މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,623 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9623 ޚަބަރުގެ ތެރެއިން
ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހއ. ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދާހެއްދުމުގެ ޕްރޮގްރާމެއް ފަށައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީގައި މިއަދު ހަވީރު ފެށުނު ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމަކީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. މިޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ ހޯރަފުއްޓަކީ ފަލަމަޑީގެ ބާވަތްތަކުގައި ފާހަގަކޮށްލެވޭ ރަށަކަށް ހެދުންކަމަށާއި އަދި ޤައުމު މިއޮތްފަދަ ހާލަތަކަށް މާދަމާވެސް ތައްޔާރު...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސްކޫލުން ރަށު ޓާސްކް ފޯހަށް މާސްކް ހަދިޔާ ކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލުން ރަށު ޓާސްކް ފޯހަށް މާސްކް ހަދިޔާ ކޮށްފި

ހދ. ނޮޅިވަރަމް ސްކޫލްގެ މުވައްޒަފުން މާސްކް ފަހައި، އެ މާސްކްތައް އެ ރަށުގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފިއެވެ. ނޮޅިވަރަމް ސްކޫލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން އެ ސްކޫލްގެ މުވައްޒަފުންވަނީ 216 ފޮތި މާސްކް އެ ރަށު ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ. https://www.facebook.com/514268961945058/posts/3163187580386503/ އެ ސްކޫލުން ބުނެފައިވަނީ ރަަށަށްޓަކައި ކޮށްދެވުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މި އުނދަގޫ ވަގުތުގައި އެ ރަށު ޓާސްކް ފޯހަށް އެހީތެރިކަން [...

ޝިއުނާ އާދަމް
އިހަވަންދޫއިން 23 މީހެއްގެ ސާމްޕަލް ނަގަން ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން 23 މީހެއްގެ ސާމްޕަލް ނަގަން ފަށައިފި

ހއ. އިހަވަންދޫއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި 23 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި ބަޔަކާއި، ކުޅުދުއްފުށީ ސީ ކްއީން ބޯޓުން ދަތުރު ކުރި އެރަށު ބައެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ، މިބައްޔަކީ ނަތީޖާ ނައްސިވާ ފަހުންވެސް، ފައްސި ވުމުގެ ފުރުޞަތު އޮންނަ ބައްޔަކަށް ވާތީ، ހުރިހާ ރައްޔިތުންވެސް ރަށުގައި އަޅާފައިވާ […]

ޝިއުނާ އާދަމް
ދިއްދޫއަށް ނުދެވިފައި ތިބި އެރަށު މީހުން އަންގައި ދިނުމަށް އެދިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއަށް ނުދެވިފައި ތިބި އެރަށު މީހުން އަންގައި ދިނުމަށް އެދިއްޖެ

މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން ދިއްދޫއަށް ނުދެވި ތިބި ދިއްދޫ ރައްޔިތުން ދެނެގަތުމުގެ މަސައްކަތް ހއ. ދިއްދޫ ކައުންސިލުން ފަށައިފިއެވެ. އެކައުންސިލުން ބުނެފައި ވަނީ އެފަދަ މީހުން އެކައުންސިލަށް އަންގަވައި ދެއްވުން އެދޭ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް -19 މާލޭގައި ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައިވުމާއިއެކު، އެ ސަރަޙައްދުގައި މިވަގުތު ދިރިއުޅޭ ހއ. ދިއްދޫގެ ބައެއް ރައ...

ޝިއުނާ އާދަމް
މޫސުން ގޯސްވެ، އުތުރާއި ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، އުތުރާއި ދެކުނަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިރޭ ދަންވަރު 01:15 އިން ހެނދުނު 07:15 އާއި ހަމައަށް ދިގުލައިގެން ދާނެ މި ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ އަތޮޅަށް އަދި ލ އަތޮޅުން އައްޑު އަތޮޅާއި ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މިރޭ 08:00 އިން މާދަމާރޭގެ […]

ޝިއުނާ އާދަމް
އިހަވަންދޫ ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަނީ

ހއ. އިހަވަންދޫގެ ދެކުނު ފަރާތު ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް އާދަޔާއި ހިލާފަށް މަރުވެ ކުނިވަމުން އެބަދެއެވެ. މިކަމާއި ބެހޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ، ގިނަ އަދަދެއްގެ މުށިމަސް އެރަށު ފާޅުތެރެއިން މަރުވެފައިވާ ކަމަށާއި އެއްގަމަށް ލައްގާފައިހުރި މަސްތައް ސިއްހީމަރުކަޒުގެ ލަފަޔާއެކު މިއަދު ވަޅުލާފައިވާކަމަށެވެ. މޫދުގައި މަރުވެފައިވާ މަސްތައް ފެންމައްޗަށް އަރާ ފަޅުތެރެ ކިލަނބުވެފައިވާކަމަށް ބުނެފައިވެއެވެ. އެ ރަށުގެ ފަޅުތެރެއިން ތިލަވެގެން ހެދިފައިވާ...

އަލީ އާދިލް
އަމާޒު ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލައަށް ގޭގައި އެކަހެރިވެއްޖެ 📍 ހދ. ކުޅުދުއްފުށި

އަމާޒު ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލައަށް ގޭގައި އެކަހެރިވެއްޖެ

މިމަހުގެ 15 ވަނަ ދުވަހު މާލެއިން އުތުރުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ ށ.ނަރުދޫ “އަމާޒު” ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލަ އަށް ގޭގައި އެކަހެރި ވެއްޖެއެވެ. އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެޗްޕީއޭ އިން މިރޭ ވަނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެންގުމަށް އެދިފައެވެ. އެ ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ނައިބް ރައީސް […]

ޔުމްނާ ޢަލީ
98 މީހުންނާ އެކު ދަތުރުކުރި "އަމާޒު" ބޯޓުގެ ކައްޕި ފައްސިވުމާއި އެކު، ބިރު ބޮޑުވެއްޖެ!

98 މީހުންނާ އެކު ދަތުރުކުރި "އަމާޒު" ބޯޓުގެ ކައްޕި ފައްސިވުމާއި އެކު، ބިރު ބޮޑުވެއްޖެ!

98 މީހުންނާ އެކު ދަތުރުކުރި “އަމާޒު” ބޯޓުގެ ކައްޕި ފައްސިވުމާއި އެކު، ބިރު ބޮޑުވެފައިވާތީ މިކޭސްގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. މިރޭ އެންއޯސީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ މިއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވާކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ އަލާމާތްތައް ފެނިފައިކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައިވެސް އަފްޒަލް ވަނީ ސިފަ ކ...

ޔުމްނާ ޢަލީ
ދިއްދޫ އާއި އުތީމު ފުރަބަންދު ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އާއި އުތީމު ފުރަބަންދު ކޮށްފި

ހއ. ދިއްދޫ އާއި ހއ. އުތީމު ފުރަބަންދުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ. އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އަލަށް ޕޮޒިޓިވްވީ މީހުނާ ކޮންޓެކްޓްވެފައިވާ މީހުން ތިބި ތަންތަނާއި، އެމީހުންނާ ކޮންޓެކްޓްވެފައިވާ ބައެއް މީހުން ތިބި ރަށްތައް ވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އެގޮތުން މިރޭ ނ. އަތޮޅުގެ ހަތަރު ރަށަކާއި ހއ. ގެ ދެ ރަށެއް ކަރަންޓީން ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮވިޑަށް […]

އިބްރާހިމް އަސްވާޤް
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ޔުމްނާ ޢަލީ
ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ

ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަމާއި ގުޅޭ އެޗްޕީއޭގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައިކަން އެކައުންސިލުން ހާމަކޮށްފައިވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާކަން އެޗްޕީއޭއިން އެ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ. އެ ކައުންސިލުން ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން 16 އޭޕްރިލް […]

ޔުމްނާ ޢަލީ
ފުނަދޫ މިއޮތީ މޮނިޓަރިން ހާލަތުގައި: ކައުންސިލް 📍 ށ. ފުނަދޫ

ފުނަދޫ މިއޮތީ މޮނިޓަރިން ހާލަތުގައި: ކައުންސިލް

ށ. ފުނަދޫ އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ފުނަދޫ އޮތީ މޮނިޓަރިންގ ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނީ ދެންމެ އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައިއެވެ. އެ ޕޯސްޓްގައި ވަނީ އެއްވެސް ބޭނުމެއްގައި ބޭރަށް ނުނިކުތުމަށެވެ. https://www.facebook.com/553472748123209/posts/1822843057852832/ އެކައުންސިލުން އިތުރަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން16 އޭޕްރިލް2020...

ޝިއުނާ އާދަމް
އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި 📍 ހއ. ހޯރަފުށި

އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި

އުލިގަމު ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ހއ. އުލިގަމު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ. ހޯރަފުށީ ކައުންސިލް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. އުލިގަމް ގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ. އެ ޕޯސްޓުގައި ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. […]

ޝިއުނާ އާދަމް
ކޯވިޑް-19: ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި

ކޯވިޑް-19: ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ދަމަހަށްޓަން ހއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެގޮތަށް ނިންމީ 23 އޭޕްރީލް 2020 ވަނަ ދުވަހު ފޯން ކޮންފަރެސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހއ. އަތޮޅު ކައުންސިލްގެ 148 ވަނަ ބައްދަލުވުމުގައިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އަތޮޅުން ފެނުމާއި އަދި އޭނާ ދަތުރުކުރި ބޯޓުގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ […]

ޔުމްނާ ޢަލީ
މޫދަށް ކުނިއެޅުން ހުއްދަކުރުމުން ފާޑުކިއުންބޮޑުވެ، ދިއްދޫ ކައުންސިލުން ނެރުނު އުސޫލު ބަދަލުކޮށްފި 📍 ހއ. ދިއްދޫ

މޫދަށް ކުނިއެޅުން ހުއްދަކުރުމުން ފާޑުކިއުންބޮޑުވެ، ދިއްދޫ ކައުންސިލުން ނެރުނު އުސޫލު ބަދަލުކޮށްފި

ފުރަ ބަންދުގެ ދުވަސްވަރު މޫދަށް ކުނިއެޅުން ހުއްދަކޮށްފައިވާތީ އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތައް އަމާޒުވުމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ނެރުނު އުސޫލު މުރާޖާކޮށްފިއެވެ. ދިއްދޫ ކައުންސިލުން މޫދަށް ކުނިއެޅުން ހުއްދަކަމަށް ނިންމައި އެކަން އަންގާފައި ވަނީ މިއަދު ގެ ވަގުތެއްގައެވެ. ކޮވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ ފުރަބަންދުކުރުމުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކައުންސިލުން ނެރެފައިވާ އެންގުމެއްގައެވެ. ހއ. ދިއްދޫ ކައުންސިލުން ފުރަތަމަ ނެރުނު އެންގުމުގައި ބުނެފައި ވަނީ، ގެއިން ބޭރަ...

އަލީ އާދިލް