އާންމުންގެ ތެރެއިން ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ދިވެހި ފިލްމް ބަވަތި، ތިލަދެކުނު ސިނަމާގައި އެޅުވުމުގެ ހުއްދަ ނުދޭން ހދ.ކުުޅުދުއްފުށީ ރަށު ކައުންސިލުން ނިންމައިފިއެވެ.
މި ފިލްމް އަޅުވަން ކުޅުދުއްފުށީގައި ހުރި ހަމައެކަނި ބައިސްކޯފު ކުއްޔަށް ނުދޭން ނިންމީ ތަނުގެ ހާލަތުގެ ސަބަބުންނެވެ.
ތިލަދުންއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީގައި ދިވެހި ފިލްމް އެޅުވުމުގެ މަސައްކަތް ކުރާ އާދަމް މުހައްމަދު ބުނީ ބަވަތި އެޅުވުމަށް ތިލަދެކުނު ސިނަމާ ކުއްޔަށް ދޫކުރުމަށް ރަށު ކައުންސިލުން ދެކޮޅު ހެދީ، ކުޅުދުއްފުށީ ތިލަދެކުނު ސިނަމާ ވަނީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތުގައިކަމަށް ބުނެ، އެތަން މަރާމާތުގެ މަސައްކަތަށް 4 ސެޕްޓެމްބަރުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމާއި ގުޅިގެން ކަމަށެވެ.
ކުޅުދުއްފުށީ ތިލަދެކުނު ސިނަމާ ވަނީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތުގައި - ކައުންސިލް
އޭނާ ބުނީ އެޅުވުމަށް ގަސްދުކުރީ ބަވަތި ފިލްމްގެ އެންމެ ޝޯވް ކަމަށާއި ނަމަވެސް ފިލްމްގެ މަގުބޫލުކަމަށް ބަލައި ދެ ޝޯވް އެޅުވޭނެކަމަށް ލަފާކުރި ކަމަށެވެ. އަދި ސިނަމާ ލިބެން ނެތްކަން އެންގިއިރު، އެއްވެސް ޓިކެޓެއް ވިއްކާފައިނުވާނެކަމަށް ފާަހަގަކުރިއެވެ.
އެ ސިނަމާ ބަންދުކުރުމުން ކުޅުދުއްފުށީގައި ފިލްމް އެޅުވޭނެ އެހެންގޮތެއް ނެތްކަމަށް އާދަމް ފާހަަގަކުރިއެވެ.
ދިވެހި ފިލްމު އިންޓަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ އައި ފިލްމްސް ގެ މި އުފެއްދުމަކީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރި ނުޒުހަތު ޝުއައިބު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެން ދާއިރާ މިދާއިރާއަށް މުޅިން އާ އަހުމަދު އިފްނާޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!