މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނެއްލައިދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނެއްލައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ގޯލްޑަން ފުޓްސަލް ޗެލެންޖު: މަކުނުދުއާ ނެއްލައިދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ 📍 ހދ. ނެއްލައިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖު: މަކުނުދުއާ ނެއްލައިދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅު ބުރުގައި މަކުނުދޫ އާއި ނެއްލައިދޫ ބައްދަލުކުރި މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ. ގްރޫޕް ދޭއްގައި ރޭ މި ދެ ޓީމުން ބައްދަލުކުރި މެޗު އެއްވަރުވީ3-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަކުނުދޫގެ ލަނޑުތައް ޖަހައިދިނީ ނުހާދު ފައުޒީ އާއި މުހައްމަދު އަޝްފާގް އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑަކީ ނެއްލައިދޫގެ އަލީ ހަސަން އަތުން ބައިކޮޅަށް ވަތް ލަނޑެވެ. ނެއްލަދޫއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިިދިނީ މެޗުގެ މޮޅު […]

އަފްރާހް އަބްދުލް ރަޝީދު
ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް 📍 ހއ. ދިއްދޫ

ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް

ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު
ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

ހދ. ނެއްލައިދޫ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ނެއްލައިދޫއާއިއެކު ނ. ކުޑަފަރިއާއި ގދ. ތިނަދޫގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ...

Thiladhun
ނެއްލައިދޫ އާއި އިހަވަންދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

ނެއްލައިދޫ އާއި އިހަވަންދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ ނެއްލައިދޫ އާއި ހއ އިހަވަންދޫ ބަނދަރުގެ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 17 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ […]

ޔުމްނާ ޢަލީ
ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަކީ އަބަދުވެސް މުޖްތަމައަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އެ ކުންފުނިން ކުރާ މަސައްކަތް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީގައި ވަނީ ހދ. ނެއްލައިދޫގައި ޕާކެއް ހުޅުވާފައެވެ. މިއީ...

އަފްރާހް އަބްދުލް ރަޝީދު
ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީ އިން މަޢުލޫމާތު ދޭގޮތުގައި 365 ދުވަސް ތެރޭގައި...

އިބްރާހިމް އަސްވާޤް
ނެއްލައިދޫގައި ލަނޑާ ނެގުން ހުއްޓައެއް ނުލާ: ކައުންސިލް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ލަނޑާ ނެގުން ހުއްޓައެއް ނުލާ: ކައުންސިލް

ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ. ނެއްލައިދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ނެއްލައިދޫގައި ލަަނޑާ ނެގުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މަޖިލިސްގައި ދެއްކެވި ވާހަކަ ދޮގުކުރައްވައެވެ. ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރުވެސް ދިހަ ވަރަކަށް ޑިންގީ ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭކަމަށާއި އެ...

އިބްރާހިމް އަސްވާޤް
ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައި: ޒިޔާދު 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައި: ޒިޔާދު

ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ލަނޑާ މަސްވެރިކަމަކީ ނެއްލައިދޫގައި ވަރަށް ބޮޑު ޢާމްދަނީއެއް ވައްދާ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެކަން މިހާރު އޮތީ ހުއްޓިފައިކަމަަށެވެ. ޒިޔާދު ވިދާޅުވީ ލަނޑާ ނެގުން ހުއްޓީފައި އޮތީ ލަނޑާ ވިއްކާނެ ގޮތެއް ނެތުމުން ކަމަށެވެ. އަދި ކުރިން […]

އަބްދުﷲ ޝަފީޢު
ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި

ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފިއެވެ. 7 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ އެފްސީ ފްރެންޑްސް އާއި ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި 1-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އެފްސީ ފްރެންޑްސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ފްރެންޑްސްއަށް ގޯލު ޖަހައިދިނީ ޖާޒީ ނަމްބަރ 23 ހުސައިން ފަރުހާދެވެ. ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިކަ […]

އިބްރާހިމް އަސްވާޤް
ހދ. ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީއެއް ހިނގައިފި 📍 ހދ. ނެއްލައިދޫ

ހދ. ނެއްލައިދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، މާރާމާރީއެއް ހިނގައިފި

ދ. ނެއްލައިދޫ ކައުންސިލް ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ހޫނުވެ، ހަމަނުޖެހުން ހިންގައިފި އެވެ. މިއަދު ހަވީރު އެރަށު ބޯޅަދަނޑުގައި ކުޅުނު މިމެޗުގައި ބައްދަލުކުރީ އެފްސީ ފްރެންޑްސް އާއި އެފްސީ ދުންމާރި އެވެ. ހަމަނުޖެހުން ހިންގީ ދެވަނަ ހާފުގައި ދެ ޓީމު 1-1 އެއްވަރުވެފައިވަނިކޮށް އެފްސީ ފްރެންޑްސް ޖެހި ގޯލެއް ހޫނުވެ އެވެ. އެއީ އޮފްސައިޑް ގޯލެއްކަމަށް ބުނެ ކުޅުންތެރިން ހަމަނުޖެހުން ހިންގަން ފެށީ އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. […]

Thiladhun
ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

  ނެއްލައިދޫ ކައުންސިލުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނެއްލައިދޫ ކައުންސިލްކަޕް ގެ 9 ވަނަ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލް ކަޕް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ އެފްސީ ފެލްކަންއާއި މިދިޔަ އަހަރުގެ ރަނަރަޕް ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިވީ އެއްވަރެވެ. ވިއްސާރައިގެ ސަބަބުން މެޗު ފެށުނީ 30 މިނެޓްފަހުންނެވެ. އަދި ދަނޑުގައި ފެން ހެދިފައިވުމުގެ ސަބަބުން ދެޓީމަށްވެސް […]

އިބްރާހިމް އަސްވާޤް