ވެލާ އިން ނަރުދޫއަށް އެހީ ވަނީ
ވެލާ ރިސޯޓުން ށ. ނަރުދޫއަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ސިއްޙީ ރައްކާތެރި ކަމުގެ އާލާތްތައް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ނަރުދޫ ކައުންސިލުން ބުނެފިއެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް “ތިލަދުން”އަށް ވިދާޅުވީ، ވެލާ ރިސޯޓުން އެރަށަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން 3000 މާސްކާއި، 3000 އަންގީގެ އިތުރުން އިތުރު ސިއްހީ ރައްކާތެރިކަމުގެ ބައެއް އާލާތް ވެލާ ރިސޯޓުން އެރަށަށް ދިނުމަށް ވަނީ ނިންމާފައެވެ. އެތަކެތި މިރޭ އެރަށަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ...