📍 ށ. ނަރުދޫ
ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި
ކޯވިޑް-19 އަށް ށ. ނަރުދޫން އިތުރު 7 މީހުން ފައްސިވެފައިވާއިރު، އެ މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްވެފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު މިނޫހަށް ވިދާޅުވީ، އެ ރަށުން އިތުރު 7 މީހުން ކޯވިޑަށް ފައްސިވިކަން އަންގާފައި ވާއިރު، 24 ގަޑި އިރު ފާއިތު ވަމުންދާއިރު އެމީހުންނަށް އިތުރު ފަރުވާއެއް ނުދެވި، ކަރަންޓީނު ފެސިލިޓީއަށްވެސް ނުގެންދެވި ތިބުމުން ރައްޔިތުން ތިބީ ހާސްކަމާއި، ކަންބޮޑުވުމުގައި [...