ކޮވިޑް-19: ހޯރަފުށީ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފި
ރާއްޖެ ހިމެނޭހެން މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހއ. ހޯރަފުށީ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިއެވެ. ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް ހޯރަފުށީ ކޮވިޑް-19 ޓާސްކް ފޯހުން ވަނީ ހޯރަފުށީގެ ގޭބިސީތަކަށް ދޮރުން ދޮރަށް ހިނގައި، ކޮވިޑް-19 އާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ. އެހަރަކާތަކީ ހޯރަފުށީގައި މިހާތަނަށް އެއްވަގުތެއްގައި ހިންގުނު އެންމެ ބޮޑު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާ...