މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިޢުލާންކޮށްފި އެވެ. ހއ. އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ މާފަންނު އިޖުތިމާއީ މަރުކަޒުގައި ކަމަށް އެއިޢުލާނުގައި ވަނީ ބުނެފައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރު 2020 ވާ ބުދަ ދ...

ޔުމްނާ ޢަލީ
ދިއްދޫ ބަނދަރުން ދޫކޮށްފައިވާ ކުލީ ބިންތަކާއިގުޅިގެން އޭސީސީއިން ތަޙްޤީގެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުން ދޫކޮށްފައިވާ ކުލީ ބިންތަކާއިގުޅިގެން އޭސީސީއިން ތަޙްޤީގެއް ފަށައިފި

ހއ. ދިއްދޫ ބަނދަރުން މީގެ 10 އަހަރު ކުރިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު ހަމަވުމަށްފަހު އިތުރު 6 މަސްދުވަސް އިތުރު ކުރެވިފައިވަނީ ކޮންއުޞޫލަކުންތޯ ބަލައިދިނުމަށް އެދި އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ތިލަދުންއަށް މަޢުލޫމާތު ދެމުން އޭސީސީއިން ބުނެފައިވަނީ މިމައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ހުރުމުން ތަޙްޤީގެއް ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު އެމަސައްކަތް އެކޮމިޝަނުން ކ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް

ހދ. ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް ފަށައިފި އެވެ. މިޕްރޮގުރާމާއި ބެހޭމަޢުލޫމާތު ތިލަދުންއާއި ހިއްސާކުރަމުން އެޖަމިއްޔާގެ ރައީސް މުޙައްމަދު ޒިޔާދު ބުނީ މިއީ ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. މިޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ އެރަށުގައި ޤުރުއާން ހިތުދަސްކޮށްފައިތިބި ގިނަބަޔަކު އުފެއްދުމާއި ތަރާވިޙް ނަމާދު ކުރާނެ ބަޔަކު އެރަށުން ތަމްރީން ކުރުން ކަމަށެވެ. ޒިޔާދު އިތު...

އިބްރާހިމް އަސްވާޤް
ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢުއާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢުއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާއިއެކު މަޝްވަރާ ކޮށްފިއެވެ. އިއްޔެ އޮންލައިންކޮށް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްވަރާގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. މިބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސަންޖޭ ސުދީރު އާއި އިންޑިއާ ސަރުކާރުގެ އިތުރު...

ޝިއުނާ އާދަމް
ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ވައިކަރަދޫ، ފެނަކަ އަައު އޮފީސް އިމާރާތް ކުރުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހދ. ވައިކަރަދޫ ފެނަކަ އަައު އޮފީސް އިމާރާތް ކުރުމާއި ވަށާފާރު އަމިއްލަ ތަކެތީގައި ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވ...

ޔުމްނާ ޢަލީ
ވައިކަރަދޫ ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރެއަށް! 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރެއަށް!

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރޭގައިވާކަން ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ފޮޓޯތަކުން ހާމަވެއްޖެއެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް “ތިލަދުން” އަށް ވިދާޅުވީ، ސަރުކާރުގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް މިއަދުވެސް މަޝްވަރާ ކުރެވި ޢަމަލީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުންދާނެކަމަށެވެ. ކައުންސިލަރު އިތުރަށް ވިދާޅުވީ ކަނޑޫ ގަސްތައް މަރުވަމުންދާ ކަމަށާއި އެކަން އަދި ދެނެގަނެވިފައި ނުވާކަމަށެވެ. “ބޮޑަށް...

އަލީ އަހުސަން
މަނަފަރު ރިސޯޓުން ވަކިކުރި ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ކައުންސިލުން އެދިއްޖެ 📍 ހއ. ހޯރަފުށި

މަނަފަރު ރިސޯޓުން ވަކިކުރި ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ކައުންސިލުން އެދިއްޖެ

މަނަފަރު ރިސޯޓުން ވަކިކުރި ހއ. ހޯރަފުށީ ރައްޔިތުންނަށް އަލުން ވަޒީފާދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެ އެވެ. ކައުންސިލުން މިގޮތައް އެދިފައިވަނީ ޖޭއޭ މަނަފަރު ރިސޯރޓުގައި މަސައްކަތް ކުރަމުންދިޔަ ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކި ކުރި ވަކިކުރުން ހ.އ.ހޯރަފުށީ ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ. ހޯރަފުށީ ކައުންސިލުން މިއަދުގެ ވަގުތެއްގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދަނޑިވަޅުގައި އެކުދިންގެ އާއިލާއަށާއި އ...

މުޙައްމަދު އިނާން
ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ދިއްދޫގައި ފަށައިފި 📍 ހއ. ދިއްދޫ

ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ދިއްދޫގައި ފަށައިފި

ދިއްދޫ މިޑްލް ސްޕޯރޓްސް ކުލަބާއި، ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ބާއްވާ “ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ފަށައިފިއެވެ. ޖުމަލް ދިހަ ޓީމު ބައިވެރިވި މި މުބާރާތް 13 ސެޕްޓެމްބަރ 2020 ވީ އާދީއްތަ ދުވަހު ހަވީރު ދިއްދޫ ޔޫތްސެންޓަރުގެ ބާސްކެޓް ކޯޓުގައި ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ހަތްމެޗު ކުޅެން ހަމަޖެހިފައި ވީ ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުޅެފައިވަނީ ހަ މެޗެވެ. މެޗުތަކުގެ ނަތީޖާ އަދި މެޗްތަކުގެ […]

އިބްރާހިމް ޚަލީލް
ކުޅުދޫފުއްޓަށް ދަތުރު ކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓެއް ނަލަންދޫ ފަރަށް އަރައިފި

ކުޅުދޫފުއްޓަށް ދަތުރު ކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓެއް ނަލަންދޫ ފަރަށް އަރައިފި

ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގް ކްރާފްޓެއް ށ. ނަލަންދޫ ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ މިއީ 7 މީހުންނާ އެކު މާލެއިން ފުރައިގެން ހދ. .ކުޅުދާފުއްޓަށް ދަތުރު ކުރި 140 ފޫޓްގެ ހެވީ ސްޓަރ ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓެއް ކަމަށެވެ. މި ލޭންޑިންގް ކްރާފްޓް ނަލަންދޫ ފަރަށް އަރައި، ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާރޑް ނޮދާން އޭރިޔާ ސްކުއަޑްއިން ހަރަކައިތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން...

ޝިއުނާ އާދަމް
ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް! 📍 ހއ. ދިއްދޫ

ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ހއ ދިއްދޫ، އާސާމް، ޝުޖާޢު ޢަދުނާން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ޝުޖާޢު ޢަދުނާން ނިޔާވެފައިވަނީ މިރޭ ވަގުތެއްގަ އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ޝުޖާޢު ޢަދުނާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ޕޮލިސް ސާރޖެންޓް ޝުޖާޢު […]

ތިލަދުން
ފީވަކުން 2 ވަނަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ފީވަކުން 2 ވަނަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފީވަކު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު އިތުރު މީހެއް ފީވަކުން ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ އެރަށުން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަ ވިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ އަންގާފައި ވަނިކޮށެވެ. މިއަދު ފީވަކުން ކޯވިޑަށް ޕޮޒިޓިވްވީ އަންހެނެއް ކަމަށް އެ ރަށުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އެމީހާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލުންކަމަށް އެމީހާ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ލަނގޮޑި މާލިމީ: މަޝްހޫރު "ހޭވާ ހޭވާ" ފަރިހީގެ ޝާއިރު

ކުޅުދުއްފުށީ ލަނގޮޑި މާލިމީ: މަޝްހޫރު "ހޭވާ ހޭވާ" ފަރިހީގެ ޝާއިރު

‏އަބަދުވެސް ނަން ފާހަގަކުރެވެނީ މަދު ބައެއްގެ އެވެ. ރާއްޖެދުށް މޮޅެތި ޅެންވެރިންގެ ތެރޭގައި “ހޭވާ ހޭވާ” ލިޔުއްވި ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު (ލަނގޮޑި މާލިމީ) ނުހިމެނި ނުދާނެ އެވެ. ލަނގޮޑިމާލިމީގެ ގިނަ ފަރިހިތައް ބެލެވެނީ ނުލިޔެވި ގެއްލިފައިވާ ކަމަށެވެ. “ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން” މިސުރުހީއަށް މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރގައި މަސައްކަތްކުރަމުން އަންނަ ޝަންމޫން ޖަލީލު (ލޫކަސް ޖަލީލް) ވަނީ ލަނގޮޑި މާލިމީގެ ވަރަށް ފުރިހަމަ ތަޢާރަފެއް ލިއު...

ތިލަދުން
ހއ އަތޮޅުގެ 5 މެމްބަރުން މިއަދު މިނިސްޓަރ އަސްލަމްގެ އަރިހަށް

ހއ އަތޮޅުގެ 5 މެމްބަރުން މިއަދު މިނިސްޓަރ އަސްލަމްގެ އަރިހަށް

ރައްޔިތުންގެ މަޖިލީހުގެ ހއ އަތޮޅުގެ 5 މެމްބަރުން ސިލްސިލާކޮށް ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް އާ ބައްދަލުކުރައްވައިފި އެވެ. މިބައްދަލުވުމާއި ގުލޭގޮތުން ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް ވިދާޅުވީ މިބައްދަލުވުމުގައި ތުރާކުނު ބިން ބޮޑުކުރުމާއި އުލިގަމު ބަނދަރު އަދި ހޯރަފުށީ މަގުތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް ދެންނެވުނުކަމަށެވެ. ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހ...

އަލީ އާދިލް
ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފި

ށ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފިއެވެ. މިގޮތުން ގޮއިދޫ ކައުންސިލުން މިއަދު ވަނީ 2 ސްމާޓް ޓީވީ ގޮއިދޫ ސްކޫލާއި ހަވާލުކޮށްފައެވެ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސްމާޓް 8 ޓީވީ ބޭނުންވާއިރު، މިއަދު މި ހަވާލު ކުރި 2 ޓީވީއަކީ އެ މަސައްކަތް ފެށުމުގެ ގޮތުން ހަވާލު ކުރި 2 ޓީވީއެވެ. ބާކީ ޓީވީތައް ވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން ސްކޫލަށް ހަދިޔާ ކުރަން ގޮއިދޫ ކައުންސިލުން ވަނީ ނިންމާފައެވެ. […]

ޝިއުނާ އާދަމް
ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު"  📍 ހއ. ދިއްދޫ

ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު" 

“ދިއްދޫ ރައްޔިތުންގެ އަޑު” ގެ ނަމުގައި ޒޫމް މެދުވެރިކޮން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަ...

އަލީ އާދިލް