މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

‏ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު މިފައިވާ ކަމަށެވެ. މި މަޝްރޫޢު ފެށުމަށް އިހަވަންދޫއަށް، މަޝްރޫޢުއަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 30 މެއި 2020 ގައި އެވެ. މި މަޝްރޫއުގެ ދަށުން […]

އަޙްމަދު ވަހީދު
ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި

އަވަށްޓެރި އިންޑިއާގެ ސިފައިންގެ 19 މީހަކު ހދ. ހަނިމާދޫގައި، ހޯމް ކަރަންޓީނު ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 19 ސިފައިން ހަނިމާދޫއަށް ދިޔައީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ސިފައިން ހޯމް ކަރަންޓީނުގައި ތިބީ ހަނިމާދޫގެ ބައެއް ގެތަކާއި، ގެސްޓްހައުސް ހިމެނޭހެން އެ ރަށުގެ 5 ތަނެއްގައި ކަމަށް މަަޢުލޫމާތު ލިބިއެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ބުނީ ދެ ދުވަސް ކުރީން އިންޑިއާ ސިފައިންގެ 19 މީހަކު ހަނިމާދޫގައި […]

އަލީ އާދިލް
ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ. ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ޑިންގީ ބަނޑުން ޖަހާލާފައިވަނީ މިއަދު 2 އެއްޖަހާކަށް ހާއިރުކަމަށެވެ. ޑިންގީ ބަނޑުން ޖަހާލި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް އަމީން ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ މިޑިންގީއަކީ ހދ. ނެއްލައިދޫ ޑިންގީއެއްކަމަށާއި މިޑިންގީ ކުމުންދޫއަށް އައީ އެރަށު ބަޔަކު ގޮވައިގެން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީވަނީ ފަޅައިގެން ގޮސްފައެވެ. އަދި ޑިންގީގެ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 5 ރަށުގެ...

ޝިއުނާ އާދަމް
އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި 📍 ހދ. ހަނިމާދޫ

އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައިކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށާއި މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށް ވެސް އެމްބަސީއިނ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި  އޮޕަރޭޝަންތަކުގެ ތެރެއިން 38 އަހަރުގެ ދެ މީހަކާ 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށާއި މި ތިންމީހުން ހައްޔަރުކޮށް އެރަށު ތިން ގެއެއް ބަލައި ފާސްކުރި ކުރުމުން މަސ...

އަލީ އާދިލް
ފީވަކު ޒުވާނުންގެ ގުޅުމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

ފީވަކު ޒުވާނުންގެ ގުޅުމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

ށ. ފީވަކު ޒުވާނުން ގުޅުމުގެ ފަރާތުން “އެފް.ޒެޑް.ޖީ ފުޓްސަލް ޗެލެންޖް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް މިއަހަރުގެ ޑިސެންބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ. އެ ޖަމިއްޔާއިން އިއްޔެކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓީމެއް ހެއްދެވުމަށްފަހު އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޓީމުގެ ނަމާއި، ޓީމުގެ ލޯގޯއާއި ޓީމް ލިސްޓް ފީވަކު ޒުވާނުން މަރުކަޒަށް ހުށައެޅުމަށް އެދ...

މުޙައްމަދު އިނާން
ހޯރަފުށީ އެއާޕޯޓަށް ހާއްސަ ޖެޓީއެއް ބޭނުންވޭތަ؟ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓަށް ހާއްސަ ޖެޓީއެއް ބޭނުންވޭތަ؟

ހއ. ހޯރަފުށީ ފަޅުތެރެއިން ބައެއް ހިއްކައިގެން ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓަށް ލަފާފުރުމަށް ވަކި ހާއްސަ ޖެޓީއެއް ނާޅާތީ، އެކަމުގެ ކަންބޮޑުވުން އެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކުން ދަނީ ފާޅު ކުރަމުންނެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ދާދި ކައިރިވެފައެވެ. އެ އެއާޕޯޓުގައި ލަފާ ފުރުމަށް ޖެޓީއެއް ހަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން ހއ. ކެލައަށް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއް: ޖަމްޝީދު

ކުޅުދުއްފުށިން ހއ. ކެލައަށް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއް: ޖަމްޝީދު

ހދ. ކުޅުދުއްފުށި ސިޓީއިން ނުވަތަ ހދ. ކުމުންދޫ ކަނޑު އޮޅިންފެށިގެން ހއ. ކެލައާއި ދެމެދުގައި ހުރި ރަށްތައް، ބުރިޖުތަކުން ގުޅާލުމަކީ އުންމީދެއްކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ. ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމްޝީދު މުޙައްމަދު ވިދާޅުވީ އެރަށަކީ ހިއްކައިގެން ރަށް ބޮޑުކުރުމުގެ ފުރުސަތު ނެތް ރަށެއް ކަމަށާއި މިހާރުވެސް ގެއަޅަން ބޭނުންވެ، ނޭޅި 700 އެއްހައި ހުސް ގޯތި ހުރިކަމަށެވ...

އަލީ އާދިލް
މަރޮށި ގިރަނީ، ކަންބޮޑުވުން އިންތިހާއަށް! 📍 ށ. މަރޮށި

މަރޮށި ގިރަނީ، ކަންބޮޑުވުން އިންތިހާއަށް!

ށ.މަރޮށީގެ ބޮޑުބައެއް ގިރަމުން ދާތީ، އެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ފާޅުކޮށްފި އެވެ. މަރޮށީ ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ރީތި “ބޮޑުމަގު ކޮޅު ބީޗް” ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ އިރު މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އެރަށުގެ ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. މަރޮއްޓަކީ ގުދުރަތީގޮތުން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. ދޭތެރެ ދޭތެރެއިން ރައްގިރުމުގެ މައްސަލަ ތަހަންމަލް ކުރަމުން އަންނަ ރަށެކެވެ. މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތުދެމުން މަރޮށީ ކައުންސިލުން ވ...

މުޙައްމަދު އިނާން
މިލަންދޫ އެތުލީޓުންނަށް އީދެއް 📍 ށ. މިލަންދޫ

މިލަންދޫ އެތުލީޓުންނަށް އީދެއް

ށ.މިލަންދޫ އެތުލެޓިކްސް ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ސައުތު ލިންކު މިލަންދޫ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2020” ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދުވުމާއި، ޑިސްކަސް ތުރޯގެ އިތުރުން ޝޮޓްޕުޓް ހިމެނޭގޮތުން ޖުމްލަ ތިން ކުޅިވަރު ހިމަނައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އަންހެން 5 ޓީމް ބައިވެރި ވެފައިވެއެވެ. ބައިވެރި ވެފައިވާ ޓީމްތަކަކީ ލޭޑީ ބަގްސް، ރާނީ ސްޓާރސް، ފެމިލީ ސްޓާރސް، ލަކީ ގާލްސް އަދި ވޮލްކޯ ޔުނައިޓެޑެވެ. މި މުބާރާތުގައި ފިރިހެން [...

އިބްރާހިމް ޚަލީލް
މިއީ ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމުގެ ފެށުމެއްތަ؟ ފުރުޞަތުގެ ބޭނުން ކުރަމާ!

މިއީ ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމުގެ ފެށުމެއްތަ؟ ފުރުޞަތުގެ ބޭނުން ކުރަމާ!

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރު ކާމިޔާބުކަމާއި އެކު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ. މިދަތުރު އެކި މީހުންނަށް ބަލައިގަނެވުނީ އެކި ގޮތަށެވެ. އެއް ބަޔަކު އަދިވެސް ގަބޫލުކުރަނީ މިއީ “ބޭކާރު” ކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކު މިއީ “ވަރަށް ކާމިޔާބު” ދަތުރެއްކަމަށް ދަނީ ބުނަމުންނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއީ ކިހިނެއްވާ ކަމެއްބާއެވެ؟ މިދަތުރުތަކުގެ ސަބަނުން ބޮޑުތިލަދުންމަތި ތަރައްގީ ވާނެބާއެވެ؟ މިދަތުރުތަކަށް ފަހު ބޮޑުތިލަދުންމަތީގެ އިޤްތިސާދީ ދުވެއްޔަށް އެނގުންވާނެ...

ހުސައިން ހަބީބް
ނައިވާދޫ ސިއްޙީ މަރުކަޒުގެ ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ސިއްޙީ މަރުކަޒުގެ ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި

ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ މައި ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި އެވެ. ނައިވާދޫން ވާހަކަ ދެއްކި ޒުވާނަކު ތިލަދުންއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ކޮންބަޔެއްކަން ނޭންގޭބަޔަކު އެރަށު ސިއްޙީ މަރުކަޒުގެ މައި ދޮރު ބޮޑު ފިލާގަނޑެއްޖަހާ ބަންދުކޮށްފައިވާކަމަށެވެ. އެކަން ކުރީ ކޮންބަޔެއްކަން ނޭންގޭކަމަށް އެމަރުކަޒުގައި ޑިއުޓީ އަދާކުރަމުންދިޔަ ވޮޗަރަށްވެސް ނޭންގޭކަމަށް ވޮޗަރ ބުނެފައިވާކަމަށެވެ. “ކޮބާ ނައިވާދޫއަށް ދޭންބުނި އެންބިއުލާންސް” 4 ފޫޓް 8 ފޫޓްގެ ފުލައިވުޑް ފިލައެއްގައި ބޮޑު އަކުރުން ސްޕްރޭއިން...

އަލީ އާދިލް
"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ފަށައިފި 📍 ހއ. މުރައިދޫ

"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ފަށައިފި

ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން “މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020”  ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ. 26 ސެޕްޓެމްބަރ 2020 ވީ ހޮނިހިރު ދުވަހު ހަވީރު މުރައިދޫ ފުޓްސަލް ދަނޑުގައި ފަށައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ޝާހީ، މޫނިމާ ކަންމަތި، ޕްރެޓީ ޕެކް، ވައި ކާންޓް ވީ، ލާސްޓް މިނެޓްގެ އިތުރުން ޓީމް ފޯމަލީ އިން […]

އިބްރާހިމް ޚަލީލް
މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި 📍 ށ. ފޭދޫ

މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި

ށ. ފޭދޫގެ ވަށައިގެންވާ ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލަ މީސް މީޑިއާގެ ސަމާލު ކަމަށް ގެނެސް، އެ މަސައްކަތަށް އިސްނެގި ށ. ފޭދޫ ޒުވާން ކަނބަލެއް ކަމަށްވާ އެރަށު ކޮޕީގެ އާގެ، އާއިޝަތު މުސްތަޤީމާއާއި އޭނާގެ ޓީމުން އަތުކުރި އޮޅާލައިގެން ތިބީ ރަށުގެ ކަނޑޫ ގަސްތައް ހިމާޔަތް ކުރުމަށް ކުރުވެންހުރި މަސައްކަތެއް ކުރުމަށެވެ. ދެ ޖިންސްގެ ޒުވާނުން ހިމެނޭ، ފޭދޫގެ އެ ޓީމުން މިހާރު ވަނީ އެ ރަށުގެ ކަނޑޫ ގަސްތައް މަރުވާ މައްސަލަ، ތިމާވެށީގެ ހިމާޔަތުގައި […]

ޙުސައިން ޝަހުދީ