ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފިއެވެ.
7 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ އެފްސީ ފްރެންޑްސް އާއި ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި 1-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އެފްސީ ފްރެންޑްސް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ފްރެންޑްސްއަށް ގޯލު ޖަހައިދިނީ ޖާޒީ ނަމްބަރ 23 ހުސައިން ފަރުހާދެވެ. ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިކަ ސިޓީންނެވެ. ލިބުނު ޕެނަލްޓީއެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޖާޒީ ނަމްބަރ 7 މުހައްމަދު އަސްލަމެވެ. މާގިނަ އިރުތަކެއް ނުވެ އެފްސީ ފްރެންޑްސްއަށް ލީޑު ނަގައިދިނީ މުހައްމަދު ހަސަން އެވެ. މިނަތީޖާއާއެކު މިއަދު ކުޅެވުނު ފައިނަލް މެޗު ނިމިގެންދިޔަ ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުލިބި ބޭނުން ނުކުރެވިކަން ފާހަގަކޮށްލެވެއެވެ.
މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހދ.ހަނިމާދޫ ނޫރުއްﷲ ޠޯހާއެވެ. ޗެންޕިޔަން ޓިމާއި ރަނަރަޕް ޓީމް އަށް މެޑަލްއާއި ތަށި ހަވާލްކޮށްދެއްވީ ނެއްލައިދޫ ކައުންސިލްގެ ރައީސް ނާޒިމްއެވެ.
ނެއްލައިދޫ ކައުންސިލް ކަޕަކީ 2011 ވަނަ އަހަރުންފެށިގެން އެރަށު ކައުންސިލުން ބޮޑު އީދާއި ދިމާކޮށް ބާއްވަމުން އަން މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!