މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ހޮސްޕިޓަލުން 3060 ޓެސްޓު ހަދައިފި، ޖުމްލަ 54 މީހުން ޕޮޒިޓިވް

ކުޅުދުއްފުށީ ހޮސްޕިޓަލުން 3060 ޓެސްޓު ހަދައިފި، ޖުމްލަ 54 މީހުން ޕޮޒިޓިވް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިހާތަނަށް ޖުމްލަ 3060 ޓެސްޓު ހަދާފައިވާއިރު އޭގެ ތެރެއިން 54 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ކޭއާރުއެޗް އިން ހާމަކޮށްފި އެވެ. ކޭއާރުއެޗްގެ މެނޭޖަރު އަހުމަދު ދާއޫދު “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއަދުގެ ނިއަލަށް އެހޮސްޕޓަލުން 3060 ކޯވިޑް ޓެސްޓު ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 54 ފަރާތެއް ޕޮޒިޓިވް ވެފައިވާކަމަށެވެ. ކޭއާރު އެޗްގައި ކޯވިޑް19 އަށް ޓެސްޓުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމްކަރަންޓީނުގައި ހުރި 2 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައ ިއެރަށުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެރަށަށް ދިޔަ 2 މީހުންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެންގުނީ ކަރަންޓީންގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލްއިންނެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ 34 އަހަރުގެ މީހަކާއި 64 އަހަރު ގެ މީހެކެވެ. މިދެމީހުންނަކީވެސް އަންހެނުންކަމަށް މަޢުލޫމާތު ލިބެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރ އަޙް...

ޔުމްނާ ޢަލީ
"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ސެމީފައިނަލް މިއަދު 📍 ހއ. މުރައިދޫ

"މުރައިދޫ ވޮމެންސް ފުޓްސަލް ޗެލެންޖް 2020" ސެމީފައިނަލް މިއަދު

ހއ.މުރައިދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން “މުރައިދޫ ވޮމެންސް ފުޓްސަލް ޗެލްންޖް 2020”  ނަމުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ޓީމުތަށް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފައިވާ ޓީމަތަކަކީ ވައި ކާންޓް ވީ، މޫނިމާ ކަންމަތި، ޕްރެޓީ ޕެކްސްގެ އިތުރުން ޓީމު ފޯމަލީ އިން ޝޭޕްއެވެ. މުބާރާތުގެ ސެމީފައިނަލަށް ވައި ކާންޓް ވީ ދަތުރު ކޮށްފައި ވަނީ އެ ޓީމުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ލިބުނު ފަނަރަ ޕޮއިންޓާއިއެކު […]

އިބްރާހިމް ޚަލީލް
އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ 📍 ހއ. އުތީމު

އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ

ހއ. އުތީމުގެ ތިމާވެށީގެ ރައްކާތެރިކަމަށާއި، އާންމު މަސްލަހަތަށްޓަކައި އެރަށު ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް އުތީމު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އުތީމު ގޮނޑު ދޮށުން ވެލި ނެގުން އެ ކައުންސިލް ވަނީ ކުރިއްސުރެ މަނާ ކޮށްފައެވެ. އުތީމު ކައުންސިލުން ބުނީ މިހާރަކަށް އައިސް އެ ރަށުގެ ގޮނޑު ދޮށުން ބައެއް ރައްޔިތުން ޤަވާޢިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އެކަން މަނާކޮށް 9 ޑިސެމްބަރު 2019 ގައި އާންމުކޮށް އަންގާފައިވާ އެންގުމާއި […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ޕޯޓްގައި ފާރަގެމަ ބޭނުންކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޕޯޓްގައި ފާރަގެމަ ބޭނުންކުރަނީ

ހދ. ކުޅުދުއްފުށީ ޕޯޓްގައި ފާރަގެމަ (ކޭ9 ކުއްތާ ސްކޮޑް) ބޭނުންކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނެފިއެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އުތުރުގެ ޕޮލިސް ޑިވިޝަންތަކުން ޕޯޓުގެ ސެކިޔުރިޓީ ވަރުގަދަ ކުރުމަށް ފާރަގެމަ ބޭނުންކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، މި ޓީމުން ދާނީ މި ޕޯޓުގެ ސެކިޔުރިޓީއަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށެވެ. ފުލުހުން އިތުރަށް ބުނީ، މި ޓީމުގެ އެހީތެރިކަން ޢާންމު ފުލުހުންނަށް ދި...

މުޙައްމަދު މާއިލް ހަސަން
އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި 📍 ހދ. ކުޅުދުއްފުށި

އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ފިހާރައިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފި އެވެ. މިއީ އިންޑިޔާގެ ކޮޗިންއިން ކުޅުދޫފުއްޓާއި ދެމެދު މިމަހުގެ 21 ވަނަ ދުވަހު ފެށި ކާގޯފެރީން ގެނައި ސިމެންތި ކަމަށް އެކުންފުނިން ހާމަކުރެއެވެ. ކާގޯފެރީގައި އެސްޓީއޯއިން ގެނައި 500 ޓަނުގެ ސިމެންޓި ބާޒާރަށް ނެރެ ވިއްކަން ފަށާފައިވަނީ މިއަދު އެވެ. އެސްޓީއޯ އިން ބުނެފައިވަނީ ކުރިން 106 ރުފިޔާއަށް ވިއްކަމުންދިޔަ ރެމްކޯ ސިމެންތި މިއަދުން ފެށިގެން ވިއްކަމުންދަނީ 90 [...

އިބްރާހިމް އަސްވާޤް
ކޭއާރުއެޗްގެ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފި

ކޭއާރުއެޗްގެ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ފަރާތްތަކާއިއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި، އެތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގ...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ 📍 ހއ. ކެލާ

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ

ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ފުޅާ ކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހއ. ކެލާ ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. މެންބަރު އިބްރޭ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު، އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމަކަށްވީއިރު، އެ މަސައްކަތުގެ ތެރެއިން ކެލާގައި މަދުވެގެން 500 އެނދު ތަރައްޤީ ވެގެން...

ޝިއުނާ އާދަމް
މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ 📍 ށ. ފުނަދޫ

މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ

މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް އާންމު ކުރަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ނިންމައިފި އެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެހޭގޮތުން އެކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް ހުރިގޯތިތަކާއި، އެގޯތިތަކާއި އިންވެގެންވާ މަގުތައް 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރުމަށް ދަންނަވާކަމަށެވެ. މިތާރީޚުގެ ފަހުން ސާފުނުކޮށް ހުންނަ ގޯތިތަކުގެ ނަމާއި ގޯތީ...

ޔުމްނާ ޢަލީ
އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ 📍 ހއ. އުތީމު

އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ

ހއ.އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އުތީމު ޔުނައިޓެޑްގެ ފަރާތުން، އުތީމުގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް ރަޝާދު ޙުސެއިން ހަނދާނުގައި ދެވޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. އުތީމު ޔުނައިޓެޑާއި އެމްއައި ކޮލެޖު ގުޅިގެން ހުޅުވައިލާފައިވާ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގުރާމް (ޔޫޕީޕީ) ފުރިހަމަ ކުރައްވާ ފަރާތްތަކަށް އެ ޕްރޮގުރާމް ނިންމާލުމަށްފަހު ތިން ދާއިރާއަކުން ޑިގްރީ ހާސިލް ކުރުމުގެ ފުރުޞަތު ތަނަވަސްވެ...

އިބްރާހިމް ޚަލީލް
ހއ. އަދި ހދ. އަތޮޅުގައި ފެރީ ޚިދްމަތްދޭނެ ފަރާތެއް ހޯދަނީ

ހއ. އަދި ހދ. އަތޮޅުގައި ފެރީ ޚިދްމަތްދޭނެ ފަރާތެއް ހޯދަނީ

ހއ. އަދި ހދ. އަތޮޅުގައި ބޭނުންކުރުމަށް ފެރީ ޚިދްމަތްދޭނެ ފަރާތެއް ހޯދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ) އިން އިޢުލާންކޮށްފި އެވެ. އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ޒޯން 1 ގެ ހއ. އަދި ހދ. އަތޮޅަށް އަމިއްލަ އުޅަނދު އަދި ޚަރަދުގައި 02 އަހަރު ދުވަހުގެ މުއްދަތަށް ފެރީ ޚިދްމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް މިއަދު އެކުންފުނިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ. މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން […]

އިބްރާހިމް އަސްވާޤް
ކުރިނބީ ފުޓްސަލް ދަނޑު ނިންމާލައިފި 📍 ހދ. ކުރިނބީ

ކުރިނބީ ފުޓްސަލް ދަނޑު ނިންމާލައިފި

ސަރުކާރުން ހދ. ކުރިނބީގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ކުރިނބީ ކައުންސިލްއާއި ހަވާލުކޮށްފި އެވެ. ކުރިންބީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްއާއި ދަނޑު ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިނބީގައި އަޅަންފެށި ފުޓް ސަލްދަނޑުގެ މަސައްކަތް ވެރިކަން ބަދަލުވުމާއި ގުޅިގެން އޮތީ ހުއްޓިފައެވެ. އޭރު ކުރިނބީގައި އަޅަމުން ދިޔައީ އެންމެ ކުޑަ ސައިޒްގެ ދަނޑެކެވެ. ނަމަވެސް މިދަރުކާރުން ވަނީ ކުރިނބީ ޒުވާނުން ބޭނުންވިގޮތަށް ދަނޑުގެ ސައިޒު ބޮޑުކޮށްދ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ޕޯޓަށް ޓަގް ބޯޓަކާއި އިތުރު ބާޖްއެއް ގެންދިޔުމަށް މަސައްކަތް ކުރަނީ

ކުޅުދުއްފުށީ ޕޯޓަށް ޓަގް ބޯޓަކާއި އިތުރު ބާޖްއެއް ގެންދިޔުމަށް މަސައްކަތް ކުރަނީ

ކުޅުދުއްފުށީ ޕޯޓަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން، އިތުރަށް ޕޯޓް ތަރައްގީ ކުރަން ޕްލޭން އެއް އެކުލަވާލައި އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެގޮތުން މިހާރުވެސް ޓަގް ބޯޓަކާއި އިތުރު ބާޖް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. ރޭ ރާއްޖެޓީވީގެ ”ފަލަސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ބޮޑެތި ބޯޓުތައް ވަދެވޭ ގޮތަށް ކުޅުދުއްފުށި ޕޯޓް އިތުރަށް ތަރައްގީ...

އަލީ އާދިލް
ނޮޅިވަރަމް ކަނޑޫފާވެސް މަރުވަނީ! 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކަނޑޫފާވެސް މަރުވަނީ!

ހދ. ނޮޅިވަރަމް ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ނޮޅިވަރަމް ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ “ބިލީފް މޯލްޑިވްސް” އިން ބުނީ ނޮޅިވަރަމްގެ ކަނޑޫފާ މަރުވާ މައްސަލައަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވަޅުތ...

އިބްރާހިމް އަސްވާޤް
ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓް، އިހަވަންދޫއަށް 📍 ހއ. އިހަވަންދޫ

ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓް، އިހަވަންދޫއަށް

އެންމެ ފުރަތަމަ ހއ. އަތޮޅައް ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރު ހއ. އިހަވަންދޫއަށް ގެނެސްފިއެވެ. އިހަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެނެސްފައިވަނީ އިއްޔެ ހަވީރު ގެ ވަގުތެއްގަ އެވެ. މި ޖަނަރޭޓަރ ބެހެއްޓި ހިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ވަރަށް ބޮޑަށް ރަނގަޅު ވެގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން މައުލޫމާތު ދެއްވައެވެ. ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގ...

އިބްރާހިމް އަސްވާޤް