މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,623 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9623 ޚަބަރުގެ ތެރެއިން
އެއްޖިންސުން ގުޅުން ހިންގަންތިއްބާ ރައްޔިތުން ނިކުމެ އަތުލައިގަނެފި 📍 ހއ. ހޯރަފުށި

އެއްޖިންސުން ގުޅުން ހިންގަންތިއްބާ ރައްޔިތުން ނިކުމެ އަތުލައިގަނެފި

ހއ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ރައްޔިތުން ނިކުމެ ފުލުހުންނާއި ހަވާލުކޮށްފިއެވެ. މި މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި މިހާރުވަނީ އާއްމުވެފައެވެ. މިވީޑިއޯއިން އެމީހާ ބަރަހަނާ ހާލުގައި ހުރެ އެއްޗެހިލާ މަންޒަރު ފެންނައިރު އެމީހާގެ ޖަންގިޔާ އޮތީ ބޮލުގައި އަޅާފައެވެ. އަދި އެމީހާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލް އަކަށް އަރުވާ މަންޒަރު ފެނިފައިވެއެވެ. ދައުރުވަމު...

އަލީ އާދިލް
40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިރޭ 23:30 އިން ފަތިހު  04:30 އާއި ހަމައަށް ދިގުލައިގެން ދާނެ މި ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއިނދެމެދުގެ ރަށްތަކަށެވެ. Alert White for heavy rain, thunderstorms and gusts of 40 mph. pic.twitter.com/tiB2ULFYlK — Maldives Meteorology (@MetMaldives) May 7, 2020 މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ […]

އިބްރާހިމް އަސްވާޤް
ހދ އަތޮޅަށް 1504 ޕެކެޓު ކަދުރު ފޮނުވައިފި

ހދ އަތޮޅަށް 1504 ޕެކެޓު ކަދުރު ފޮނުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރިން ހދ އަތޮޅު 13 ރަށަށް ޖުމްލަ 150.4 ކޭސް (1504 ޕެކެޓު) ކަދުރު ހދ އަތޮޅު ކައުންސިލަށް ލިބިފައިވާކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ވަސީމް ވިދާޅުވީ 150.04 ކޭސް ކަދުރު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެކައުންސިލަށް ލިބިފައިވާކަމަށެވެ. އޭގެތެރެއިން 9 ރަށަކަށްވާ ކަދުރު މިއަދުގެ ވަގުތެއްގައި ފޮނުވިފައިވާ ކަމަށާއި ބާކީ އޮތް 4 ރަށަށް ފޮނުވުމުގެ މަސައްކަތް އެކައުންސިލުން ކުރަމުން އަ...

އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުން ފޭސް މާސްކު ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ އަފީފުއްދީން ސްކޫލުން ފޭސް މާސްކު ހަދިޔާކޮށްފި

ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރި ވުމުގެ ގޮތުން އެސިޓީގެ އަފީފުއްދީން ސްކޫލުން ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ފޭސް މާސްކު ހަދިޔާ ކޮށްފިއެވެ. މިގޮތުން އަފީފުއްދީން ސްކޫލުން ވަނީ 230 ފޭސް މާސްކު ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ. https://www.facebook.com/755270084590154/posts/2837324159718059/ މީގެ ކުރިން އެސިޓީގެ އަނެއް ދެ ސްކޫލް ކަމުގައިވާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސުކޫލް ފަރާތުންވެސް ވަނ...

ޝިއުނާ އާދަމް
ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި 📍 ހއ. ދިއްދޫ

ފުރަބަންދުގެ ތެރޭގައި ދިއްދޫގައި ކަސްރަތުކުރުމަށް ނުކުމެވޭ ގޮތް ހަމަޖައްސައިދީފި

ކޯވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫގައި ދަމަހައްޓާފައިވާ ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަން އެދޭ މީހުންނަށް، ބޭރަށް ނުކުތުމުގެ މަގު ދިއްދޫ ކައުންސިލުން ފަހިކޮށްދީފިއެވެ. އެކަމާއި ގުޅިގެން ދިއްދު ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި އެ އަތޮޅުން އެ ބަލީގެ އިތުރު ކޭސްތައް ފެންނަމުން ދާތީ، އެބަލި އިތުރަށް ފެތުރުން ކޮންޓްރޯ...

ޔުމްނާ ޢަލީ
ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް!

ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން ހއ. ތަކަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ތަކެތި ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި ތަކަންދޫ ރައްޔިތުންނަށް 15 ބަސްތާ ކާޑާއި 16 ބަސްތާ ފިޔާ އަދި 12 ކޭސް ބިސް ފޯރުކޮށްދީފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުންވެސް ވަނީ މިކަމުގައި އެރަށުގައި ހުންނަ އ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އެކައުންސިލުން މިރޭ ކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންކަމަށާއި އަދި މިސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަ...

އަލީ އާދިލް
ކާވިޔާއާއި އަމާޒް ބޯޓުން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ 2 ވަނަ ސާމްޕަލްވެސް ނެގެޓިވް

ކާވިޔާއާއި އަމާޒް ބޯޓުން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ 2 ވަނަ ސާމްޕަލްވެސް ނެގެޓިވް

ކާވިޔާއާއި އަމާޒް ބޯޓް އިން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ ދެވަނަ ސާމްޕަލްވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ޓާސްކްފޯހުން ހާމަކޮސްފިއެވެ. ކުޅުދުއްފުށީ ޓާސްކް ފޯސް ގެ ވެރިޔާ އަޙްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ކޯވިޑް19 އަށް ސާމްޕަލް ނަގާ ފޮނުވި ޓެސްޓް ކުރެވުނު ދެ ބޭފުޅެއްގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށެވެ. މިމީހުންގެ ތެރޭގައި އުލިގަމުން އެހޮސްޕިޓަލަށް ގެނެވުނު އަދި މިހާރު ނިޔާވެފައިވާ ބޭފުޅެއްގެ ސާމްޕަލްވެސް ހިމެނޭ ކަމަށާއި އަދި އިތުރަށް ވައިކަރަދޫ އިންނާއި ފ...

ޔުމްނާ ޢަލީ
ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރު 18 އަށް ނިންމަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރު 18 އަށް ނިންމަނީ

ހއ. ހޯރަފުށީ ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 18 އަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށް ދަނީ ތާރު އަޅަން ބޭނުންވާ ޕްލާންޓް ގާއިމްކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް “މަހާޖައްރާފު” ބޭނުންކޮށްގެން އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ކުންފުނިން ވަނީ ޖުމްލަ 345،500 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފަ އެވެ. […]

ޔުމްނާ ޢަލީ
ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ވައިކަރަދޫ ރައްޔިތުންނަށް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ވައިކަރަދޫ ރައްޔިތުންނަށް

ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ހދ. ވައިކަރަދޫ ރައްޔިތުންނަށް ވެދެއްވައިފިއެވެ. ވައިކަރަދޫ ދަނޑުވެރިން ހައްދާފައިވާ ތަކެތި ހަލާކުވިޔަ ނުދީ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ވައިކަރަދޫއަށް ބޭނުންވާނެ ކާބޯތަކެތި ހދ. ކުޅުދުއްފުށިން ގެނައުމަށްޓަކައި ވައިކަރަދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ދަތުރެކެވެ. މިއީ މިގޮތައްކޮށްދެއްވި ދެވަނަ ދަތުރުކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިދަތުރުތައް ކޮށްދީފައިވަނީ ހަމައެކަނި ތެލުގެ ހަރަދަށްވާ ފައިސާ ރަށު ކައުންސިލުން ދައްކާގޮތަށ...

އަލީ އާދިލް
ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ 20 ކަމެއް! 📍 ހދ. ކުޅުދުއްފުށި

ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ 20 ކަމެއް!

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްލިބިވަޑައިގެން ހުންނެވި މުޙައްމަދު ޢާޠިފްގެ ނަޒަރުގައި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ 20 ކަމެއް ހިއްސާކުރައްވައިފިއެވެ. ޢާޠިފްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން މިވަގުތު މުޅި ދުނިޔެއަށް ދިމާވެގެން މި އުޅޭ ކޯވިޑް-19 ރޯގާއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކައުންސިލަށް ލިބިދޭ ބާރުގެ ތެރެއިން ކުޅުދުއްފު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ކައުންސިލުގެ ރައީސްގެ ހާއްސަ މެސެޖެއް ހދ. އަތޮޅުގެ ރައްޔިތުންނަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލުގެ ރައީސްގެ ހާއްސަ މެސެޖެއް ހދ. އަތޮޅުގެ ރައްޔިތުންނަށް

ދިވެހިރާއްޖޭގެ އުތުރުގެ އެންމެބޮޑު އާބާދީ އޮންނަ ކުޅުދުއްފުށި ސިޓީއަކީ ބޮޑުތިލަދުންމަތީގެ ގިނަގުނަ ޚިދުމަތްތަކެއް އެތަނަކާއި ގުޅިލާމެހިފައިވާ ތަނެކެވެ. ވުމާއިއެކު ތިލަދުންމަތީގެ ރަށްތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް އެކިއެކި ބޭނުންތަކުގައި އެ ސިޓީއަށް ދަތުރުކޮށް އުޅެއެވެ. ޤައުމަށް ދިމާވެފައިވާ ދަތިއުނދަގޫ މި ހާލަތުގައި އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް ފޭސްބުކް ސްޓޭޓަސްއެއް މެދުވެރި ކުރައްވާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން ވަނީ މުހިންމު މެސްޖެއް ދެއްވާފައެވެ. އެ މެސެ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ކައުންސިލުން ނަގާ ފީތައް މިމަހަށް މާފުކޮށްދީފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލުން ނަގާ ފީތައް މިމަހަށް މާފުކޮށްދީފި

ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުން ނަގަމުން ދިޔަ ފީތައް މި މޭމަހަށް މާފުކޮށް ދީފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ ކުނި އުކާލަން ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކުންނާއި، އަދި އެ ކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިވާ އެރަށުގެ ވިޔަފާރިތަކުން ނަގާ ކުނި އުކާލަ ދިނުމުގެ ފީ މިމަހަށް މާފު ކޮށްދީފައެވެ. މީގެ އިތުރުން އެކައުންސިލުން ދޫކޮށްފައިވާ އެރަށުގެ ދަނޑު ބިންތަކުގެ ކުލިވެސް މި މަހަށް ވަނީ މާފުކޮށް ދީފައެވެ. ނޭކުރެންދޫ ޕްރީސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން އަތުން […]

ޝިއުނާ އާދަމް
ވެލާ ރިސޯޓުން ހަދިޔާ ކުރި ތަކެތި ނަރުދޫއަށް ގެންގޮސްފި 📍 ށ. ނަރުދޫ

ވެލާ ރިސޯޓުން ހަދިޔާ ކުރި ތަކެތި ނަރުދޫއަށް ގެންގޮސްފި

ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތި މިއަދު އެރަށަށް ގެންގޮސްފިއެވެ. އެތަކެތި މިއަދު އެރަށަށް ގެންދިޔައީ ހެނދުނު 11:40 ހާއިރު އެވެ. ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 އަންގިއާއި، 3000 މާސްކާއި، 110 ޕީޕީއީ އަދި 2500 ގުޅަ ޕެނެޑޯލެވެ. ވެލާ ރިސޯޓުން އެތަކެތި އެރަށަށް ހަދިޔާ ކުރިއިރު އެރަށުން ކޯވިޑް-19 އަށް ޓެސްޓު ކުރި 52 މީހުންގެ ސާމްޕަލްގެ ނަތީޖާވެސް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 41 […]

ޔުމްނާ ޢަލީ
ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:49 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ […]

ޔުމްނާ ޢަލީ