ދަނޑުވެރިކަން ކުރުމަށް 7 ރަށެއް 21 އަހަރަށް ވަރުވާއަށް ދެނީ
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 7 (ހަތެއް) ފަޅުރަށެއް ބީލަމުގެ އުސޫލުން 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު އިޢުލާން ކޮށްފި އެވެ. އެމިނިސްޓްރީއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި 7 ރަށް ވަރުވާއަށް ހުޅުވާލާފައިވަނީ ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޤާނޫނު ނަންބަރު 20/98 (ދިވެ...