މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހޮނޑާފުށި ހަމަޖައްސަވައިފި

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހޮނޑާފުށި ހަމަޖައްސަވައިފި

ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރަން ހދ. ހޮނޑާފުށީގެ އިތުރު 2 ރަށެއް ސަރުކާރުން ހަމަޖައްސައިފިއެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަބަންދާ ގުޅިގެން ރަށަށް ނުދެވި، މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް ހަމަޖެއްސީ ހދ. އަތޮޅާއި ފ. އަތޮޅާއި މ. އަތޮޅުން ރިސޯޓެއް ކަމަށެވެ. މިއީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ނުހަނު […]

ޖަލްވާން ޖާދުﷲ
މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު […]

ޝިއުނާ އާދަމް
މަންޑޭގެ އެހީތެރިކަން މިފަހަރު އުތީމަށް 📍 ހއ. އުތީމު

މަންޑޭގެ އެހީތެރިކަން މިފަހަރު އުތީމަށް

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ބޭނުން ކުރުމަށް ހއ. އުތީމު ރަށްޔިތުންނަށް ބޭނުން ވެފައިވާ ފޭސް މާސްކު، ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތުން އެ ރަށަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން ކޭޕާކް ރެސިޑެންސް އާއި ހަމްބޯ ކުންފުނީގެ ވެރިޔާ، މަންޑޭގެ ފަރާތުން އުތީމަށް ވަނީ 1000 ފޭސް މާސްކު ހަދިޔާ ކޮށްފައެވެ. އެކަމާއި ގުޅިގެން އުތީމު ކައުންސިލުން ބުނީ ކޯވިޑް-19 އާއި ގުޅިގެން އުތީމުގެ ރައްޔިތުންނަށް ލިބުން ދަތިވެފައިވާ ފޭސް މާސްކު […]

ޝިއުނާ އާދަމް
މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (2)

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (2)

ތިލަދުންމަތީގެ އެކިރަށްރަށުގައި އެޒަމާނުގައި ދަނޑުވެރިކަން ކުރަމުންއައީ ދާދި އެއް އުސޫލުތަކާއި ހަމަތަކެއްގެ މަތިންނެވެ. އެގޮތުން ސިލްސިލާގައި ހުށައަޅައިދެވޭތޯ މިބަލަނީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ދަނޑުވެރިން ދަނޑުވެރިކަން ކޮށްފައި ހުރި ގޮތާއި ވައްޓަފާއެވެ. އެހުރުމީހާއާއި (ވެރިމީހާ) ދަނޑުވެރި ދޯނި މިހެން ގޮސް އުޅޭ އުޅުމުގައި ކޮންމެ ރަށެއްގައިވެސް އިސްމީހަކު ހުރެއެވެ. އޭނާއަށް ކިޔަނީ ” އެހުރު ” މީހާއެވެ. ނުވަތަ ކަންވެރިމީހާއެވެ. މީނާގެ ކިބައިގާ އިމާމުވެ ނަމާދުކޮށް ދީނީ ފަރުޞު އަދާކުރެވޭ މިނ...

އިޙްސާން ޙުސައިން
ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ށ. ފުނަދޫގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެ ރަށު ކައުންސިލުން ވަރުގަދަ ކޮށްފިއެވެ. މި ނިންމުމާއި ގުޅިގެން ފުނަދޫ ކައުންސިލުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވާތީ އެ ކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 […]

ޔުމްނާ ޢަލީ
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން ނަރުހުންނަށް ހަދިޔާ ދީފި 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން ނަރުހުންނަށް ހަދިޔާ ދީފި

ހއ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުގެ ފަރާތުން ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ހުންނަ ހއ. އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ނަރުހުންނަށް ހަދިޔާ ދީފިއެވެ. މިގޮތުން އެ ކްލަބުން ވަނީ އެ ހޮސްޕިޓަލްގެ ނަރުހުންނަށް ހިތްވަރުދީ، އެ ހޮސްޕިޓަލްގެ ކޮންމެ ނަރުހަކަށް ފުރުޓް ޕެކޭޖެއް ހަދިޔާ ކޮށްފައިއެވެ. To celebrate international nurses day, we gifted fruit packages to the nurses working at @haahealthHappy Nurses Day!@MoHmv#MiddleSportsClub #HaDhidhdhoo pic.twitter.com/lhjuDnD05p […]

ޔުމްނާ ޢަލީ
އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ

އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ

ހއ. އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އުލިގަމުން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި ފާރާތް ބަލި ރަނގަޅު ވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ރާއްޖެ މި ބަލިމަޑުކަމުން ސަލާމަތް ކުރައްވާ އުފާވެރި ދުވަސްތަކެއް ދިވެހިންނާ ބައްދަލު ކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވެއެވެ. އިތުރު މީހަކު ބަލިން ރަނގޅުވެފައިވާ...

އަލީ އާދިލް
ތިލަދުންމަތީ އެމްޑީޕީ މެންބަރުން މާ ސަރުކާރުވެގެން ކީއްބާ ކުރަނީ؟ ފުލް މެޖޯރިޓީ ލިބި ބާކީވެފަ: މޮސްޓާ

ތިލަދުންމަތީ އެމްޑީޕީ މެންބަރުން މާ ސަރުކާރުވެގެން ކީއްބާ ކުރަނީ؟ ފުލް މެޖޯރިޓީ ލިބި ބާކީވެފަ: މޮސްޓާ

ކޯވިޑް19ގެ ކަންތަކުގައި ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުން ތިލަދުންމަތީ އެމްޑީޕީ މެންބަރުންނަށް ނޮޅިވަރަމް ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. މިއަދު މޮސްޓާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އައްޑޫއަށް ދުވާލަކު 30 ހުން 50 ހުން މީހުން ގެންދަމުން ދާއިރު ބޮޑު ތިލަދުންމަތީ މެންބަރުންތައް މާ ސަރުކާރުވެގެން ކުރަނީ ކީއްތޯ ސުވާލު އުފައްދަވާފައެވެ. މޮސްޓާ އިތުރަށް ބުނެފައިވަނީ އެމްޑީޕީއަށް ތިލަދުންމަތިންވެސް ނުލިބެނީ ނޮޅިވަރަމް ދާއިރާގެ ގޮނޑި އެކަނި...

ޔުމްނާ ޢަލީ
ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް 📍 ށ. ނަރުދޫ

ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅު ގޮއިދޫ ޒުވާނުންގެ ފަރާތުން، ރޯ މަސް ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައިއެވެ. އެ މަސައްކަތުގައި އިސްކޮށް އުޅު ގޮއިދޫ ޒުވާނެއް ކަމަށްވާ އިބްރާޙީމް ނިސާމް “ތިލަދުން”އަށް ބުނީ ގޮއިދޫ ޒުވާނުންގެ ފަރާތުންނާއި، ގޮއިދޫ ރައްޔިތުންގެ ނަމުގައި ނަރުދޫގެ އަޚުންނާއި، […]

ޝިއުނާ އާދަމް
ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ، ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް!

ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ، ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް!

ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިއަދު ހެނދުނު 09:30 އިން މެންދުރު 14:30 އާއި ހަމައަށް ދިގުލައިގެން ދާނެ މި ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއިނދެމެދުގެ ރަށްތަކަށެވެ. https://twitter.com/metmaldives/status/1259335451292454914?s=21 މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވ...

އިބްރާހިމް އަސްވާޤް
ކޯޓު އަމުރެއްގެ ދަށުން މަކުނުދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ހދ. މަކުނުދޫ

ކޯޓު އަމުރެއްގެ ދަށުން މަކުނުދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހދ. މަކުނުދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓުއަމުރެއްގެ ދަށުން މަކުނުދޫ ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ މެއި މަހުގެ 06 ވަނަ ދުވަހު ހިންގި އޮޕަ...

އިބްރާހިމް އަސްވާޤް
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ނޮޅިވަރަންފަރުން 4 މީހަކު ހައްޔަރުކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ނޮޅިވަރަންފަރުން 4 މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 43 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ނޮޅިވަރަންފަރު ގެއެއްގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ މެއި މަހުގެ […]

ޔުމްނާ ޢަލީ
ގޮންޖެހުންތައް ކުރިމަތި ވެފައި ވަނިކޮށް ކޭއާރުއެޗްއަށް ދިއުމުގައި އަމަލުކުރަންވީ ގޮތް ހާމަކޮށްފި

ގޮންޖެހުންތައް ކުރިމަތި ވެފައި ވަނިކޮށް ކޭއާރުއެޗްއަށް ދިއުމުގައި އަމަލުކުރަންވީ ގޮތް ހާމަކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން އުތުރުގެ ރައްޔިތުން ޚިދުމަތް ހޯދުމަށް ދާ އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިއުމުގައި ބައެއް ރައްޔިތުންނަށް ދިމާވި ދަތިތަކާއި މެދު ކަން ބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް އެހެން ރަށްރަށު މީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުގައި އަމަލުކުރަންވީގޮތުގެ އުސޫލު އާންމު ކޮށްފިއެވެ. އެހެން ރަށްރަށު މީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔުމުގައި އަމަލު...

އަލީ އާދިލް
ހަނިމާދޫއަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ރޭ ހދ. ހަނިމާދޫއަށް ކުރި ވިއްސާރާގައި އެރަށަށް ހޮނު އަޅައި، އެ ރަށުގެ ގޭ ބިސީތަކުގެ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ. ހަނިމާދޫއަށް ކުރި ވިއްސާރާގައި މެއި 7 ވަނަ ދުވަހުގެ ރޭ 11:00 އިން އެރޭ 1:00 އާއި ދެމެދު ވަނީ ވަރަށް ބާރަށް ގުރުމާއި، އެކު އެރަށަށް ވިއްސާރަ ކޮށްފައެވެ. ހޮނު އަޅާފައި ވަނީ އެރަށުގެ މީހުން ދިރި އުޅޭ އާބާދީގެ މެދެއްހާ ހިސާބެއްގައި ހުންނަ ގެއެއްގެ ގޯތި […]

އަލީ އާދިލް
ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި 📍 ށ. ފުނަދޫ

ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި ށ. ފުނަދޫ ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީ އެއްގައި ހުއްދަނެތި ފުރި ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުން ބުނެފިއެވެ. ފުލުހުން މިއަަދު ބުނީ ށ. ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ހުއްދަ ނުހޯދައި ފުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. ހުއްދަ ނެތި އެ ޑިންގީގައި ފުރި މީހުން އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައިވާ ކަމަށާއި، […]

ޝިއުނާ އާދަމް