📍 ހދ. ކުޅުދުއްފުށި
ހިންދީ ދީނުގެ ”އޯނަމް“ ބޭއްވި ކަމަށް ބުނާ މައްސަލަ ބަލަންފަށައިފި
ކުޅުދުއްފުށީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ބަލަންފަށައިފި އެވެ. “ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި.” އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. މިދިޔަ ހުކުރު ދުވަހު، ހދ.ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ޓީޗަރުންތަކެއް އިސް ނަގައިގެން ގެންދިޔަ ގެޓް ޓުގެދާއެއްގެ ފޮޓޯތަކެ...