ތިލަދުންމަތީ ބޮޑު ދަތުރު ހުއްޓުވަން، ޖަމީލު ދީދީ ކުޅުދުއްފުއްޓަށް ވަޑައިގަތުން!
ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (4 ވަނަ ބައި) ” އަހަރެމެން ބަނޑަށްމަރަނީއޭ. މިހާރަކު ލަދެއްބިރެއްނެތޭ. މިތިބީ ލަދާއި ބިރާ ކަނޑުވައިފައޭ. ތިޔައުޅެނީ ބަނޑުހައިގެން ތިއްބާ އަހަރެމެން ލައްވާ ގޯސްހައްދާށޭ. “ދެބައިކުޅަ” ކައިގެން ކިހިނަކުންހޭ ދިރިތިބެވޭނީ، ތިޔަމަރަނީޔޭ! ކޮންކާޑެއްހޭ؟ އޮރިޔާންކާޑުހޭ؟ މިހާރު އަހަރެމެން މިތެޅެނީ މަރަށޭ! ” އުތުރު ގަޑުބަޑަކީ، މީގެ 77 އަހަރުކުރިއެވެ. މިއީ، އޭގެ ހަމަ އެހާދުވަސްފަހެވެ. އެދަތުރުގައި ރިޔާނެގި އޮޑިދޯނިފަހަރުގެ 552 ގަނޑެތި މާލެއައިނަމަ، އެއީ ވަރަށް ގިނަ...