މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިއަދު (06 އޮކްޓޮބަރ 2020) ގެ 17:08 ގައި ކުޅުދުއްފުށީ ގައި 05 އޮކްޓޯބަރ 2020ގައި އިޢުލާންކުރި މޮނިޓަރިން ވަނީ އުވާލާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސްކުރާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައ...

ޔުމްނާ ޢަލީ
އުތުރުގެ ޕޮލިސް ސްޓޭޝަންތައް ޑިސްއިންފެކްޓް ކޮށްފި

އުތުރުގެ ޕޮލިސް ސްޓޭޝަންތައް ޑިސްއިންފެކްޓް ކޮށްފި

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19 އަށް ފޮޒިޓިވް ވުމާ ގުޅިގެން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ޑިސްއިންފެކްޓް ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަސައްކަތްތައް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ފުލު...

މުޙައްމަދު މާއިލް ހަސަން
ގިނަ ދުވަސްތަކަކަށްފަހު އުލިގަމުގައި ޔޮޓެއް ބަނދަރު ކޮށްފި

ގިނަ ދުވަސްތަކަކަށްފަހު އުލިގަމުގައި ޔޮޓެއް ބަނދަރު ކޮށްފި

ކޯވިޑް-19 ގެ ސަބަބުން ހުއްޓިފައިވާ ޓޫރިޒަމް ސިނާޢަތު މަޑުމަޑުން ފެށެމުން އައިސް، ގިނަ ދުވަސްތަކަކަށްފަހު ހއ. އުލިގަމުގައި ޔޮޓެއް ބަނދަރުކޮށްފިއެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް-19 ގެ ޙާލަތައްފަހު، ފުރަތަމަ ފަހަރަށް ހއ. އުލިގަމުގައި ޔޮޓެއް ބަނދަރު ކޮށްފައިވާކަމަށެވެ. އަދި މި މަންޒަރަކީ ރަށުގެ ރައްޔިތުންނަށާއި، އަތޮޅުގެ ރައްޔިތުންނަށް އުފާވެރި މަންޒަރެއްގެ ގޮތުގައި ސަލީމްވަނީ ސިފަކުރައްވާފައެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން، އުލި...

މުޙައްމަދު މާއިލް ހަސަން
ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކޭއާރުއެޗްއިން އިލްތިމާސްކޮށްފި

ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކޭއާރުއެޗްއިން އިލްތިމާސްކޮށްފި

ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރު ވަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިލްތިމާސް ކޮށްފި އެވެ. ކޭއާރުއެޗްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ކޮވިޑަށް ޕްޒިޓިވް ކޭސްތައް އަންނަނީ ފެންނަމުންކަމަށާއި މިހާތަނަށް އެކި ފަހަރު މަތިން ކުޅުދުއްފުށިން ޖުމްލަ 8 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިކަމަށެވެ. މިހެންކަމުން މިފަދަ ޙާލަތެއްގައި މި ނުރައް...

އިބްރާހިމް އަސްވާޤް
3 ފުލުހެއްގެ ފޮޓޯ އާންމުކޮށް މަރުގެ އިންޒާރުދިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް 📍 ހދ. ކުޅުދުއްފުށި

3 ފުލުހެއްގެ ފޮޓޯ އާންމުކޮށް މަރުގެ އިންޒާރުދިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް

3 ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެ 3 ފުލުހުން މަރަންވީކަމަށް ބުނި މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ 3 ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށް ކަމަށެވެ. ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައު...

އަލީ އާދިލް
"އެޗްޕީއޭގެ ހާއްސަ ހުއްދަ" އުތުރަށް ބޮޑު ހާސްކަމެއް!

"އެޗްޕީއޭގެ ހާއްސަ ހުއްދަ" އުތުރަށް ބޮޑު ހާސްކަމެއް!

ކޮޗިން ފެރީގެ އިންތިޒާމުތަކަށާއި އެ މަންޒަރު ލައިވްކުރުމަށާއި މިދިޔަ މަހުގެ ފަހުކޮޅު އުތުރުގައި ފުލުހުން ފާރަގެމަ ބޭނުންކޮށްގެން ހިންގި ހާއްސާ އޮޕަރޭޝަނެއްގައި މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ފަރާތްތަކުން ކަރަންޓީން ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލްތަކުންނާއި އަމިއްލަ ފަރުދުން އައީ ފާޅުކުރަމުންނެވެ. ކޯވިޑް-19 އާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ ދަށުން ރަށްރަށަށް ދަތުރުކުރަމުންދާ ފަރާތްތަކުގެ އަމަ...

ހުސައިން ހަބީބް
ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނަހަށްދަވާ: އިބްރޭ 📍 ހއ. ކެލާ

ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނަހަށްދަވާ: އިބްރޭ

ހއ. ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހަށްދަވާ، ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ކެލާ ތުނޑި ހުޅުވާލަ ދިނުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ގޮވައި ލަށްވައިފިއެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ ވޭތުވި ކުރީގެ ދެ ސަރުކާރަކުން ވެސް ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ހއ. ކެލާ ތުނޑި ހުޅުވާލާނެ ކަމަށް ޢިއުލާން ކުރި، ޢިއުލާން ކުރުމަށް އިޝާރާތް ކުރަށްވައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް، އެ […]

އަޙްމަދު ވަހީދު
ބޮޑު ތިލަދުންމަތި މިކަމުން އަރައިގަންނާނީ އެކުގައި އެއްބައިވަންތަކަމާއެކު! 📍 ހދ. ކުޅުދުއްފުށި

ބޮޑު ތިލަދުންމަތި މިކަމުން އަރައިގަންނާނީ އެކުގައި އެއްބައިވަންތަކަމާއެކު!

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ބޮޑު ތިލަދުންމަތީގެ މައިބަދަތަށް މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފަ އެވެ. އުތުރުގެ 3 އަތޮޅުގެ ވެރިކަންކުރާ 3 ރަށް މިވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ. މިކަމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްރަށަށް ބޮޑެތި ތަކުލީފުތަކެއް މިވަނީ އުފުލަން ޖެހިފަ އެވެ. ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލުމާއި ހަމައިން […]

ހުސައިން ހަބީބް
އުތުރުގެ 6 ރަށެއް މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

އުތުރުގެ 6 ރަށެއް މޮނީޓަރިންއަށް

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް، އަރާފޭބުން މަނާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް، އަރާފޭބުން މަނާ

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 05 އޮކްޓޯބަރ 2020، 21:15 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙ...

އިބްރާހިމް އަސްވާޤް
ދިއްދޫގެ ކުޅިވަރާއި އިޖްތިމާޢީ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގެ ކުޅިވަރާއި އިޖްތިމާޢީ ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ހއ ދިއްދޫގެ ކުޅިވަރު ކަންކަމާއި އިޖްތިމާޢީ އިތުރު ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ވުމުގައި ދެކެވިފައިވާ ވާހަކަތައް ހިއްސާކުރަމުން މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ، ދިއްދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތުގެ އިތުރުން، އެ ރަށުގެ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތުގެ ވާހަކަ ދެކެވިފައިވާކަމަށެވެ. މި ގޮތުން، ދިއްދޫ ދަނޑުގެ ސަބްބޭސް...

މުޙައްމަދު މާއިލް ހަސަން
މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަށް، ބިލެއްފަހީގައި ހޭލުންތެރިކޮށްފި 📍 ށ. ބިލެތްފަހި

މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަށް، ބިލެއްފަހީގައި ހޭލުންތެރިކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ށ. ބިލެއްފަހީގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ހާއްސަ ހަރަކާތެއް ފުލުހުން ހިންގައިފި އެވެ. ފުލުހުން ބުނެފައިވަނީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. ބިލެއްފަހީގައި ކުރިއަށް ގެންގޮސްފައިވާކ...

އިބްރާހިމް އަސްވާޤް
އަންނަ އަހަރު މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު މަޝްވަރާކޮށްފި 📍 ހދ. މަކުނުދޫ

އަންނަ އަހަރު މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން 2021 ވަނަ އަހަރު، މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު އެދާއިރާގެ މެންބަރު މުޙައްމަދު ރާއީ އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މިނިސްޓަރ އަހުމަދު މަހުލޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ބައްދަލުކުރައްވައި، އެ ދާއިރާގެ ޒުވާނުންނަށާއި ކުޅިވަރާއި ބެހޭގޮތުން ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ މިއަދު ޔޫތު މިނިސްޓްރީގަ އެވެ. ޔޫތް މިނިސްޓްރީއިން ކުރެއްވ...

މުޙައްމަދު މާއިލް ހަސަން
ހޯރަފުށީ އެއާޕޯޓުގައި ފާލަމެއް އެޅުމަށް ވަނީ ނިންމިފައި: އަސްލަމް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުގައި ފާލަމެއް އެޅުމަށް ވަނީ ނިންމިފައި: އަސްލަމް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އެއާޕޯޓަށް އަރާފައިބާނެ ފާލަމެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ސުވާލުކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޝިފާޢު ވަނީ ހއ....

ޝިއުނާ އާދަމް
ފިނޭގެ އައު އިންޖީނުގޭގެ މަސައްކަތް ނިމުމަކާއި ކައިރިއަށް 📍 ހދ. ފިނޭ

ފިނޭގެ އައު އިންޖީނުގޭގެ މަސައްކަތް ނިމުމަކާއި ކައިރިއަށް

ހދ. ފިނޭގައި އިމާރާތް ކުރަމުންދާ އައު އިންޖީނު ގޭގެ 96 އިންސައްތަ މަސައްކަތް ފުރިހަމަ ކުރެވިފައި ކަމަށް ފެނަކައިން ބުނެފިއެވެ. މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. ފިނޭ އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލު ކޮށްފައިވަނީ، އެލް.އެފް ކޮންސްޓްރަކްޝަންއާއި އެވެ. އަދި މި ޕްރޮޖެކްޓްގެ އަގުގެ ގޮތުގައި ބަޖެޓު ކޮށްފައިވަނީ، 5249479.62 ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ދ...

މުޙައްމަދު މާއިލް ހަސަން