📍 ހދ. ކުމުންދޫ
ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
ހދ. ކުމުންދޫގެ ތިން ދަނޑަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ، ދަނޑުތަކަށް ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ. ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު، “ތިލަދުން” އަށް ވިދާޅުވީ، ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަމަށާއި، ގެއްލުންދިން ތިން ދަނޑުން ވެސް އެންމެ ބޮޑަށް ހަލާކުކޮށްލާފައިވަނީ ކަރާ ދަނޑުތަށް ކަމަށެވެ. މިކަން އެނގިފައިވަނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑުތަކަށް ދިއުމުންނެވެ. މިގޮތުން ދަނޑުތަކުގައި ކަރާތައް ފަޅާ ޗިސްކޮށް، މުޅި ދަނޑަށް އުކާލާފައިވާކަމަށް ފާހ...