މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ތިލަދުންމަތީ ބޮޑު ދަތުރަށް 77 އަހަރު!

ތިލަދުންމަތީ ބޮޑު ދަތުރަށް 77 އަހަރު!

“މިއަދަކީ ވެރިކަމުގެ ދޯދިޔާކަން އިންތިހާއަށް ދިއުމުން ވެރިކަން ހަމަމަގަށް ގެންދިއުމަށް ބޮޑުތިލަދުއްމަތީގެ ރައްޔިތުން ބަސްބުނި ދުވަހެވެ. މިއަދަކީ ވެރިން ރޫސިހާބަތާއި މޮޅުކެއުން ހިތުހުރިވަރަކަށް ކައި ރައްޔިތުންނަށް ދުވާލެއްގެ ކޮއްތަށް ބައިލާހި ހަނޑޫ ދޭން ފެށުމުން އަނބިދަރީން ވާތާ ވަމުންދާތަން ބަލާންނުތިބެ އިންސާފު ހަމަހަމަކުރުމަށް ބޮޑުތިލަދުންމަތި ތެދުވި ދުވަހެވެ. މިއަދަކީ ބޮޑުތިލަދުއްމަތީގެ އެއްބައިވަންތަކަމުގެ ދުވަހެވެ. ދިވެހިން ޑިމޮކްރަސީއަށް ކުރި ފުރަތަމަ ދަތުރެވެ. އެއީ ފަރަންސޭސި ރައްޔިތުން ޑ...

ޙުސައިން ޝަހުދީ
ހާޓުސީން އާއި އެކު އޫރިދޫ: އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ

ހާޓުސީން އާއި އެކު އޫރިދޫ: އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ

ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމެންޓްރީ “ހާޓުސީން” ގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ އަކަށް އޫރިދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނެފައި “ހާޓުސީން” ގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ އަކަށް އޫރިދޫ މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ އެޓީމުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ފުރިހަމަކަމެއް އަދި އިތުރު ހިއްވަރެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި އޫރިދޫ މޯލްޑިވެސް ގެ ފަރާތުން މިފަދަ ކަންކަމަށް ވެދެއްވަމުން ގެންދަވާ އެ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބަލަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބަލަނީ

ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބެލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން މިއަދު އިޢުލާން ކޮށްފިއެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ލިޔަންކިޔުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ ސަމާލުކަންދޭންޖެހޭ ދާއިރާތައް ކަނޑައަޅައި އެދާއިރާތަކުން މަސައްކަތް ކުރުމަށް މިއަހަރު ބޭއްވުނު ނުރަސްމީ ތަޢުލީމުގެ މަހާސިންތާއިން ނިންމުމާއި ގުޅިގެން ލިޔަން ކިޔަން ނުދަންނަ މީހުންގެ ލިސްޓެއް އެކުލަވާލުމަށް ވަނީ އަންގަވާފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ...

އަލީ އާދިލް
ތިލަދުންމައްޗަށް އެންމެ ބޮޑު އިންވެސްޓްއެއް ކުރީ އަޅުގަނޑު: ޖާބިރު

ތިލަދުންމައްޗަށް އެންމެ ބޮޑު އިންވެސްޓްއެއް ކުރީ އަޅުގަނޑު: ޖާބިރު

ބޮޑު ތިލަދުންމައްޗަށް އެންމެ ބޮޑު އިންވެސްޓެއް ކުރި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުކަމަށް ވިދާޅުވެއްޖެއެވެ. ދިގު އިންތިޒާރަކަށް ފަހު ވ. ބޮޑުމޮހޮރާއާ ހަވާލުވުމަށް ޖެޓްސްކީއެއްގައި އެރަށަށް ވަޑައިގެން މިއަދު ހަވީރު ބޮޑުމޮހޮރާގައި ހުންނަވާ “ތިލަދުން” އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަކަށް ނިމުމެެއް އައި ދުވަހެއްކަމަށާއި މިކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވ...

އަލީ އާދިލް
ލޯކަލް އައިލެންޑް ޓޫރިޒަމް މެގެޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

ލޯކަލް އައިލެންޑް ޓޫރިޒަމް މެގެޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

އޯކާ މީޑިޔާ ގުރޫޕްއިން ލޯކަލް އައިލަންޑް ޓޫރިޒަމް މެގެޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިވެހި ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރިއަށް ހާއްސްކޮށް ނެރެވޭ ހަމައެކަނި މެގެޒިންނެވެ. 2015 ފެށިގެން ކޮންމެ އަހަރަކު މި މެގެޒިން ނެރެވެމުންދެއެވެ. މި މެގެޒިން ކުރިން ނެރެވިފައިވަނީ ގެސްޓް ހައުސް މޯލްޑިވްސްގެ ނަމުގައެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ގެސްޓް ހައުސްތަކަށް މި މެގެޒިންގައި ހިލޭ މައުލޫމާތު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި މެގެޒިންގެ މަގ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރުން 5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން 5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަނީ

5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އިން މިއަދު އިޢުލާންކޮށްފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (50/A,B) ހުސްބިމިގައި ހުރި ރައްޔިތުންގެ 05 ގަސް ބަބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެކައުންސިލުން ކުރި އިޢު...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި

ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ނޮޅިވަރަމު ކައުންސިލުން އާންމު ކޮށްފިއެވެ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން ގޯތި ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އެރަށު ކައުންސިލުން އިއުލާނު ކުރީ މިއަދު އެވެ. އެރަށު ކައުންސިލުން މިއަދު ކުރި […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ އެސިއްޚީމަރުކަޒަށް އައު އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތެވެ. އެރަށު ސިއްޚީ މަރުކަޒަށް އެއައު އޮފީސް އިމާރާތް އިތުރުވުމާއިއެކު ކުރީގެ އޮފީސް އިމާރާތުގެ ތެރޭގައި ލެބޯޓަރީއަށް އެކަށޭނަ ޖާގަ ލިބިގެންދާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލް ނައިބު ރައީސް އަހުމަދު ވަހީދު ބުންޏެވެ. އަހުމަދު ވަހީދު އިތުރަށް ބުނީ އިތުރ...

ޝިއުނާ އާދަމް
ތިލަދުންމަތީ ހޮވުން: ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް

ތިލަދުންމަތީ ހޮވުން: ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް

“ތިލަދުންމަތީ ހޮވުން” އަކީ ތިލަދުންމަތީގެ 3 އަތޮޅު ކަމުގައިވާ ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް ތިލަދުން އިން ހާއްސަކޮށްގެން ގެނެސްދޭ ބަޔެކެވެ. އަތޮޅަށާއިރަށަށް އެންމެ ޤާބިލް ކައުންސިލަރުން އިންތިޙާބު ވުމަށް ޓަކައި ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ފުރިހަމަ މަޢުލޫމާތު އެއްތަނަކުން ހިއްސާކުރުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ޕޭޖެކެވެ. އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތިލަދުންގެ ފަރާތުން ހއ ހދ...

ތިލަދުން
ކުޅުދުއްފުށީ ރޯހައުސްތައް މަރާމާތު ކުރުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ރޯހައުސްތައް މަރާމާތު ކުރުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކޮށްފައިވާ ރޯ ހައުސްތައް މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. އެރޯހައުސްތައް މަރާމާތު ކުރުމަށް ފެނަކައިގެ ފަރާތުން ހަވާލުކުރީ ޓިކް ޓަކް އިންވެސްމެންޓާއިއެވެ. ފެނަކައަކީ އެރޯ ހައުސްތަކުގެ ބަލަދުވެރި ފަރާތް ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ފަރާތެވެ. މިއެއްބަސްވުމުގައި ސޮއިކުރީ މިއަދު ފެނަކާގައި އޮތް ރަސްމިއްޔާތެއްގައިއެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނާ މަޖިލިސް ދެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ. ސަރުކާރުން މިރ...

ޝިއުނާ އާދަމް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފި

އުތުރުގެ ވައިގެ ދޮރާށި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާރ ޕޯރޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. އޮބްޒާވްކުރުމަށް ސިވިލް އޭވިއޭޝަނުން ބޭފުޅުން ބައިވެރިވި، މިފަހަރުގެ އެކްސަސައިޒް ބާއްވާފައިވަނީ އިއްޔެ ހަވީރު 16:30 އިން ރޭގަނޑު 19:00 އަށެވެ. މި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ މި ހަރަކާތާއި ގުޅުންހުރި ހަނިމާދޫގައި ހުރި މުއަސްސަސާތައް ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ...

ޝިއުނާ އާދަމް
"ހާޓުސީން”ގެ ވީޓިއޯތަކުން އުލިގަމާއި ހޯރަފުށީގެ ނަލަ މަންޒަރުތައް ދައްކާލައިފި 📍 ހއ. ހޯރަފުށި

"ހާޓުސީން”ގެ ވީޓިއޯތަކުން އުލިގަމާއި ހޯރަފުށީގެ ނަލަ މަންޒަރުތައް ދައްކާލައިފި

“ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާއިރު ގިނަބަޔަކު ތިބީ “ހާޓުސީން” ގެ ޓީމުން ނެރެމުންދާ އެޕިސޯޑު ތަކުގެ އިންތިޒާރުގައެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. އަތޮޅުގެ ހުރިހާރަށެއްގެ ސޫޓިން ގާތްގަނޑަކަށް ނިމިފައިވާއިރު މިހާރު އެޓީމުން ކުރަމުންދާ މަސައްކަތަކީ ވީޑިއޯތައް އެޑިޓް ކުރުމުގެ މަސައްކަތެވެ. “ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން...

އިބްރާހިމް އަސްވާޤް
ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު 📍 ހއ. އިހަވަންދޫ

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ. އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެ...

އަލީ އާދިލް
ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ‘އަމާންވެށި’  ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ހުންނަ ހއ.  އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ 81 ވަނަ ފުރާވަރު ކޭމްޕް  ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހއ. އަތޮޅު މަދަރުސާގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި...

ޔުމްނާ ޢަލީ
ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހދ. ފިނޭ

ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި

ހދ. ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސ...

ޝިއުނާ އާދަމް