މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކު މާލެ ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކު މާލެ ގެންގޮސްފި

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި މެދު އަނިޔާވި މީހަކު ސީރިޔަސްވެ މާލެ ގޮންގޮސްފިއެވެ. މިއަދު ހެނދުނު ހިނގި ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތް ކޮށްފައިވާ މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މުޙައްމަދު އިބްރާހިމްގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ މިރޭ އިރާކޮޅުގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް ހަނިމާދޫ މަގުން މާލެ ގެންގޮސް އައިޖީއެމްއެޗްގެ އެމަޖެންސީގައ...

ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ފުނަދޫ ކައުންސިލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިފި 📍 ށ. ފުނަދޫ

ކޮވިޑް-19 އާއި ގުޅިގެން ފުނަދޫ ކައުންސިލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިފި

ދުނިޔޭގެ ކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފުނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން ފުނަދޫ ކައުންސިލުންވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން އެރަށުގެ ކުޑަކުދިންގެ ޕާކު ބޭނުން ކުރުން މަނާ ކޮށްފައެވެ. އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ވަގުތީ ގޮތުން ފުނަދޫ އައުޓް ޑޯ ޖިމް ބޭނުން ކުރުންވެސް ވަނީ އެރަށު ކައުންސިލުން މަނާ ކޮށްފައެވެ. އެކައުންސިލުން ވަނ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ގޮނޑި ކަށަވަރުވެއްޖެ

ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ގޮނޑި ކަށަވަރުވެއްޖެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ހދ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި، ކުރިމަތިލީ ކެނޑިޑޭަޓުންނަށް ކަށަވަރު ވެއްޖެއެވެ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި ކަށަވަރުވީ އެމްޑީޕީގެ 2 ކެނޑިޑޭޓުންނަށާއި، ޕީޕީއެމް 2 ކެނޑިޑޭޓުންނަށެވެ. އެމްޑީޕީން ދެގޮނޑި ކަށަވަރުކުރީ، ޢާއިޝަތު އާދަމް، ވެސްޓްސައިޑް/ހދ. ނޮޅިވަރަން އަދި ޙައްވާ ޒާހިރާ، އިޙްސާސް/ހދ....

ޝިއުނާ އާދަމް
ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙުކޮށް، ކޮންޓްރެކްޓަރާއެކު ސޮއިކޮށްފިއެވެ. މިކަމަށްޓަކައި، 05 މަރޗް 2019 ވީ ބުރާސްފަތި ދުވަހު، ހިރިމަރަދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީއެވެ. މިރަސްމިއްޔާތުގައި ވަަނީ ދެކައުންސިލް ގުޅިގެން މިމަސައްކަތް ކުރުމަށް، ހދ.އަތޮޅު ކަ...

ޝިއުނާ އާދަމް
ބޮޑު ތިލަދުންމައްޗަށް ހޯޕް ޓްރެވަލްސް ލޯންޗު ފެރީގެ ޚިދުމަތް: އިތުބާރު ލިބިފައިވާ، އަރާމު، ފަސޭހަ ޚިދުމަތެއް

ބޮޑު ތިލަދުންމައްޗަށް ހޯޕް ޓްރެވަލްސް ލޯންޗު ފެރީގެ ޚިދުމަތް: އިތުބާރު ލިބިފައިވާ، އަރާމު، ފަސޭހަ ޚިދުމަތެއް

ލޯންޗު ފެރީ ހިދުމަތް ދިނުމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަން ހޯދާފައިވާ ހޯޕް ޓްރެވަލްސް ލޯންޗު ދަތުރުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަ ކުރާ މައިގަނޑު ކަންކަމަކީ، އެޚިދުމަތުން ލިބިދޭ އިތުބާރާއި، ދަތުރު ކުރާ ލޯންޗްތަކުގެ އަރާމު ކަމާއި، ލޯންޗްތަކުން ޚިދުމަތް ލިބިގަތުމުގައި ފަހި ކޮށްދީފައިވާ ފަސޭހަކަމާއި، ލޯންޗްތަކުން ދޭ ހިތް ހެޔޮ، ފެންވަރު ރަނގަޅު ޚިދުމަތެވެ. ހޯޕް ޓްރެވަލްސް ލޯންޗު ފެރީ މިހާރު ދަތުރު ކުރަމުން އަންނަނީ ނ. އަތޮޅާއި ށ. އަތޮޅާއި ބޮޑުތިލަދުންމަތީ […]

އިބްރާހިމް އަސްވާޤް
‏ދެނެގަންނަމާ 2020 ކުޅުދުއްފުށީ ސިޓީގައި ފަށައިފި

‏ދެނެގަންނަމާ 2020 ކުޅުދުއްފުށީ ސިޓީގައި ފަށައިފި

ދެނެގަންނަމާ 2020، ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ‏ހޭލުންތެރި ކުރުމުގެ ޚާއްޞަ ޕްރޮގްރާމް “ދެނެގަންނަމާ 2020” ގައި ހދ. އަގޮޅުގެ 5 ރަށަކުން 40 އަށްވުރެ ގިނަ މީހުން ބައިވެރިވާކަމަށް ހޯމް މިނިސްޓްރީއިން ހާމަކުރަށްވައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށްގެންގޮސްދެއްވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅެވެ. މިސެޝަނުގައި މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައި ވަނީ އަނިޔާ ކުރުމާއި އެހެނިހެން އަނިޔާވެެރި، ލާއިންސާނީ، ދަށުދަރަޖަ...

ޝިއުނާ އާދަމް
ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ލިބޭގޮތް ހަދައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ލިބޭގޮތް ހަދައިފި

ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ، އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފިއެވެ. އެ ހޮސްޕިޓަލުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުއްވައިދެއްވައި ދަތުގެ ފަރުވާ ދިނުން ފައްޓަވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ހެލްތު މިނިސްޓްރީން ބުނީ ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު، އެ ހިދުމަތް ހޯދުމަށް ފުނަދޫ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ރިސ...

ޔުމްނާ ޢަލީ
އެމްޓީސީގެ ސީއީއޯ ކުޅުދުއްފުށީ ސިޓީއަށާއި ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފި

އެމްޓީސީގެ ސީއީއޯ ކުޅުދުއްފުށީ ސިޓީއަށާއި ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފި

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެކުންފުނީގެ ބައެއް އިސް ބޭފުޅުން ކުޅުދުއްފުށީ ސިޓީއަށާއި ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. އެބޭފުޅުންގެ މިޒިޔާރަތަކީ ހދ.އަތޮޅާއި، ހއ.އަތޮޅުގައި އެމްޓީސީސީއިން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާގޮތް ބައްލަވާ ލެއްވުމަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. އެގޮތުން އެމްޓީސީގެ ޓީމުވަނީ ހދ.ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ބައްލަވާލާފައެވެ. އެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތަރަ...

ޔުމްނާ ޢަލީ
ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޢަބްދުﷲ ޒާމިރު އިންތިޚާބު ވެއްޖެ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޢަބްދުﷲ ޒާމިރު އިންތިޚާބު ވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ގެ މަޤާމުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާން ކޮށްފިއެވެ. އިސީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2020 އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް އެކަނި ކަމަށެވެ. ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެނީ

ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދޭން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި (ވައިޓް ފްލައި) ފެތުރިފައިވާތީ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަރަށް ހާއްސަ ބައްދަލުވުމެއް 8 މާރޗް 2020ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 08:30ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ...

އިބްރާހިމް އަސްވާޤް
ކޮވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވުމަށް ޑަކްޓަރު މުހައްމަދު ޢަލީ އުފަން ސިޓީއަށް ވަޑައިގަންނަވަނީ

ކޮވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވުމަށް ޑަކްޓަރު މުހައްމަދު ޢަލީ އުފަން ސިޓީއަށް ވަޑައިގަންނަވަނީ

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެެރި ވައިރަސް، ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއާއި މެދު ހޭލުންތެެރި ކުރުމުގެ ސެސަންތަކެއް ބޭއްވުމަށް ޑަކްޓަރު މުހައްމަދު ޢަލީގެ އުފަން ސިޓީ، ކުޅުދުއްފުށީ ސިޓީއަށް ވަޑައި ގަތުމަށް ހަމަޖެހިއްޖެއެވެ. އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑަކްޓަރު ކުޅުދުއްފުށީ ސިޓީގައި ކޮވިޑް-19 އާއި ބެހޭ މައުލޫމާތު ދިނުމުގެ މިސެސަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް 7 ދުވަހު ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ކުޅުދުއްފުށީ ރީ...

ޝިއުނާ އާދަމް
ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް ފަސް ބޭފުޅަކު ވާދަކުރައްވަނީ

ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް ފަސް ބޭފުޅަކު ވާދަކުރައްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް 5 ކެނޑިޑޭޓަކު ކުރިމަތި ލައްވައިފިއެވެ. އެ ކެނޑިޑޭޓުންގެ ކެނޑިޑޭޓު ނަމްބަރު ތަރުތީބުކުރުން މިއަދުވަނީ ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ. ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓުން 1 – އާދަމް މުހައްމަދު / އަމިއްލަ 2 – އަހުމަދު ޝަމީމް / ޖުމްހޫރީ ޕާޓީ 3 – ހުސެން އަލީ / އަމިއްލަ 4 – މުހައްމަދު ސިރާޖް / އެމްޑީޕީ 5 […]

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީ މޭޔަަރުކަމަށް ވާދަކުރަނީ 4 ކެނޑިޑޭޓުން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޭޔަަރުކަމަށް ވާދަކުރަނީ 4 ކެނޑިޑޭޓުން

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުލުން ބާއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް 4 ކެނޑިޑޭޓުން ވާދަކުރައްވައެވެ. އަލަށް އުފެދުނު އެސިޓީގެ ފުރަތަމަ މޭޔަރު ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދި އަމިއްލަ 2 ކެނޑިޑޭޓުން ވާދަ ކުރެއެވެ. ކުޅުދުއްފުށީ ސިޓީ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުން 6 – އަބްދުﷲ އިޤްބާލް / ޕީ ޕީ އެމް 7 – […]

ޝިއުނާ އާދަމް
ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި

34 ބައިވެރިންނާއިއެކު ހދ. ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ދަންޑުވެރިކަމުގެ ޕްރޮގުރާމް ނިންމާލައިފި އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ހިންގި މި ޕުރޮގުރާމުގައި ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި ކާނަ ބޭނުން ކުރާނެ ގޮތް އަދި އެކި ކަހަލަ ކެމިކަލް ބޭސް ބޭނުން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.   10 ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ މި ޕްރޮގުރާމްގައި ދަނޑުވެރިކަމުގެ ކޯސް ނިންމި ބައިވެރިންނަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ޢަދަދަކަށް ސްޕަސެލިސްޓް ޑަކްޓަރުން ހޯދަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ޢަދަދަކަށް ސްޕަސެލިސްޓް ޑަކްޓަރުން ހޯދަނީ

އުތުރުގެ މައި ހަސްފަތާލު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ޢަދަދަކަށް ސްޕަސެލިސްޓް ޑަކްޓަރުން ހޯދަން ޢިއުލާން ކޮށްފިއެވެ. އެ ހަސްފަތާލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެ ހަސްފަތާލަށް ސްޕަސެލިސްޓް 27 ޑަކްޓަރުން ބޭނުންވާ ކަމަށެވެ. އެ ހަސްފަތާލުން ހޯދަން ޢިއުލާނު ކޮށްފައިވާ ޑަކްޓަރުންގެ މަގާމުތަކުގެ ތެރޭގައި ސަރޖަރީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ ،ނިއުރޮލޮޖީ، ކާރޑިއޮލޮޖީ، ރޭޑިއޮލޮޖީ، އޯތޮޕެޑިސިއަން، އެނެސްތެޓިސްޓް، އިންޓާނަލް މެޑިސިން(ޕިޒިސިއަން)، ޑާމަޓޮލޮޖިސ...

އިބްރާހިމް އަސްވާޤް