މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން ބުނަނީ މީ ފެށުމެއް ކަމަށް

ހދ. ނޭކުރެންދޫ ރައްޔިތުން އާންމުކޮށް މޫދަށްއެރި އުޅޭ ސަރަޙައްދުން ފެންވެރޭނޭގޮތް އެރަށު “ފަތިސް ޔުނައިޓެޑް” އިން ފަހިކޮށްދީފިއެވެ. ނޭކުރެންދޫ ފަތިސް ޔުނައިޓެޑުން އިސްނަގައިގެން އެރަށުގެ ކައުންސިލާއި ގުޅިގެން ކުރި މި މަސައްކަތަކީ ރަށުގެ ރަަށްޔިތުންނަށް ބޭނުންތެރި، ހަދިޔާއެއް ދިނުމުގެ ގޮތުން ކުރި މަސައްކަތެއްކަމަށް އެޓީމުން ބުންޏެވެ. ނޭކުރެންދޫ ކުރީގެ ނެރާއި ދިމާ، ކައުންސިލާއި ވެސް ދިމާގައި އޮންނަ އެރަށު މީހުން އާންމުކޮށް މޫދަށްއެރި، މަޖާކޮށްލާ އުޅޭ އެސަރަހައްދުން، މޫދަށް އެރިލުމަށްފަހު ފެންވެރޭނޭ...

ޔުމްނާ ޢަލީ
ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރަނީ

ށ. ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް އެރަށު ބައެއް މީހުންދާތީ، އެ ގޮތަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރާނެ ކަމަށް ފޯކައިދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުން މިހެން ބުނީ އެ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ މަރުކަޒުން ބުނީ ރަށުގައި ކަރަންޓީނު ކުރެވިފައި ތިބޭ މީހުން ކައިރިއަށް އަދި ގޭގެއަށް މާބޮޑު ކަމަކަށް ނަހަދާ ބައެއް މީހުން ޒިޔާރާތް ކުރާކަން ފާހަގަ ކުރެވެމުން ދާކަމަށެވެ. ކުޑަކުދިން […]

ޝިއުނާ އާދަމް
ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ޓޫރިޒަމް މިނިސްޓަރުގެ އަރިހަށް

ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ޓޫރިޒަމް މިނިސްޓަރުގެ އަރިހަށް

ފަތުރުވެރިކަމުގެ ސިނާއަތުގައި ހއ. އަތޮޅަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ކުރިއަށް އެއަތޮޅުގައި ރޭވިފައިވާކަންކަމާއި މެދު މަޝްވަރާ ކުރެއްވުމަށް ހއ. އަތޮޅުގެ ހުރިހާ މެންބަރުން އެކީ، ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްގެ  އަރިހަށް ޒިޔާރަތް ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ. މިބައްދަލުވުން އޮތީ މިއަދު ޓޫރިޒަމް މިނިސްޓްރީގަ އެވެ. މިބައްދަލުވުމާއި ގުޅޭ ގޮތުން ތިލަދުން އަށް މަޢުލޫމާތު ދެމުން ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް (ސައްލޭ) ވިދާޅުވީ މިއީ ހއ. އަތޮޅުގައި ގެސްޓް ހައުސްތަކާއި ފަތުރ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި އަޅާ ޒަމާނީ އިންޖީނުގޭގެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފި

ކުޅުދުއްފުށީގައި އަޅާ ޒަމާނީ އިންޖީނުގޭގެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފި

ކުޅުދުއްފުށި ސިޓީގައި އަޅާ ޒަމާނީ ފެންވަރުގެ އިންޖީނުގޭގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކުޅުދޫފުއްޓަށް ނިސްބަތްވާ މަޖިލީހުގެ 2 މެންބަރުންކަމުގައިވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުޙައްމަދު އަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިއްސާކޮށްފި އެވެ. އިއްޔެ ފެނަކަ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޕްރީފެބްރިކޭޓަޑް ޕަވާހައުސްގެ މަޢުލޫމާތު ހިއްސާ ކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދ...

އަލީ އާދިލް
ރޭ ދަންވަރު އައި ކޮޅިގަނޑުގައި އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއް 📍 ހއ. އިހަވަންދޫ

ރޭ ދަންވަރު އައި ކޮޅިގަނޑުގައި އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއް

ރޭ ދަންވަރު އައި ކޮޅިގަނޑުގައި ހއ. އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކައުންސިލުން ބުނެފައިވަނީ ރޭ މެންދަމުއައި ގަދަ ކޮޅިގަނޑުގައި ރަށުގެ އިމާރާތްތަކަށާއި، ފަޅުގަ އަޅާފައިހުރި އޮޑި ދޯނިފަހަރަށާއި އަދި ރުއްގަހަށް ގެއްލުން ވެފައިވާކަމަށެވެ. މި ގޮތުން ރަށުގެ އަތިރިމަތީ ހުރި ކުޑަކުދިންގެ ޕާކްގެ ދެ އިމާތެއްގެ ޓިނުތައްވަނީ ވަޔާއެކު ނައްޓައިގެން ގޮސް ފުރާޅު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ގިނަ އިމާރާތްތަކެއް ފުރާ...

ޝިއުނާ އާދަމް
ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ. މިމަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނެއްގައި އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އ...

ޝިއުނާ އާދަމް
ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ  61  އިންސައްތަ  ނިންމާލެވިފައިވާ  ކަމަށް  މޯލްޑިވްސް  ޓްރާންސްޕޯޓް  ކޮންޓްރެކްޓިންގ  ކޮމްޕެނީ  (އެމްޓީސީސީ)  ހާމަކޮށްފިއެވެ. އެ  ކުންފުނިން  މި  މަޝްރޫޢުއާއި  ގުޅޭގޮތުން  މަޢުލޫމާތު  ހިއްސާ  ކުރުމުގެ  ގޮތުން  ފޭސްބުކްގައި  ކޮށްފައިވާ  ޕޯސްޓުގައި  ބުނެފައިވަނީ އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި، ކޮނުމުގެ މަސައ...

އިބްރާހިމް ޚަލީލް
މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫއިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ ބިދޭސީ މީހާއާއި އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައި ނުވާކަމަށް ވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. މީގެ ކުރިންވެސް އެރަށުން ކޯވިޑަށް ވަނީ މީހަކު ޕޮޒިޓިވްވެފައިއެވެ. އެފަހަރު ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހުގައ...

ޝީޒާ މުހައްމަދު
ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގެ ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށެވެ. “ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކާއި […]

ޔުމްނާ ޢަލީ
ޓޫރިޒަމް މިނިސްޓަރ ކުމުންދޫ ރައްޔިތުންނަށް: "ގަދަ، ސާބަސް" 📍 ހދ. ކުމުންދޫ

ޓޫރިޒަމް މިނިސްޓަރ ކުމުންދޫ ރައްޔިތުންނަށް: "ގަދަ، ސާބަސް"

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވުމާއި އެކު ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ސާބަސް ދެއްވައިފި އެވެ. ޢަބުދުﷲ މައުސޫމް މިހެން ވިދާޅުވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ޓުވީޓެއް ރިޓުވީޓް ކުރައްވަމުންނެވެ. ރާއީ ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވަނީ ކުރެވި ޖަމިއްޔާއިން ހިންގާ، ޒީރ...

އަލީ އާދިލް
ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް 📍 ށ. ނަރުދޫ

ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް

ރޭ މެންދަމުގެ ށ. ނަރުދޫއަށް އައި ގަދަ ކޮޅިގަނޑުގައި އެރަށުގެ އެންމެ ބޮޑު ދެ ނިކަ ގަސްވެއްޓި، ރައްޔިތުންގެ ގިނަ އަދަދެއްގެ ރުއްގަހަށް ގެއްލުން ވެއްޖެއެވެ. ނަރުދޫއަށް ރޭ އައި ކޮޅުގަނޑުގެ ވައި އެންމެ ގަދަވީ ރޭ މެންދަމު 1 ޖަހާކަށްހާއިރުއެވެ. ފަތިހު ފަހެއް ޖަހަންދެން އެރަށަށް ވަރަށް ގަދައަށް ވައި ޖެހުނެވެ. ރޭގެ ކޮޅިގަނޑުގައި ނަރުދޫގެ ރައްޔިތުންގެ ގިނަ ޢަދެއްގެ ގަސްގަހާ ގެއްސަށް ގެއްލުންވެ، އެތައް ގަހެއް ބިމާ ހަމަވެފައިވާ ކަމަށް ނަރުދޫ ކައުންސިލް މެންބަރު […]

ޔުމްނާ ޢަލީ
ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފި އެވެ. “ވެހިސަރާ” ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީ...

އިބްރާހިމް ޚަލީލް
ސަމާލުވޭ! ބޯކޮށް ވާރޭވެހި 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ،

ސަމާލުވޭ! ބޯކޮށް ވާރޭވެހި 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ،

ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފި އެވެ. މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް […]

އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ހުނަރުވެރިން: ސިއްބެގެ ފިހިން ރާއްޖޭގެ ޗާލުކަން

ތިލަދުންމަތީ ހުނަރުވެރިން: ސިއްބެގެ ފިހިން ރާއްޖޭގެ ޗާލުކަން

ރާއްޖެއަކީ ވެސް އެކިފެންވަރުގެ ކުރެހުންތެރިން ތިބި ޤައުމެކެވެ. ބައެއް މީހުންނަކީ ފޫހި ފިލުވާލަން ކުރަހާ އުޅޭ މީހުންނެވެ. ބައެއް މީހުން އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަހާއުޅޭއިރު އަނެއްބަޔަކު ވަޒީފާ އަދާކޮށްފައި ލިބޭ ހުސްވަގުތުގައި ވެސް ކުރަހާ އުޅެއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކުރަހައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭވަރު އާމްދަނީއެއް ރާއްޖޭގައި ހޯދުމަކީ އުނދަގޫކަމެކެވެ. “ތެދެއްމެ، ބައެއް މީހުން އަދިވެސް ޤަބޫލެއް ނުކުރޭ މިއީ މުސްތަޤުބަލު އޮތްދާއިރާއެއް ކަމަކަށް، ނަމަވެސް އަހަރެންގެ...

އިބްރާހިމް ޚަލީލް
ދާދިވަރުކޮށް އުތީމު ގަނޑުވަރު 📍 ހއ. އުތީމު

ދާދިވަރުކޮށް އުތީމު ގަނޑުވަރު

އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ. ެައަޅުގަނޑަށް އެތައް ފަހަރަކު އެ...

ޢަބްދުﷲ ސަޢީދު