މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަން އިޢުލާން ކޮށްފި އެވެ. އެ ހޮސްޕިޓަލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށެވެ. މަޤާމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް، ކްލިނިކަލް ނަރސް އެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 22 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހޮސްޕިޓަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކ...

ޝިއުނާ އާދަމް
ކޭއާރުއެޗް ބޮޑުކުރުމުގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ކޭއާރުއެޗް ބޮޑުކުރުމުގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ. އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި 17 ގައެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފި...

އިބްރާހިމް އަސްވާޤް
"ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" ދިއްދޫގައި މިއަދު ފަށަނީ 📍 ހއ. ދިއްދޫ

"ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" ދިއްދޫގައި މިއަދު ފަށަނީ

މިޑްލް ސްޕޯރޓްސް ކުލަބާއި ހއ. ދިއްދޫ ޒުވާނުންގެ މަރުކަޒާ ގުޅިގެން ބާއްވާ “ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް” މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ. މިޑްލް ސްޕޯރޓްސް ކުލަބުން ބުނެފައިވަނީ މި މުބާރަތުގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާކަމަށެވެ. އެއީ އައްޑާ ސްޕޯރޓްސް، އެލް އެލް ސްޕޯރޓްސް، ވައިޕާރސް، ދަ ބުރޭވްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، މިޑްލް ސްޕޯރޓްސް ކުލަބް، ނާޑް ސްޕޯރޓްސް، ޓީމް މިޑްލް، ޕުރައިމް ޝޫޓާރސް އަދި ޓީމް މިޑްލް އެވެ. މި […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއަށް

އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020 ގެ ޗެންމްޕިއަންކަން އެންވީކޭއިން ހޯދައިފިއެވެ. އެންވީކޭ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ޖަންގަލް ޓީމް ބަލިކުރުމަށް ފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ކާމިޔާބުކޮށް އެންވީކޭ އިން މުބާރާތުގެ ތަށި އުފުލައިލީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 3-3ން ދެ ޓީމް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 8-7 އިން ޖަންގަލް ބަލިކޮށްފައެވެ. ފައިނަލް މެޗުގެ […]

ޔުމްނާ ޢަލީ
ފީވަކުން ކޯވިޑަށް ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަވެއްޖެ

ފީވަކުން ކޯވިޑަށް ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަވެއްޖެ

ށ. ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ އެ ބަލިން ފަސޭހަ ވެއްޖެއެވެ. ފީވަކު ހޯމު ކަރަންޓީނުގައި ހުރި އެމީހާ ކޯވިޑަށް ޕޮޒިޓިވްވީ 2020 ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވް ވުމުންނެވެ. އެމީހާ ބަލިން ފަސޭހަވިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގާފައި ވަނީ މިއަދު އެވެ. އެމީހާ ކޯވިޑްއަށް ޕޮޒިޓިވް ވުމުން އެޗްޕީއޭއިން ސެޕްޓެމްބަރު މަހު 1 ވަނަ […]

ޔުމްނާ ޢަލީ
ސަންސެޓް ބަލައިލަން ކުމުންދޫ ސަންސެޓް ބީޗް ވަރަށް ހިތްގައިމު 📍 ހދ. ކުމުންދޫ

ސަންސެޓް ބަލައިލަން ކުމުންދޫ ސަންސެޓް ބީޗް ވަރަށް ހިތްގައިމު

ކުމުންދޫ ބީޗް ސިޓީގެ ފަރާތުން އެރަށު ނުރެމަގު ސަރަހައްދުގައި ތަރައްޤީކުރި ބީޗް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފިއެވެ. “ސަންސެޓް ބީޗް” ނަމުގައި ހުޅުވި މި ހިތްގައިމު ބީޗް ހުޅުވައިދެއްވީ 11 ސެޕްޓެމްބަރ 2020 ވީ ހުކުރު ދުވަހުގެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައި ކުމުންދޫ ސްކޫލްގެ އިސްލާމް ޓީޗަރ އަބްދުލް ހަމީދު ޔޫސުފެވެ. “ރަށުގެ މިފަދަ މުހިންމު ސަރަހައްދެއް ބޭނުންތެރި އަދި ބޭނުންހިފޭ ތަނެއް ގޮތުގައި ބަދަލުވެގެން ދިޔުމަކީ އުފާކުރާ ކަމެއް، މިފަދަ ތަންތަން […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް “ތިލަދުން”އަށް ވިދާޅުވީ އެ ހަތް މީހުންނަކީ ވެސް ހޯމް ކަރަންޓީނު ނިންމައި، ދޫކޮށްލުމުގެ ކުރިން ނެގުނު ސާމްޕްތަކުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ. ” ހޯމް ކަރަންޓީނުގައި […]

ޔުމްނާ ޢަލީ
ފޯކައިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ށ. ފޯކައިދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މަސްތުވާ ތަކެއްޗާއިއެކު އެމީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މަޢުލޫމާތު ހާމަކުރަށް ވަމުން ބުނެފައި ވަނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މާލެއިން ފުރައިގެން ފޯކައިދުއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަ...

ޝިއުނާ އާދަމް
އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ

ހއ.އިހަވަންދޫގެ ފެންޓަސީ މެނޭޖަރުންނަށް ހުޅުވާލައިގެން އީ.ޕީ.އެލް ފެންޓަސީ ލީގެއް ،މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން އިއުލާން ކޮށްފިއެވެ. އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި ބައިވެރިވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެއެވެ.  މި ލީގުގައި ބައިވެރިވުމަށްޓަކައި މާދަމާ ރާއްޖޭ ގަޑިން 1630 ގައި ފަށާ އިނގެރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ފެންޓަސީ ޓީމެއް ހަދައި […]

Thiladhun
ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 5 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް […]

ޝިއުނާ އާދަމް
ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ 📍 ހއ. ކެލާ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ! ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. “ރަސްކަން” ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި […]

ޢާޠިފާ ޒަކަރިއްޔާ
ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. ދިއްދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނ...

އަޙްމަދު ވަހީދު
މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ށ. މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަ...

ޔުމްނާ ޢަލީ
އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ކުޅުދުއްފުށީ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގ...

ޔުމްނާ ޢަލީ