📍 ހދ. ހަނިމާދޫ
ހަނިމާދޫގެ ޕާކްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 2.7 މިލިއަން ރުފިޔާ އަށް ''މިނެޓް ޕްލަސް'' އަށް
ހދ. ހަނިމާދޫގެ ކުޑަކުދިންގެ ޕާކްތަކާއި އާންމު މައިޒާންތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، އެތަކެތި އިންސްޓޯލްކުރުމަށް އެރަށުގެ ކުންފުންޏެއްކަމަށްވާ މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް އާއެކު ހަނިމާދޫ ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ. އަދި މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ އާދަމް އިބްރާހީމެވެ. ޖުމްލަ 2,774,736.00 ރުފިޔާ ހަރަދުކޮށ...