ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފިއެވެ.

މި ޕްލާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި މަޝްރޫއެކެވެ.

Ad
rt

ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުގައި، މި ފަންޑުގެ ދަށުން ހިންގި ދެ މަޝްރޫއެއް ނިންމާލާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކުމުންދޫގައި ގާއިމުކުރި މަސްކާނާ އުފައްދާ ޕްލާންޓެވެ. އަނެއް މަޝްރޫއަކީ ގދ. ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ގޮތަށް ރައްކާތެރިކުރުމުގެ މަޝްރޫއެވެ.

ކުމުންދޫގައި ހިންގި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިންނެވެ. މި މަޝްރޫއުގެ ސަބަބުން ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހު ބާނާ މަހުގެ ކުނި މެނޭޖްކުރެވި، އެތަކެތިން މަސް ކާނާ އުފެއްދުމުގެ މަގު ފަހިވެގެންދާނެއެވެ.

އަދި ގދ. ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާ އަޅާ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ގދ. ވާދޫގައި ހުވަދޫ އެސޮސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ. މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ފަންޑުގެ ދަށުން އެކި ރަށްރަށުގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ފުރުސަތު ދީފައެވެ.