ހދ. ހަނިމާދޫ ބަނދަރު ބޭރު ތޮށީގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ އަނދާހުލިވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހަނިމާދޫ ''ގަހާތަރި'' ލޯންޗުގައެވެ.
ހަނިމާދޫ ކައުންސިލް މެމްބަރު އަހްމަދު އަނާން ''ތިލަދުން'' އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 12:25 ހާއިރުކަމަށެވެ.
ގަހާތަރި ލޯންޗްގައި އަނދާ ހުލިވެފައި،
''ބެލެވެނީ ސްޓާޓް ކުރަން އުޅެނިކޮށް ކަރަންޓް ޝޯޓެއްވީކަމަށް، އާންމުންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވޭތޯ މަސައްކަތްކުރި، ނަމަވެސް ލޯންޗް ވަނީ އެއްކޮށް އަނދާ ހުލިފައި'' އޭނާ ބުންޏެވެ.
އެ ލޯންޗްގައި ރޯވުމުން ލޯންޗް ކައިރީހުރި ލޯންޗްތަކާއި ޑިންގީތައް ވަނީ އާންމުންނާއި ފުލުހުން ގުޅިގެން ކުރިމަސައްކަތުން ދުރައްޖައްސާފައެވެ. މި ލޯންޗް އަޅާފައި އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ޑިންގީ އާއި ކުދި ދޯނި ފަހަރާއި ލޯންޗު ފަހަރު ވެސް އަޅާފައި އޮންނަ ސަރަހައްދެކެވެ.
ހަނިމާދޫ ގަހާތަރި ލޯންޗަނީ 18 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!