މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,625 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9625 ޚަބަރުގެ ތެރެއިން
އަޅުގަނޑުގެ ހަނދާނުގައި އަބޫބަކުރު ހުސެއިން (ބަކުރުބެ) 📍 ހދ. ހަނިމާދޫ

އަޅުގަނޑުގެ ހަނދާނުގައި އަބޫބަކުރު ހުސެއިން (ބަކުރުބެ)

ހދ.ހަނިމާދޫ، ރެޑްހައުސް، އަބޫބަކުރު ހުސެއިންއެވެ. ގިނަބަޔަކު ފަރިތަ ނަމުންނަމަ ދޮންހުސޭނު ބަކުރެވެ. އަޅުގަނޑުގެ ނަމުންނަމަ ބަކުރުބެއެވެ. އަޅުގަނޑަށް ފުރަތަމަ ބަކުރުބެ ފެންނަން ފެށީ ވިޔަފާރި ވެރިއެއްގެ ގޮތުގައެވެ. އެއީ ނުވަދިހައިގެ އަހަރުތަކެވެ. އެ ދުވަސްވަރު ރަށުގައި ހުންނަނީ ދެތިން ހަތަރު ފިހާރައެވެ. އެތަނުން އެއް ފިހާރައަކީ ބަކުރުބޭގެ ރެޑްސްޓާ ފިހާރައެވެ. އެ ފިހާރަ ހެދިފައި ހުންނަނީ ބަކުރުބެގެ އަމިއްލަ ގޭގައެވެ. އެ ފިހާރަ ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. އަޅުގަނޑުމެންގެ ގެޔާއި ދާދި ކައިރ...

އިބްރާހިމް ޚަލީލް
އިއްޔެ ކުޅުދުއްފުށިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް: ކޭއާރުއެޗް

އިއްޔެ ކުޅުދުއްފުށިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް: ކޭއާރުއެޗް

ރަށު ތެރޭގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން އިއްޔެ ކުޅުދުއްފުށީގައި ނެގި ރެންޑަމް ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. އެ ހޮސްޕިޓަލުން މިއަދު ބުނީ އިއްޔެ ޖުމްލަ 72 ސާމްޕަލް ކުޅުދުއްފުށިން ނަގާފައި ވާ ކަމަށެވެ. އިއްޔެ އެރަށުން ނެގި ސާމްޕަލްތައް ކޯވިޑަށް ނެގެޓިވްވުމާއި ގުޅިގެން ކޭއާރުއެޗްއިން ބުނީ ދުޢާ އަކީ ކޯވިޑްގެ ބަލިމަޑުކަން ކުޅުދުއްފުށީގައި ނެތުން ކަމަށާއި، އަދި އެ ބަލި އެރަށަށް ނައުން ކަމަށެވެ. […]

ޔުމްނާ ޢަލީ
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން ގާއިމު ކުރާ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް އެމްޓީޓީސީއިން ބުންޏެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަޙައްދެއް ހެދުމުގެ %80 މަސައްކަތް މިހާރުވަނީ ނިމިފައި ވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި […]

ޝިއުނާ އާދަމް
މުޅި ރާއްޖެއަށް ހުޅުވާލައިގެން "ޗިލް ޓައިމް ހަނިމާދޫ ފެންޓަސީ" ލީގުގައި ފަށަނީ 📍 ހދ. ހަނިމާދޫ

މުޅި ރާއްޖެއަށް ހުޅުވާލައިގެން "ޗިލް ޓައިމް ހަނިމާދޫ ފެންޓަސީ" ލީގުގައި ފަށަނީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ބައިވެރި ވެވޭގޮތަށް ” ޗިލް ޓައިމް ހަނިމާދޫ ފެންޓަސީ” ފުޓްބޯޅަ ލީގުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ހދ. ހަނިމާދޫގައި ހުންނަ ރެސްޓޯރެންޓެއް ކަމަށްވާ “ޗިލްޓައިމް”ގެ ފަރާތުން ރާވާ ހިންގާ މި ލީގު ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. މި ލީގުގެ ފުރަތަމަ ސީޒަން ނިމިގެން ދާނީ އިނގިރޭސި ޕްރިމިއަ ލީގު 2020-21 ސީޒަން ނިމުމާއިއެކުގައި ކަމަށް ޗިލް ޓައިމްގެ މެނޭޖަރު އަހުމަދު އަނާން މަޢުލޫމާތު ދީފައިވެއެވެ. މި ލީގުގައި ބައިވެރި […]

އަޙްމަދު ވަހީދު
ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި މިލަންދޫއަށް ދާ މީހުންނަށް ހުއްދަ ނުދޭން ނިންމައިފި 📍 ށ. މިލަންދޫ

ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި މިލަންދޫއަށް ދާ މީހުންނަށް ހުއްދަ ނުދޭން ނިންމައިފި

ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި ށ. މިލަންދޫއަށް ދާ މީހުންނަށް، އެ ރަށުގައި ކަރަންޓީނު ވުމަށް ހުއްދަ ނުދޭން އެ ރަށު ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު މެންދުރުފަހު 13:00 ގައި އޮތް މިލަންދޫ ކައުންސިލުގެ ތިންވަނަ ދައުރުގެ 93 ވަނަ ޢާއްމު ޖަލްސާގައެވެ. މިއަދު އެ ކައުންސިލުން އެކަމާއި ގުޅިގެން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކޯވިޑް-19 ހަލުއިކަމާއި އެކު ފެތުރެމުންދާ މިދަނޑިވަޅުގައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓީނުވުމުގެ ބޭ...

ޔުމްނާ ޢަލީ
ހަނިމާދޫ ބަނދަރުގެ 20 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ 20 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި މިއަދު އެ ކުންފުނިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 20 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 43 އިންސައްތަ މަސައްކަތް ވެސް ނިނމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢު މޮ...

އިބްރާހިމް ޚަލީލް
ރަށު ތެރޭ ކޯވިޑް ފެތުރިފައި ވޭތޯ ބެލުމަށް ކޭއާރުއެޗްއިން ރެންޑަމް ސާމްޕަލް ނަގަނީ

ރަށު ތެރޭ ކޯވިޑް ފެތުރިފައި ވޭތޯ ބެލުމަށް ކޭއާރުއެޗްއިން ރެންޑަމް ސާމްޕަލް ނަގަނީ

ކޯވިޑް-19 ރަށު ތެރޭގައި ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން މިއަދު ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ދާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. މިގޮތުން މިއަދުގެ މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް ރެންޑަމް ސާމްޕަލް ނެގުން އެރަށުގައި ކުރިޔަށް ދާނެ ކަމަށް ކޭއާރުއެޗް އިން ވަނީ ބުނެފައެވެ. މިއަދު ޖުމްލަ 86 ރެންޑަމް ސާމްޕަލްއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ. “ކޯވިޑް-19 ރަށުގައި […]

ޔުމްނާ ޢަލީ
ށ. އަތޮޅު ހޮސްޕިޓަލާއި ކޯވިޑް19 ޓާސްކް ފޯސް އިން ހިންގާފައިވާ ބައެއް ޙަރަކާތްތައް

ށ. އަތޮޅު ހޮސްޕިޓަލާއި ކޯވިޑް19 ޓާސްކް ފޯސް އިން ހިންގާފައިވާ ބައެއް ޙަރަކާތްތައް

ޗައިނާގެ ވޫހާން ސިޓީއިން 31 ޑިސެމްބަރު 2019 ގައި ބިންދާލި ކޮރޯނާ ވައިރަސްގެ ބިރުވެރި ރާޅު ފަތުއަޑު ކިޔާފައި ދުނިޔެއަށް ފެތުރެން ފަށާއި މިބަލި ރާއްޖޭގެ ގޮނޑުދޮށްތަކަށް އައީ 2020 ވަނަ އަހަރުގެ މާރިޗް 7 ވަނަ ދުވަހެވެ. އެއާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް19 އަށް ފަރުވާކުރުމަށް ދިއައީ އެކި އެކި މަސައްކަތް އަވަދިނެތި ކުރަމުންނެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކުން ކޯވިޑް ކޭސްތައް ފެނުނުއިރު، ހަމަ ކޮންމެ ރަށެއްގެ ސިއްޙީ ޚިދުމަތްތެރީން ތިބީ ރަށަށްޓަކައި އަތުކުރި […]

ޝިއުނާ އާދަމް
މޫސުން ގޯސްވެ ތިލަދުންމަތިން ކޮޅުމަޑުލަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ ތިލަދުންމަތިން ކޮޅުމަޑުލަށް ވައިޓް އެލާޓް!

މޫސުން ގޯސްވެ، ތިލަދުންމަތިން ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 23:00 އިން ފެށިގެން  ފަތިހު 05:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން، އެކަށިގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް […]

ޔުމްނާ ޢަލީ
ނޭކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ ގިނަ މަޝްރޫޢުތަކެއް ފަސް އަހަރުގެ ދައުރުތެރޭ ނުހިންގި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް މިހާރު މިއޮތް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންނަނީ މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކެނޑިނޭޅި މަސައްކަތް […]

އަޙްމަދު ވަހީދު
ފީވަކުން, މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ފީވަކުން, މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާ ހޯމު ކަރަންޓީނުގައި ހުރި ނަމަވެސް އެރަށުން ބަޔަކާއި ބައްދަލު ވެފައިވާތީ އެމީހުން އަމިއްލައަށް މިހާރު ކަރަންޓީނު ވެފައި ވާކަމަށް މަޢުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ. ފީވަކުގެ އިތުރުން ވެސް ހަރަށަކުން މިއަދު އަލަށް ކޯވިޑަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫއިން […]

ޔުމްނާ ޢަލީ
މެދުކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް ފަށައިފި

މެދުކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންހާލަށް ގެނައުމުން މެދު ކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް މިއަދު އަލުން ފަށައިފިއެވެ. މިގޮތުން މިއަދު 15:00 އިން ފެށިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް ވަނީ ފަށާފައެވެ. އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް މިއަދު 1500 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރިން ލިބެމުން ދިޔަހެން ޓެލެކޮންސަލްޓޭޝަންގ...

ޔުމްނާ ޢަލީ
ކޯވިޑްގެ ރާޅު އުތުރަށް ބިންދާލުން: އިސްކުރީ އެއްބައިވަންތަކަމާއި އޯގާތެރިކަން

ކޯވިޑްގެ ރާޅު އުތުރަށް ބިންދާލުން: އިސްކުރީ އެއްބައިވަންތަކަމާއި އޯގާތެރިކަން

19 އޭޕްރިލް 2020 ވަނަ ދުވަހަކީ ބޮޑު ތިލަދުންމަތި އެ ދުވަހެއްގެ މަތިން ޒަމާންތަކަށް ހަނދާން ހުންނާނެ ދުވަހެކެވެ. އެ ދުވަހަކީ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ސިހުންގެނުވި، ބިރުވެރިކަން އިހްސާސްވި ދުވަހެކެވެ. ނަމަވެސް އެދުވަހު އެ ރައްޔިތުން މާޔޫސް ވުމެއްނެތި އިސްކުރީ އެކުވެރިކަމެވެ. ޗައިނާގެ ވޫހާން ސިޓީއިން 31 ޑިސެމްބަރު 2019 ގައި ބިންދާލި ކޮރޯނާ ވައިރަސްގެ ބިރުވެރި ރާޅު ފަތުއަޑު ކިޔާފައި ދުނިޔެއަށް ފެތުރިގަތެވެ. އެބަލީގެ ސަބަބުން ދުވާލަކު އެތައް ފުރާނައެއް ގެއްލެމުން ދިޔައިރު، ސައިންސްވެރިންނާއ...

ތިލަދުން
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަދުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިރޭ (30 އޯގަސްޓް 2020) ގެ 23:12 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގއިން ނަގާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސް ކުރާކަމަށެވެ. ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނީ 29 އޯގަސްޓް 2020...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން ފުރަތަމަ ޓެސްޓުކުރި 24 މީހުން ނެގެޓިވް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ފުރަތަމަ ޓެސްޓުކުރި 24 މީހުން ނެގެޓިވް

ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓް ކުރެވުނު 24 މީހުންގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފިއެވެ. އެކޭސް އާގުޅިގެން މިހާތަނަށް 60 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ޓެސްޓްކޮށްފައިވަނީ އެކުއްޖާއާ އެންމެ ބޮޑަށް ކޮންޓެކްޓްވީ 24 މީހެކެވެ. އޭގެތެރޭގައި އެކުއްޖާއަށް ފަރުވާދިނުމުގައި އުޅުނު ތިން ނަރުހަކުވެސް ހިމެނެއެވެ. ކުޅުދުއްފުށިން މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖ...

ޔުމްނާ ޢަލީ