މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ހދ.އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށް ބޯޑެއް އުފައްދަނީ 📍 ހދ. ކުޅުދުއްފުށި

ހދ.އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށް ބޯޑެއް އުފައްދަނީ

ހދ. އަތޮޅުގެ ތަރައްޤީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، އެ އަތޮޅުގެ ހުރިހާ ރަށްތަކެއް ތަމްސީލުވާނެ ފަދަ ބޯޑެއް އުފެއްދުމަށް މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އިސްނަންގަވައިގެން މިއަދު ވަނީ ހދ. އަތޮޅުގެ ނުވަ ރަށެއްގެ ރައީސުންނާއި ބައްދަލުކު...

ޔުމްނާ ޢަލީ
ނުރައްކާތެރި ޕްލާސްޓިކްގެ ބާވަތެއް ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ލައްގަނީ 📍 ހދ. ހަނިމާދޫ

ނުރައްކާތެރި ޕްލާސްޓިކްގެ ބާވަތެއް ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ލައްގަނީ

ރާއްޖޭގެ ނާޒުކު ތިމާވެށްޓަށާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރުއޮތް ޕްލާސްޓިކުގެ ބާވަތެއް ކަމަށްވާ “ޕްލާސްޓިކް ނާޑްލްސް” ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުންދާކަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ހދ. ހަނިމާދޫގެ ގޮނޑުދޮށަށް މި ބާވަތުގެ ނާޑްލްސް ލައްގާފައިވޭތޯ ބަލައިދިނުމަށް އެދި އީއާރުއޭ އިން ވަނީ ހަނިމާދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. އީޕީއޭ އިން ފޮނުވި ސި...

ޔުމްނާ ޢަލީ
ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ކޭއާރުއެޗުގައި ހާއްސަ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމެއް

ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ކޭއާރުއެޗުގައި ހާއްސަ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ހާއްސަ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމެއް ބޭއްވުމަށް ނިންމައި، އެ ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ކޭއާރުއެޗާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 އިން 11 ޖުލައި 2026 އަށެވެ. މި ކޭމްޕުގައި ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ޓީމަކުން ބައިވެރިވާއިރު، މި ޓީމުން ބަލިމީހުން ބަލައި ސްޕެޝަލިސްޓް ކޮންސަ...

ޔުމްނާ ޢަލީ
އިހަވަންދޫ ސްކޫލް ދަރިވަރަކު ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1ވަނަ ހޯދައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލް ދަރިވަރަކު ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1ވަނަ ހޯދައިފި

ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރަކު، މިދިޔަ އަހަރު ބޭއްވި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދައި، އެ ސްކޫލަށާއި އިހަވަންދޫ އަށް ބޮޑު ފަޚުރެއް ހޯދައިދީފިއެވެ. މި މަތީ ކާމިޔާބީ ހޯދާފައިވަނީ އިހަވަންދޫ، އަރާވިލާ، އަޙްމަދު ނަބާޙް އެވެ. ނަބާޙް ހޯދި މި ކާމިޔާބީއާ ގުޅިގެން އިހަވަންދޫ ސްކޫލުން ވަނީ އެ ދަރިވަރަށް މަރުޙަބާ ކިޔައި، އެއީ ސްކޫލަށް ލިބުނު ނުހަނު ރީތި ނަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިހަވަންދޫ ސްކޫލުން ބުނި ގޮތުގައި، […]

ޔުމްނާ ޢަލީ
ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި 📍 ހދ. ކުރިނބީ

ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި

ހދ. ކުރިނބީގައި ސަރުކާރުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ސަރުކާރުން ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރިނބީ ކައުންސިލުން ބުނެފައިވާގޮތުގައި، މި މަސައްކަތުގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި، ކޮންމެހެން ކަނޑަންޖެހޭ ނިކަގަސް ވެސް ވަނީ ކަނޑާލާފައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައިމޯލްޑިވްސް ޓ...

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތުއި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތުއި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ރަށުގެ ފުޓްސަލް ހުނަރުވެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. ދިއްދޫ ކައުންސިލުން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެނީ އެ ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖުލައި މަހުގެ 2 ވަނަ...

ޔުމްނާ ޢަލީ
ނެއްލައިދޫގެ މާޒީގެ ހަނދާންތައް އާކޮށްދިނީ ރިޒާގެ އެނިމޭޓެޑް ވީޑިއޯ ތައްކުން! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ މާޒީގެ ހަނދާންތައް އާކޮށްދިނީ ރިޒާގެ އެނިމޭޓެޑް ވީޑިއޯ ތައްކުން!

އެ ރަށަކަށްޓަކައި އެ ހިތުގައިވަނީ ވަރަށް ވަރުގަދަ ލޯތްބެއްކަން ޔަޤީނެވެ. އެ ރަށުގެ ރީތިކަމުގެ ކުރީގެ ހަނދާންތައް ވެސް އެ ހިތުން ފިލައިގެން ނުދާކަން ކަށަވަރެވެ. އަދި އޭރު ދުށް ރީތި މަންޒަރުތަކާއި އަމާންވެށި އަދިވެސް އެ ހިތުގައި ދިރި އޮތް ފަދައެވެ. ހދ. ނެއްލައިދޫއަށް އުފަން އެ ރަށު މާޒް، އިބްރާހީމް ރިޒާގެ ފަންނުވެރިކަމުގެ އެހީގައި އެތައް ބަޔަކު މީގެ 40 އަހަރު ކުރީގެ މާޒީގެ ހަނދާންތައް އާ ކުރާނެކަން ޔަޤީނެވެ. 3ޑީ ކޮށް ކުރަހައި […]

ތިލަދުން
ހއ.ގެ އަންހެނުންގެ ކޮމެޓީތަކަށް ރަށު ތަރައްގީގައި ކޮމެޓީތަކުގެ ދައުރާ ގުޅޭ ވެބިނާއެއް 📍 ހއ. ދިއްދޫ

ހއ.ގެ އަންހެނުންގެ ކޮމެޓީތަކަށް ރަށު ތަރައްގީގައި ކޮމެޓީތަކުގެ ދައުރާ ގުޅޭ ވެބިނާއެއް

ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ހައިވް ޑިޖިޓަލް އިނޮވޭޝަން އެންޑް ރެޒިލިއަންސް ސެންޓަރު ގުޅިގެން، ރަށު ތަރައްގީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިއުޑީސީ) ދައުރާ ގުޅޭގޮތުން ހާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފިއެވެ. “ދަ ރޯލް އޮފް ޑަބްލިއުޑީސީސް އިން އައިލެންޑް ޑިވެލޮޕްމަންޓް” ގެ ނަމުގައި ކުރިއަށްގެންދާ މި ވެބިނާއަކީ ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސެޝަނެކެވެ. މިއީ ކުރިމަގު ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ދެވަނަ ޕްރޮގްރާމެވެ. މި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފްތާގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފްތާގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރަނީ

ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހަފުތާގެ ތެރޭގައި އަމިއްލަ ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ރީ-ސްޓާޓް ކުރުމަށްޓަކައި އެޗްޑީސީން ކޮންޓ...

ޝިއުނާ އާދަމް
މަކުނުދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ދެ ޖިންސަށް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ދެ ޖިންސަށް، ބައިވެރިވާން ހުޅުވާލައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ކައުންސިލް ފުޓްސަލް ޗެލެންޖެ 2026”ގައި ބައިވެރިވުމަށް ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ޗެލެންޖް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ޖިންސަށް ވެސް ފުރުޞަތު ދީގެންނެވެ. ކައުންސިލް އެކަށަހަޅާފައިވާ އުސޫލާއި އެއްގޮތަށް އައުޓް ސޯސްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ފުޓްސަލް ޗެލެންޖް ފެށުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 15 ގައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް ކައުންސިލް ފުޓްސަލް...

އަލީ އާދިލް
އުތީމުން ވެސް ދިއްދޫ ޓީމަށް ދައުވަތުދީ ކާމިޔާބީ ފާހަގަކޮށްފި 📍 ހއ. ދިއްދޫ

އުތީމުން ވެސް ދިއްދޫ ޓީމަށް ދައުވަތުދީ ކާމިޔާބީ ފާހަގަކޮށްފި

ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތި ކަމަށްވާ ދިވެހި ޕްރީމިއާ ލީގުން ހއ. ދިއްދޫ ޖާގަ ހޯދުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް އެ އަތޮޅު އުތީމުން ދިއްދޫ ޓީމަށް ދިން ދައުވަތާއި ގުޅިގެން ދިއްދޫ ޓީމު މިއަދު އުތީމަށް ޒިޔާރަތްކޮށްފިއެވެ. ދިއްދޫ ޓީމު އުތީމަށް ދިޔުމުމުން އެރަށުން ދިއްދޫ ފުޓްބޯޅަ ޓީމަށް ވަނީ ހޫނު މަރުހަބާއެއްކިޔައި، ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އުތީމު ރައްޔިތުންގެ ފަރާތުން ދިއްދޫ ޓީމަށް ދިން ހާއްސަ ދައުވަތަކަށް އެ ރަށަށް […]

ޔުމްނާ ޢަލީ
ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް 📍 ހދ. ކުރިނބީ

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް

ހދ. ކުރިނބީގައި މަދިރިން ރައްކާތެރިވުމަށްޓަކައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހުކުރު ދުވަހުގެ ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގައި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލައި، ބަލިތަކުން ރައްކާތެރިވުމެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ...

ޔުމްނާ ޢަލީ
ވަށަފަރުން އިސްނަގައި މުހިންމު ފެށުމެއް، ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކޮށްފި 📍 ހއ. ދިއްދޫ

ވަށަފަރުން އިސްނަގައި މުހިންމު ފެށުމެއް، ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކޮށްފި

ހއ. ވަށަފަރު ޒުވާނުންގެ ދައުވަތަކަށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދިއްދޫ ޓީމުގެ މިއަދު އެރަށަށް ދަތުރެއްކޮށްފިއެވެ. ބޮޑު ތިލަދުންމައްޗަށް ބޮޑު ޝަރަފެއް ހޯދައިދިން ދިއްދޫ ޓީމު ރަށަށް ދިޔައީ އިއްޔެއެވެ. އަދި އެޓީމު މިއަދު ވަނީ ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ވަށަފަރު ޒުވާނުންގެ ދައުވަތަކަށް އެރަށަށް ޒިޔާރަތްކޮށްފައެވެ. ދިއްދޫ ޓީމު ވަށަފަރަށް ދިޔުމުން ސަގާފީ ހެދުމުގައި ގައުމީ ވަންތަ ރޫޙް ދައްކުވައިދެމުން ވަށަފަރު ބަނދަރުމަތިން ޓީމަށް ވަށަފަރު ރައްޔިތުން ވަނީ ރަތް ދޫލައިގެ މަރުޙަބާއ...

ޔުމްނާ ޢަލީ
ހިރިމަރަދޫ އިން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ލިސްޓު އާންމުކޮށްފި 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ އިން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ލިސްޓު އާންމުކޮށްފި

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ ތަފްސީލީ ލިސްޓު ހަނިމާދޫ ކައުންސިލުން އިއްޔެ އާންމުކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލް 17 މޭ 2026 ގައި އުވާލުމާ ގުޅިގެން، އެ ރަށުގެ އިދާރީ މަސައްކަތްތައް މިހާރު ބަލަހައްޓަމުން ގެންދަނީ ހަނިމާދޫ ކައުންސިލުންނެވެ. ހިރިމަރަދޫގެ ކުރީގެ ކައުންސިލް އިދާރާ މިހާރު ހިންގަމުން އަންނަނީ ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހެއްގެ ގޮތުގައެވެ. ހަނިމާދޫ ކައުންސިލުން ހާމަކުރި ގޮތުގައ...

އަލީ އާދިލް
ފިއްލަދޫ އަންހެނުންގެ ކޮމިޓީގެ ފުރަތަމަ ބަށި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ އަންހެނުންގެ ކޮމިޓީގެ ފުރަތަމަ ބަށި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ބާއްވާ ފުރަތަމަ ބަށި މުބާރާތް އަންނަ ޖުލައި މަހު ފެށުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މި ބަށި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ބަނީ އެ ރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުޅިގެންނެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 08 ޖުލައި 2026 ގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކު...

ޔުމްނާ ޢަލީ