މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯލު އޭސީކޮށް، ހޯލުގެ އެކޯ މައްސަލަ ހައްލުކޮށްދީފިއެވެ. އަމާޒް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކޮށްދީފައިވަނީ ސްކޫލްގެ ހޯލު ހޫނުގަދަވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، ހޯލުގެ އެކޯ މައްސަލަ އާއި ގުޅިގެން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ ސަބަބުންނެވެ. މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް...

އައިޝަތު އައިނީ އާމިރު
ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް 📍 ހއ. އިހަވަންދޫ

ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ހއ. އިހަވަންދޫ ވިޔަފާރަވެރިންނަށް ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މި އޮކްޓޯބަރު މަހުގެ 15 އިން 22 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން، އިހަވަންދޫގައި ވިޔަފާރިކުރާ 30 ތަނަކަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. މި...

އައިޝަތު އައިނީ އާމިރު
އުތުރުން ފެށިގެން ބޮޑު ބަޔަކަށް ކަނޑުތައް ވަރަށް ގަދަވާނެ: މެޓް އޮފީސް

އުތުރުން ފެށިގެން ބޮޑު ބަޔަކަށް ކަނޑުތައް ވަރަށް ގަދަވާނެ: މެޓް އޮފީސް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުން ފެށިގެން ބޮޑު ބަޔަކަށް މިއަދު ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. އިއްޔެވެސް އުތުރުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލު ދެވަނަ ފަހަރަށް ދަންމާލާފައެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން މިއަދު ފުރަތަމަ ނެރުނު ސަމާލުގެ މެސެޖްގެ ވަގުތު ދިނީ މެންދުރު 13:30 އާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ ސަމާލުގެ ވަގުތު ހަވީރު 17:30 އާއި ހަމައަށް އިތުރުކޮށްފައެވެ. […]

ޔުމްނާ ޢަލީ
ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ނަރުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެލިސްޓަރ އިންވެސްޓްމަންޓް އާއެވެ. 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނަރުދޫ ކައުންސިލުން އެލިސްޓަރ އިންވެސްޓްމަންޓް އާއި ހަވާލުކުރި މި މަސައްކަތުގެ މަގުސަދަކީ، ނަރުދޫ ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ، އިޖްތިމާޢީ ސަރަހައްދުތައް އަލިކުރުމެވެ. އެގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 137،905 (އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގެ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ: ޝަހީމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ: ޝަހީމް

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެެއްވަމުންނެވެ. މެމްބަރު މުހައްމަދު ދާއޫދު ވަނ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ހުރީ ނިމިފައި، ހުޅުވާނީ ނަމެއްގައެއް ނޫން: ޝަހީމް 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުރީ ނިމިފައި، ހުޅުވާނީ ނަމެއްގައެއް ނޫން: ޝަހީމް

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިކަމަށާއި، އެތަން ހުޅުވާނީ ނަމެއްގައެއްނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ. މި ޖަލްސާގައި ލަތީ...

ޔުމްނާ ޢަލީ
އުތުރުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި

އުތުރުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅަށް ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގެ ވަގުތު ފުރަތަމަ ދިނީ އިރުއޮއްސި 18:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ ސަމާލުގެ ވަގުތު މިރޭ 20:30 އާއި ހަމައަށް އިތުރުކޮށްފައެވެ. މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް […]

ޔުމްނާ ޢަލީ
ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި

ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނައީމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފް އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އެއް “ތިލަދުން” އަށް ވަނީ ލިބިފައެވެ. އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޙުސައިން ނައީމްގެ އިސްތިއުފާއާ ގުޅިގެން، ކައުންސިލްގެ ހިންގުން ވަގުތީގޮތުން ހަވާލުވާނީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފްއެވެ. ތަކަންދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވި...

އަލީ އާދިލް
މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ޓީމުތަކުގައި ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ “ކިންގް އޮފް ދަ ޓޯނަމެންޓް” މިލަންދޫ ޓީމުގެ ކުޅުންތެރިޔާ އަޙުމަދު ޝަނީ އަށް ލިބިއްޖެއެވެ. ރޭ ކަނޑިތީމުގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅިފައިވާއިރު، މިލަންދޫ ޓީމާއި ކަނޑިތީމު ޓީމު ވާދަކޮށް، 6-2 ގެ ނަތީޖާއަކުން ކަނޑިތީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި މުބާރާތުގައި ވަނަ ވަނަ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލް މެޗުގައި، މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފިއެވެ. ރޭ ކަނޑިތީމުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި، ކަނޑިތީމުން ތަށި އުފުލާލާފައިވަނީ 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިގޮތުން ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލަންދޫ ލީޑުގައި އޮވެއެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިލަންދޫ ޓީމުގެ ކުޅުންތެރިޔާ ޖަރޒީ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި ފައިނަލްގައި ބައްދަލުކުރާނީ މިލަންދޫ އާއި ކަނޑިތީމެވެ. މިލަންދޫ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. އަދި ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށްޓާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިރޭގެ ފައިނަލް ކުޅޭއިރު މިލަންދޫގެ ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައ...

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ސިޓީ ހިމެނޭހެން ސިޓީތަކާއި ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ހިމެނޭހެން ސިޓީތަކާއި ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ފަށަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް އެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ ޚިދުމަތްތަކަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއްކަމަށެބެ. މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ކުޅ...

ޔުމްނާ ޢަލީ
ޢަލީ އަކީ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް: މޭޔަރ ޢާޠިފް 📍 ހދ. ކުޅުދުއްފުށި

ޢަލީ އަކީ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް: މޭޔަރ ޢާޠިފް

އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަޝިޕްގެ ދަށުން އިތުރަށް ތައުލީމު ޙާސިލް ކުރުމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން ޢަލީ އަޙުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް، ޢަލީއަށް ތަޢުރީފު ކުރައްވައި، އޭނާއަކީ “ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް” ކަމަށް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޢަލީގެ އިސްތިއުފާއަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މޭޔަރ ގެ ޕޯސްޓުގައި، ކުޅުދުއްފުށި ސިޓީ ކައ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރަށް އޮސްޓްރެލިއާގެ ހައިކޮމިޝަނަރުގެ ޒިޔާރާތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރަށް އޮސްޓްރެލިއާގެ ހައިކޮމިޝަނަރުގެ ޒިޔާރާތެއް

އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެޗް.އީ. ޑޭވިޑް ޖެސަޕް، ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ތަރައްޤީކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށާއި، ސިޓީގެ ތަފާތު ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ. ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ހައިކޮމިޝަނަރ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ކުުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތް ސެންޓަރަށް ޒިޔާރާތްކޮށް، ނަފްސާނީ ސިއްހަތުގެ މަސައްކަތްތަކާއި، ކޮމިއުނިޓީގެ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙުމަދު އިއްޔެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. މިކަން ހާމަކުރައްވަމުން ޢަލީ އާންމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން ދެއްވާ ޝީވްނިންގ ސްކޮލަރޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި. “އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް” އިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު ކަމުންނާއި، ޑެޕިއުޓީ މޭޔަރ ކަމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. މިގޮތުން، ޢަލީގެ ދައުރު ނިމ...

އައިޝަތު އައިނީ އާމިރު