ހދ ނެއްލައިދޫ އާއި ހއ އިހަވަންދޫ ބަނދަރުގެ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 17 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި އެޢިއުލާނުގައި ބުނެފައިވެއެވެ.

Ad
rt

ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫއަށް 47.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއަކީ ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އިހަވަންދޫ ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 51.7 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ. މި މަސައްކަތް 1 އަހަރާއި 1 މަސްދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާއި ހަވާލުކުރަންޖެހެއެވެ. އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 26 ވަނަދުވަހުއެވެ.