިން ސަބްޖެކްޓް ޕްރައިޒް ވަނީ ހާސިލްކޮށްފައެވެ. އަދި ކްލާސް ޕްރައިޒާއި އޮނަލިސްޓެޑް އެވޯޑްވެސް ލަމްސާއަށް ވަނީ ލިބިފައެވެ. މިދިޔަ […]

ތިލަދުން
ގަދަ ކޮޅިގަނޑެއްގައި ބަނބުކެޔޮ ގަހެއް ވެއްޓި ކުމުންދޫގެ ދެ ގެއަކަށް ގެއްލުން 📍 ހދ. ކުމުންދޫ

ގަދަ ކޮޅިގަނޑެއްގައި ބަނބުކެޔޮ ގަހެއް ވެއްޓި ކުމުންދޫގެ ދެ ގެއަކަށް ގެއްލުން

ރޭގެ ވަގުތެއްގައި އައި ބާރު ކޮޅިގަނޑެއްގައި ހދ. ކުމުންދޫގެ ދެ ގެއެއްގައި ހުރި ބަނބުކެޔޮ ގަހެއް ވެއްޓި އެކި ވަރުގެ ގެއްލުންތަކެއް ވެއްޖެއެވެ. ކުމުންދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، ގެއްލުންވެފައި ވަނީ ކުމުންދޫ ވީވަރު ގެ އަށާއި ގަނދަކޯޅި ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮގަހެއް ވެއްޓިއެވެ. ކުމުންދޫ ކައުންސިލުން ބުނެފައި ވަނީ ބަނބުކެޔޮގަސް ވެއްޓުމުގެ ސަބަބުން އެ ދެ ގެއަށް ވެސް  ބޮޑެތި ގެއްލުންތައް ވެފައިވާކަމަށެވެ. ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ ގަސް ވެއްޓިފައި ވަނީ […]

އައިޝަތު އައިނީ އާމިރު
އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް 📍 ހއ. ފިއްލަދޫ

އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް

ހއ. އުލިގަމާއި، ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން އެމްޓީސީއާއި ހަވާލުކުރެވުނު މަޝްރޫޢުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީގެ...

އައިޝަތު އައިނީ އާމިރު
ބާރަށް، މާރަންދޫ އަދި ކުމުންދޫ ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށް، މާރަންދޫ އަދި ކުމުންދޫ ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިމާރާތްތައް އަޅަން ހަވާލުކޮށްފައިވާ ކުންފުނިތަކަކީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އެވެ. ހަވާލުކުރި 8 ފުލުހުންގެ އިމާރާތުގެ ތަފްސީލް ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މި...

އިބްރާހިމް ޚަލީލް
ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ 📍 ހދ. ނައިވާދޫ

ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ނައިވާދޫއާއި މަކުނުދޫ ބައްދަލުކުރަން ޖެހުނުއިރު ނޭކުރެންދޫއާއި ކުމުންދޫ ބައްދަލުކުރަން ޖެހިއްޖެއެވެ. ހދ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ނޭކުރެންދޫއެވެ. ނޭކުރެންދޫން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ މަކުނުދޫންނެވެ. […]

އިބްރާހިމް ޚަލީލް
މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މުބާރާތް ފެށީ މޮޅަކުން 📍 ހދ. ނައިވާދޫ

މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މުބާރާތް ފެށީ މޮޅަކުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހދ.އަތޮޅު ބުރުގެ މެޗުތަކުން މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މޮޅުވެއްޖެއެވެ. މި މުބާރާތުގައި ހދ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު، މަކުނުދޫ، ހަނިމާދޫ، ނޭކުރެންދޫ އަދި ފިނޭއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދ...

އިބްރާހިމް ޚަލީލް
ކުމުންދޫގައި މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި

ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފިއެވެ. މި ޕްލާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި މަޝްރޫއެކެވެ. ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުގައި، މި ފަންޑުގެ ދަށުން ހިންގި ދެ މަޝްރޫއެއް ނިންމާލާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކުމުންދޫގައި ގާއިމުކުރި މަސްކާނާ އުފައްދާ ޕްލާންޓެވެ. އަނެއް މަޝްރޫއަކީ ގދ. ވާދޫ […]

އިބްރާހިމް އަސްވާޤް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޖަމިއްޔާއެއް ކަމަށްވާ، ކުމުންދޫ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ ރަންތަރި ޤުރުއާން މުބާރާތައި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެ ޖަމިއްޔާއިން މިގޮތަށް މި ދެމުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. މި އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން އޮންލައިންކޮށް ފޯމް ފުރިހަމަ ކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ޕޭޖުގައިވާ މުބާރާތު...

އިބްރާހިމް ޚަލީލް
ކުމުންދޫގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އެ ރަށުގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 20 ބައިވެރިންނަށެވެ. ކޯސް ފީއެއްގެ ގޮތުގައި ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާ ނަގަން ވަނީ ނިންމާފައެވެ. މި ކޯސް ކުރިއަށް ގެންދަނީ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯއާއި އެކްޓިވިޓީ ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. ލޯގޯއާއި އެކްޓިވިޓީ ޔުނޯފޯމް އިފްތިތާހް ކުރުމަށް އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނާޒިމާ އަލީއެވެ. ލޯގޯގައި ހިމެނޭ މައިގަނޑު ތިންބަޔަށް ބަލައިލާއިރު، ލޯގޯ އެންމެ މަތީބައިގައިވާ ފެހި ކުލައަކީ އެ ސިއްހީ މަރުކަޒުގެ ރަސްމީ ކުލައެވެ. ލޯގޯގަ މީހަކާއިއެކު ވާ އަތްތިލައިން...

އިބްރާހިމް ޚަލީލް
ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކޮށް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކޮށް ނިންމާލައިފި

އެމްޑަބްލިއުއެސްސީ އިން ހދ.ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިންމާލައިފިއެވެ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 102.17 ރުފިޔާއަށެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކ...

އަޙްމަދު ވަހީދު
ކުމުންދޫ ޔޫތު ސްޕޯޓްސް އިން އެ ރަށު ބަނދަރު ސަރަހައްދުގައި ޖޯލިއެލުވައި ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސް އިން އެ ރަށު ބަނދަރު ސަރަހައްދުގައި ޖޯލިއެލުވައި ނިންމާލައިފި

ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އެ ރަށު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ބަނދަރު ސަރަހައްދުގައި ޖޯލި އެލުވައި ނިންމާލައިފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން ކޭވައިއެސްގެ ފަރާތުން މައުލޫމާތު ދެމުން އެ ކުލަބުގެ ރައީސް ޖައިލަމް ސާހް ބުނީ އެ ރަށު ބަނދަރު ސަރަހައްދަކީ ހަވީރު ވަގުތުގައި ރަށު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ނުކުންނަ ސަރަހައްދެއް ކަމަށެވެ. މިގޮތުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ޑިމާންޑް މިހާރު އެ ޖޯލިތަކަށް […]

އިބްރާހިމް ޚަލީލް
މުޢިއްޒުގެ ވެރިކަން އުންމީދީ ވެރިކަމަކަށްވާނެ: އަމީން 📍 ހދ. ކުމުންދޫ

މުޢިއްޒުގެ ވެރިކަން އުންމީދީ ވެރިކަމަކަށްވާނެ: އަމީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިހިނގާ ފަސް އަހަރުގެ ދައުރުގެ ވެރިކަމަކީ އުންމީދީ ވެރިކަމަކަށްވާނެ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިދައުރުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މިހެން ވިދާޅުވީ، މިއަދު ”އެކްސް”ގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އަމީން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަށް އޭނާ ނޫނެކޭ ބުނެ ވޯޓު ދީފައިވާނީ ރައީސް ޑރ. މުޢިއްޒަށް ކަމަށެވެ. އަދި އެކަން އެހެންކުރީ ޑރ. މުޢިއްޒު […]

ޔުމްނާ ޢަލީ
އެމްއައި ކޮލެޖްގެ ފަރާތުން ކުމުންދޫއަށް ލިބިފައިވާ ސްކޮލާޝިޕްގެ ތިން ޖާގައަށް ކުރިމަތިލާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

އެމްއައި ކޮލެޖްގެ ފަރާތުން ކުމުންދޫއަށް ލިބިފައިވާ ސްކޮލާޝިޕްގެ ތިން ޖާގައަށް ކުރިމަތިލާން ހުޅުވާލައިފި

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖު (އެމްއައި) ގެ “ގައުމަށްޓަކައި” ސީއެސްއާރު ކެމްޕޭންގެ ދަށުން ހދ. ކުމުންދޫއަށް ލިބިފައިވާ ސްކޮލާޝިޕްގެ ތިން ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްގެ ދަށުން ޑިގްރީއަށް ޝަރުތު ފުރިހަމަ ނުވާ ފާރާތްތަކަށް އެއްވެސް ކޯސް ފީއަކާއި ނުލައި ރަށުގައި ތިބެގެން އޮންލައިން ކޮށް ފައުންޑޭޝަން ޕްރޮގްރާމް ފުރިހަމަކޮށް، ފްރީޑިގްރީ ސްކީމް ގެ ދަށުން އިތުރު ކޯސްފީއަކާ ނުލައި ބެޗެލާސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ. މި ޖާގަތަށް ހާއްސަ ކުރ...

އިބްރާހިމް ޚަލީލް