މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ތިން ރީޖަންގެ ޗެމްޕިއަން ބަލިކޮށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ދިއްދޫ ޓީމަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް 📍 ހއ. ދިއްދޫ

ތިން ރީޖަންގެ ޗެމްޕިއަން ބަލިކޮށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ދިއްދޫ ޓީމަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދިއްދޫ ޓީމު މިއަދު އެރަށަށް އައުމުން ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ނޯތު ރީޖަން ދިއްދޫ ވަނީ ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕިއަން ވެސް ބަލިކޮށްފައެވެ. މިގޮތުން 8 ޖޫންގައި ދިއްދޫ އިން ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ ބަލިކުރީ 1-0 އިންނެވެ. އަދި 16 ޖޫންގައި […]

ޔުމްނާ ޢަލީ
ނޯތު ޗެމްޕިއަން ދިއްދޫ އަށް މާލޭ ރީޖަން ޗެމްޕިއަން ބިސް ބުރު އަތުން ބޮޑު މޮޅެއް 📍 ހއ. ދިއްދޫ

ނޯތު ޗެމްޕިއަން ދިއްދޫ އަށް މާލޭ ރީޖަން ޗެމްޕިއަން ބިސް ބުރު އަތުން ބޮޑު މޮޅެއް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅުނު ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ ކުޅުނު ފަހު މެޗު ބޮޑު ތަފާތަކުން މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ބަލިކޮށްފިއެވެ. ކޮލިފިކޭޝަންގެ ފަހު މެޗަށް ނުކުތް އިރުވެސް ލީގަށް ކޮލިފައި ވެފައިވާ ދެ ޓީމުގެ ކުރިމަތިލުމުގައި ދިއްދޫއިން ވަނީ މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން […]

އަޙްމަދު ވަހީދު
ބާރަށު ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް 📍 ހއ. ބާރަށް

ބާރަށު ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް

ހއ. ބާރަށު ރުއްތަކަށް ޖެހޭ ބަލިން ރުއްތައް ރައްކާތެރިކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފައިވާ ބޭސް އެރަށު ގޭބިސީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ބާރަށުގެ ގަސްރުކަށް ދިމާވެފައިވާ ބަލީގެ މައްސަލަ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމގެ ްސަމާލު ކަމަށް ގެނެސް އެކަމަށް އަވަސް ހައްލެއް ހޯއްދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ބާރަށު ކައުންސިލް ރައީސް ވަނީ ޖޫން 15 ގައި ވަޒީރު ޝިޔާމާއެކު […]

ޝިއުނާ އާދަމް
ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް 📍 ށ. ފުނަދޫ

ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މިއަދު ބާއްވާފައިވާއިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީން އެވެ. މި...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީގެ އައު ލޯގޯ ފަރުމާކޮށްގެން 10,000ރ. ހޯދުމުގެ ފުރުސަތު  📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީގެ އައު ލޯގޯ ފަރުމާކޮށްގެން 10,000ރ. ހޯދުމުގެ ފުރުސަތު 

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އައު ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް މިއަދު ހުޅުވާލައިފިއެވެ. މި ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅި ފަރާތަކަށް އިނާމެއްގެ ގޮތުގައި 10,000 (ދިހަހާސް) ދިވެހި ރުފިޔާ ދިނުމަށް ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ. މި ފުރުސަތަކީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނާއި، ކުރެހުންތެރިންނާއި، ޑިޒައިނަރުންގެ އިތުރުން ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގެ ރަށްތަކަށް އަމާޒުކޮށް "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް ހުޅުވާލައިފި

ބޮޑުތިލަދުންމަތީގެ ރަށްތަކަށް އަމާޒުކޮށް "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް ހުޅުވާލައިފި

ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ. މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ “މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް” (މެޕް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމު...

ޝިއުނާ އާދަމް
ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި 📍 ށ. ކަނޑިތީމު

ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި

ށ. ކަނޑިތީމު ފަޅު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ އުޅަނދު ނެގުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކަނޑިތީމު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވަނީ ރަޖިސްޓްރީ ނަންބަރު P6673A-04 ދޯނި ކަމަށެވެ. މި އުޅަނދު ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގައި އޮތުމުގެ ސަބަބުން އޭގެ ބައިތައް ހަލާކުވެ، ފަޅުތެރެއަށް ފެތުރެމުންދާކަން ކައު...

ޔުމްނާ ޢަލީ
ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް 📍 ހއ. ތަކަންދޫ

ތަކަންދޫ ހިރިގަލު ގަބުރުސްތާނުގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ މަސައްމަކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ.ތަކަންދޫގައި ހިރިގަލު މަހާނައިގެ ގަބުރުސްތާނު ހިމާޔަތްކ...

ޔުމްނާ ޢަލީ
ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ދައުވަތު 📍 ހއ. ހޯރަފުށި

ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ދައުވަތު

ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ރަށު ކައުންސިލުން ދައުވަތު ދީފައިވާތީ، އެކަމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހިރިމަރަދޫ ކައުންސިލް އުވާލައި، އެ ކައުންސިލްގެ ޒިންމާތަކާ މިވަގުތު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ރަސްމީ ދައުވަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ހޯރަފުއްޓަށް...

އަލީ އާދިލް
އީއާރުގެ ފްރެޝްއެއަރ ސިސްޓަމްގެ މަސައްކަތް ނިމެންދެން ފިނިހޫނުމިނަށް ބަދަލު އަތުވެދާނެ: ކޭއާރުއެޗު 📍 ހދ. ކުޅުދުއްފުށި

އީއާރުގެ ފްރެޝްއެއަރ ސިސްޓަމްގެ މަސައްކަތް ނިމެންދެން ފިނިހޫނުމިނަށް ބަދަލު އަތުވެދާނެ: ކޭއާރުއެޗު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އިމަޖެންސީ ރޫމް (އީ.އާރު) ގެ ފްރެޝްއެއަރ ސިސްޓަމް ރިލޮކޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ ތަނުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ކޭއާރުއެޗުން މިއަދު ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ އީ.އާރުގެ ފްރެޝްއެއަރ ސިސްޓަމްގެ ރިލޮކޭޝަން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، މަސައްކަތް އެއްކޮށް ނިމެންދެން އީ.އާރުގެ ފިނިހޫނުމިނުގެ ތަފ...

ޝިއުނާ އާދަމް
ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ގްރާންޓާއެކު: އެލްޖީއޭ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ ހިރިމަރަދޫގެ ގްރާންޓާއެކު: އެލްޖީއޭ

ހދ. ހަނިމާދޫ ކައުންސިލަށް އަންނަ ޖުލައި މަހު ގްރާންޓު ދޫކުރާއިރު، އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާފައިވާ ގްރާންޓުވެސް ދޫކުރާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. މިގޮތަށް ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމާ ގުޅިގެން، ހިރިމަރަދޫގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުވެފައިވާތީއެވެ. ހަނިމާދޫ ކައުންސިލުން އާދީއްތަ ދުވަހު ވަނީ ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ...

ޝިއުނާ އާދަމް
ފަތުހުﷲގެ ޕީއެޗްޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހއ. އިހަވަންދޫ

ފަތުހުﷲގެ ޕީއެޗްޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ޚާއްޞަކޮށް ލިޔުންތެރިކަމާއި ކިޔަވައިދެއްވުމުގެ ރޮނގުން ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށްވާ ފަތުހުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ، ޤައުމީ ޔުނިވާސިޓީ އިން ހައްދަވަމުން ގެންދަވާ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ވަނީ ފަތުހުﷲ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން މަރުޙަބާ ކިޔާފައެވެ. އަދި ފަތުހުﷲގެ މި ދަތުރަށް ކާމިޔާބީ އަށް އެދޭކ...

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހިރިމަރަދޫ އަށް ޖޫން މަހު ކުރި ޚަރަދުތައް އާންމުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހިރިމަރަދޫ އަށް ޖޫން މަހު ކުރި ޚަރަދުތައް އާންމުކޮށްފި

ހދ. އަތޮޅު ކައުންސިލަށް ދީފައިވާ ބަޖެޓުން، ހަނިމާދޫއާ އިދާރީގޮތުން ހިންގުން އެއްކޮށްލާފައިވާ ހިރިމަރަދޫގެ ކަންކަމަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ކުރި ޚަރަދުތަކުގެ ތަފްސީލު އެ ކައުންސިލުން އާންމުކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ހިރިމަރަދޫ އަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހަނިމާދޫ އަވަށު އޮފީހުގެ ނަމުގައި ހިރިމަރަދޫއަށް ކުރި ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސަ...

ޝިއުނާ އާދަމް
ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކު މޮޅަދޫގެ ގޮނޑުދޮށް ސާފުކޮށްފި 📍 ހއ. މޮޅަދޫ

ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކު މޮޅަދޫގެ ގޮނޑުދޮށް ސާފުކޮށްފި

ހއ. މޮޅަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ކައުންސިލުން ބުނިގޮތުގައި މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމްޢިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. މޮޅަދޫ ކައުންސިލުން ވަނީ އެރަށު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށްޓަކައި، މުއައްސަސާތަކުގެ މުވައްޒަފުންނާއި ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ދިން ފުރިހަމަ އެހީތެރިކަމަށ...

ޝިއުނާ އާދަމް
ކުރިމަގު ޖަމިއްޔާއިން ބާރަށު މުއައްސަސާތަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާއިން ބާރަށު މުއައްސަސާތަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފި

ހއ. ދިއްދޫ ކުރިމަގު ޖިމިއްޔާއިން އެ އަތޮޅު ބާރަށު މުއައްސަސާތަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ. ކުރިމަގު ޖަމިއްޔާއިން ބުނިގޮތުގައި ބާރަށުގެ މުއައްސަސާތަކުގައި ބޭނުންކުރުމަށް ބިއްލޫރި ފުޅި ހަދިޔާކޮށްފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެންނެވެ. ކުރިމަގު ޖަމިއްޔާގެ ފަރާތުން މި ބިއްލޫރި ފުޅިތައް ހަވާލުކޮށްދެއްވީ ރައީސް ޢަބުދުﷲ މާހިރެވެ. ބާރަށު މުއައްސަސާތަކުގެ ފަރާތުން އިސްކޮށް މި ފުޅިތަކާއި ހަވާލުވީ ކައުންސިލްގެ ރައީސް ޢަލީ ސަމީމެވެ. ކުރިމަގު ޖަމިއްޔާގެ ރައީސް ”ތިލަދުން” އަށް ވިދާޅުވ...

ޔުމްނާ ޢަލީ