މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ

ހދ. މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން، އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ފައިސާގެ އިނާމަކާއި ގިފްޓް ޕެކެއް ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މަކުނުދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ އަށްވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކަން ކުރިއަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޒެން މެޑި ކްލިނިކް ގުޅިގެން 'ކޮމިއުނިޓީ ރެސިލިއަންސް' ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޒެން މެޑި ކްލިނިކް ގުޅިގެން 'ކޮމިއުނިޓީ ރެސިލިއަންސް' ޕްރޮގްރާމެއް

ޒެން މެޑި ކްލިނިކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ “ކޮމިއުނިޓީ ރެސިލިއަންސް އެންޑް ޕޯސްޓް-ޓްރޯމެޓިކް ގްރޯތް އިނިޝިއޭޓިވް” ތަމްރީނު ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. މި ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދާ މި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމަކީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުން އަރައިގަތުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި މުޖުތަމައުގެ އެކި ދާއިރާތަކުން ބައިވެރިން ބައިވެރިވެފައިވެއެވެ. ކުޅުދުއ...

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދަޢުވާކުރަން ފޮނުވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދަޢުވާކުރަން ފޮނުވައިފި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ. މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް ދޫކޮށްފައިވާ މައްސަލައެކެވެ. ޕީޖ...

އަލީ އާދިލް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (7)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (7)

ޖުލައި 5 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އެހެންވިއްޔާ މައިންބަފައިގެ ޒުވާބުގެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ. ދަރިންނަށް އިވުނީމަ ސުވާލު ކުރާނެކަން ވެސް އެނގެން ވާނެ.” މާޔާ އެހެން ބުނެ ބާރުބާރަށް ގެއިން ނިކުންނަން ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީ  ސުވޭދާއަށް ހުރެވުނީ ހިތްހަމަނުޖެހިފައެވެ. ބޭރުގައި ހުރި ޖޯލިފަތީގައި މާޔާ ގޮސް އިށީނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ރަށަށް އައިއްސުރެން މަންމައާއި ބައްޕަގެ ހަމަނުޖެހުމުގެ އަޑު އިވިއިވި މާޔާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ރަށުގައި މަޑުކުރުމުގެ […]

ސަލާމާ ޢަބްދުލް ޢަލީމް
ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން ރާއްޖެ ތަމްސީލުކުރުމަށް "ވައިރޮދި ނާއްޕެ" ރަޝިޔާއަށް! 📍 ހދ. ވައިކަރަދޫ

ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން ރާއްޖެ ތަމްސީލުކުރުމަށް "ވައިރޮދި ނާއްޕެ" ރަޝިޔާއަށް!

ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އެކްސްޓްރީމް ވޯޓާ-ސްޕޯޓްސް ފެސްޓިވަލް “ހައިޑްރޯފެސްޓް 2026” ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހދ. ވައިކަރަދޫއަށް އުފަން ހުނަރުވެރި އެތުލީޓް އިބްރާހިމް ނާއިފް (ވައިރޮދި ނާއްޕެ) އަށް ލިބިއްޖެއެވެ. މި މަހުގެ 10 އިން 11 އަށް ރަޝިއާގެ މޮސްކޯގައި ހުންނަ އިޒްމައިލޯވްސްކީ ޕާކުގެ ކްރޫގްލީ ޕްރޫޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ވާދަކުރާ ބޮޑު ހަރަކާތެކެވެ. މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަނ...

އިބްރާހިމް އަސްވާޤް
ހދ.އަތޮޅު ކައުންސިލްތައް ގުޅިގެން ވަކި ބޯޑެއް އެކުލަވާލުމަކީ ކުރެވޭނެ ކަމެއް ނޫން: އެލްޖީއޭ

ހދ.އަތޮޅު ކައުންސިލްތައް ގުޅިގެން ވަކި ބޯޑެއް އެކުލަވާލުމަކީ ކުރެވޭނެ ކަމެއް ނޫން: އެލްޖީއޭ

ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް އެކުވެގެން، އަތޮޅުގެ ތަރައްޤީއަށްޓަކައި ވަކި ބޯޑެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މި ޖުލައި މަހުގެ 2 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމުމާ ގުޅިގެންނެވެ. އެ ބައ...

އަލީ އާދިލް
ފިނޭ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާކޮށްފި 📍 ހދ. ފިނޭ

ފިނޭ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާކޮށްފި

ހދ. ފިނޭ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ފިނޭ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ތަރައްޤީގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކައުންސިލުން ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން، 06 ޖުލައި 2026 ގައި ފިނޭ ކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް އާއި އެ މިނިސްޓްރީގެ އ...

އަލީ އާދިލް
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ 2026 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވާދަކޮށްފައިވެއެވެ. ފައިނަލް މެޗުގައި ބައްދަލުކުރީ ވިދުވަރު ޓީމާއި އަމާޒު ޓީމެވެ. މި މެޗު ވިދުވަރު ޓީމުން […]

ޔުމްނާ ޢަލީ
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި

ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް ލެއްގި ބޮޑު މަހެއް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ނަގައި ވަޅުލައިފިއެވެ. ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ރަށު ހުޅަނގު ފަރުމައްޗަށް ލައްގާފައިވަނީ 30 ފޫޓުގެ ބޮޑުމަހެކެވެ. މި މަސް ފަރުމަތިން ނަގައި ގޮނޑުދޮށަށް އެރުވުމަށްފަހު، މިހާރު ވަނީ ރައްކާތެރިކަމާއެކު ވަޅުލާފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހ...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި ކެތްލެބް ޤާއިމްކުރުމަށް މަޝްވަރާތައް ފަށައިފި

ކޭއާރުއެޗުގައި ކެތްލެބް ޤާއިމްކުރުމަށް މަޝްވަރާތައް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކެތްލެބް ޤާއިމްކުރުމަށްޓަކައި އެ ހޮސްޕިޓަލާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. ހަލީމް މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސީއީއޯ ޙަލީމް ވިދާޅުވީ، ކުޅުދުއްފުށީގައި ކެތްލެބް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހަމަޖެހުމާއެކު، ރާއްޖޭގެ އުތުރުގައި ވ...

ޔުމްނާ ޢަލީ
ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ރަށްތައް ތަރައްގީކުރުމާ ގުޅޭ ކުރިމަގު ޖަމިއްޔާގެ ވެބިނާރެއް 📍 ހއ. ދިއްދޫ

ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ރަށްތައް ތަރައްގީކުރުމާ ގުޅޭ ކުރިމަގު ޖަމިއްޔާގެ ވެބިނާރެއް

ރަށްރަށުގެ އިގްތިސާދީ ކުރިއެރުމާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ޚާއްސަ އޮންލައިން ވެބިނާރެއް ބޭއްވުމަށް ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން ނިންމައިފިއެވެ. މި ވެބިނާރްގެ މައިގަނޑު މަގްސަދަކީ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ރަށު ފެންވަރުގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ބައިވެރިންނަށް ކިޔައިދިނުމެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ގުދުރަތީ ވަސީލަތްތ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (6)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (6)

7 ޖޫން 2026 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ރޮއިފަ ތި ހުރީ. މަށަށް ޔަޤީން.” ލީނާ ބުންޏެވެ. ” ނޫނެކޭ ބުނީމަ ދެން ޤަބޫލު ކުރަން ވީނު.” ރުންކުރު ރާގަކަށް މާޔާ އެހެން ބުނުމާއެކު ލީނާއާއި ނުހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. މީގެ ކުރިން ދުވަހަކު ވެސް މާޔާ އެ ފަދަ ގޮތަކަށް އެ މީހުންނާ ވާހަކަ ދައްކާފައެއް ނުވެއެވެ. ” އޯކޭ އޯކޭ. ތިވަރު ކުރީމަ ދެން ޤަބޫލު ކޮއްފިން. ދެން ބުނެބަލަ! […]

ސަލާމާ ޢަބްދުލް ޢަލީމް
ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް 📍 ހދ. ކުރިނބީ

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް

ހދ. ކުރިނބީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް ބާއްވައިފިއެވެ. މި ފުޓްސަލް ކޭމްޕަކީ ކުރިނބީ ކައުންސިލާއި، ފުލުހުން އަދި އ.ތ.މ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ޖުލައި 2 ވަނަ ދުވަހު ފަށައި ހަވީރާއި ރޭގަނޑުގެ ސެޝަންތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމައި ލީޑިންގ ކޯޗް ރިޟާ އަދި ފުލުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި، ބައިވެރިންގެ ފަރާތުން ހަދިޔާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. ކުރިނބީ ކައުންސިލުން ވަނީ […]

ޔުމްނާ ޢަލީ
ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ 📍 ހއ. ކެލާ

ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ

ހއ.ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެދެވޭ ތަރުޙީބެއް ނުލިބުމުން މޮޑިއުލް ބަދަލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އަމީން މިފަދައިން ވިދާޅުވެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނި...

ޔުމްނާ ޢަލީ
އުތީމުގައި ރާވެރިކަން އާލާކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. އުތީމު

އުތީމުގައި ރާވެރިކަން އާލާކުރުމުގެ މަސައްކަތް ފަށައިފި

ހއ. އުތީމުގައި ރާވެރިކަން އާލާކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ކައުންސިލުން ވަނީ ފުރަތަމަ ތިން މަސްދުވަހުގެ މުއްދަތަށް ބަންޑާރަ ރުއްތަކެއް ހިލޭ ދޫކޮށްފައެވެ. އަދި މިހާރު ވަނީ ދާއިމީކޮށް އެ މަސައްކަތް ކުރުމަށް އެ ރަށު ރައްޔިތަކަށް ރުއް ދޫކުރަން ފަށާފައެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އުތީމަކީ ތާރީޚީ ގޮތުން މުއްސަނދިރަށަކަށްވެފައި، ރާވެރިކަންފަދަ ދިވެހިވަންތަ މަސައްކަތެއް އާލާކޮށް ދިރުވުވުމަކީ މުހިންމު ކަމެއ...

ޝިއުނާ އާދަމް