📍 ހދ. ކުޅުދުއްފުށި
ކޭއާރުއެޗްއަށް ޒިޔާރަތް ކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި، އޯޕީޑީގެ ޚިދުމަތް ވެސް މެދުކަނޑާލައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލައި، އިމަރޖެންސީ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. އެ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 7 އަހަރުގެ ކުއްޖެއް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ. އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ރަށްރަށުގެ ހެލްތް ސެންޓަރުތައް މެ...