މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުމުންދޫ "ވެހިސަރާ" ހިމެނޭ ސަރަޙައްދު ހިމާޔަތްކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ "ވެހިސަރާ" ހިމެނޭ ސަރަޙައްދު ހިމާޔަތްކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގައި ގާއިމްކޮށްފައިވާ ނޭޗަރ ޕާކް “ވެހިސަރާ” ހިމެނޭ ސަރަޙައްދު ހިމާޔަތްކޮށްފި އެވެ. ކުމުންދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނޭޗަރ ޕާކް “ވެހިސަރާ” ހިމެނޭ 330447 އަކަފޫޓްގެ ސަރަހައްދު ހިމާޔަށްކުރުމަށް އެކައުންސިލްގެ 3 ވަނަ ދައުރުގެ 141 ވަނަ ބައްދަލުވުމުންވަނީ ނިންމާފަކަމަށެވެ. ހދ. ކުމުންދޫ ނޭޗަރ ޕާކް “ވެހިރާ” ހިމެނޭ 330447 އަކަފޫޓްގެ ސަރަހައްދުގައިވާ އަމިއްލަ މީސްމީހުންގެ ބޮނބިއޮޅު، އަދި އެސަރަޙައްދަށް އަޅާފައިވާ ލަކުޑީގެ ބާވަތްތައް...

އިބްރާހިމް އަސްވާޤް
ބާރަށު ޒުވާނުންގެ ދިރުމުން ބޭއްވި 16 ވަނަ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށް 📍 ހއ. ބާރަށް

ބާރަށު ޒުވާނުންގެ ދިރުމުން ބޭއްވި 16 ވަނަ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށް

ހއ.ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުންގެ ފަރާތުން އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއިން ހޯދައިފިއެވެ. 28 ނޮވެމްބަރ 2020 އިން 13 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަތަރު ޓީމަކުންވަނީ ވާދަކޮށްފައެވެ. އެ ޓީމްތަކަކީ ތޫފާން، ސޫރިޔާ ސްޕޯޓްސް، މަންތިރި އަދި ފެނަކައެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ […]

އިބްރާހިމް ޚަލީލް
ށ. ފޭދޫ ބާ ސްކޫލްގެ އިމާރާތެއްގައި ރޯވެ އަނދާ އަޅިއަށް 📍 ށ. ފޭދޫ

ށ. ފޭދޫ ބާ ސްކޫލްގެ އިމާރާތެއްގައި ރޯވެ އަނދާ އަޅިއަށް

ށ. ފޭދޫ ކުރީގެ ސްކޫލްގެ އިމާރާތެއްގައި ރޯވެ، އަނދާ ހުލިވެއްޖެއެވެ. މިއަދު ހެނދުނު 11 ޖަހާކަށްހާއިރު ހިނގި މިހާދިސާގައި ރޯވެފައިވަނީ އެރަށުގެ ބާ ސްކޫލްގެ ވަކިންހުރި ދެ ކްލާސްރޫމްގެ ތެރެއިން ކްލާސް ރޫމެއްގައެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު ”ތިލަދުން” އަށް ވިދާޅުވީ އަލިފާން ރޯވި ޢިމާރާތް އެއްކޮން އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ސާމިރުވިދާޅުވިއެވެ. ”އަލިފާން ނިންވުމ...

ޔުމްނާ ޢަލީ
މަނަފަރު ރިސޯޓު އިންޖީނުގޭގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މަނަފަރު ރިސޯޓު އިންޖީނުގޭގައި ރޯވެ އަލިފާނުގެ ހާދިސާއެއް

ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގެ އިންޖީނުގޭގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ ހާދިސާއާއި ގުޅޭ މަޢުލޫމާތު މީޑިއާއަށް ހިއްސާކުރަށްވަމުން އެމްއެންޑީއެފުން ވިދާޅުވެފައި ވަނީ އެ ހާދިސާގެ ރިޕޯޓު އެންއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 3:35 ހާއިރު ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނުން އެ އަލިފާން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިގޮތުން ކުރެވުނ...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް 📍 ހދ. ނައިވާދޫ

ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް

ކޮންމެކޮންމެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ދިގު މުއްދަތަކަށް ކޮލެޖަށް ގޮސް މޮޅެތި ސެޓްފިކްޓްތަކެއް ހޯދުން މުހިންމެ ނޫނެވެ. ބޭނުންވަނީ ހިތްވަރެވެ. ހިންމަތާއިއެކު މަސައްކަތް ކުރުމެވެ. ހދ.ނައިވާދޫއަށް އުފަން އެ ރަށު ކާނިގަސްދޮށުގޭ، އުމުރުން އެންމެ 21 އަހަރުގެ އަލީ ހަނީން (ހަނީން) ސާބިތު ކޮށްދެމުން އަންނަނީ އެކަމެވެ. ހަނީން ތަޢުލީމް ހާސިލް ކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ. ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު އަމިއްލަ މަސައްކަތުން ވެބްސައިޓް ހެދުމާއި ވެބްސައިޓް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) ބުނެފިއެވެ. އެމްޓީސީސީން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް ނިމިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި މި މަޝްރޫއު އަށް 137.6 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. މި މަޝްރޫއުގެ ދަށުން މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކަނޑާފައިވާއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި […]

ޔުމްނާ ޢަލީ
ފުރަބަންދަށްފަހު ގުޅުން ބަދަހިކޮށްލަން، ނޮޅިވަރަންފަރު ސްކޫލް މުވައްޒަފުން ނަލަކޮށްލީ ސްކޫލްގެ ބަގީޗާ 📍 ހދ. ނޮޅިވަރަންފަރު

ފުރަބަންދަށްފަހު ގުޅުން ބަދަހިކޮށްލަން، ނޮޅިވަރަންފަރު ސްކޫލް މުވައްޒަފުން ނަލަކޮށްލީ ސްކޫލްގެ ބަގީޗާ

ކޯވިޑްގެ ހާލަތުގެ ސަބަބުން މުޅި ރާއްޖެ ފުރަބަންދަށްގޮސް، އަލުން އައު އާންމު ހާލަތުގައި ސްކޫލްގެ ހުޅުވާލުމާއިއެކު ޓީމް ވޯކް ރަނގަޅުކޮށް، ގުޅުން ބަދަހިކޮށްލަން ހދ. ނޮޅިވަރަންފަރު ސްކޫލްގެ މުވައްޒަފުން ކޮށްލީ ވަރަށް ތަފާތު ކަމެކެވެ. މިގޮތުން އެ ސްކޫލްގެ މުވައްޒަފުން ތިން ބަޔަށް ބަހާލައި، ސްކޫލްގެ ބަގީޗާވެސް ތިންބައި ކޮށްލައި، ސްކޫލުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ތިން ޓީމުން ފެށީ ސްކޫލްގެ ބަގީޗާ ޗާލު ކޮށްލުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ އެންމެ ރީތި ބަގީޗާ ހޮވާ […]

ޙުސައިން ޝަހުދީ
"ހަނިމާދޫ ކައުންސިލް މަސްރޭސް 2020" ގެ ދެ ޖިންސުގެ ވެސް އެއްވަނަ ''މުގުރު'' ޓީމަށް 📍 ހދ. ހަނިމާދޫ

"ހަނިމާދޫ ކައުންސިލް މަސްރޭސް 2020" ގެ ދެ ޖިންސުގެ ވެސް އެއްވަނަ ''މުގުރު'' ޓީމަށް

ހަނިމާދޫ ކައުންސިލުގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަސްރޭހުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އެއްވަނަ މުގުރު ޓީމުން ހޯދައިފިއެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތުގައި ފިރިހެން ކެޓަގަރީގައި 15 ޓީމް އަދި އަންހެން ކެޓަގަރީގައި 9 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކަނބަލުންގެ ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެ ޓީމަތަކަކީ ފިޔަލަ، ގުރާ، […]

އިބްރާހިމް ޚަލީލް
އުތުރުގެ 3 ރަށެއްގައި ޝަރަފުގެ ހިނގާލުމެއް، ހަވާ އަރުވާނެ 📍 ހއ. ދިއްދޫ

އުތުރުގެ 3 ރަށެއްގައި ޝަރަފުގެ ހިނގާލުމެއް، ހަވާ އަރުވާނެ

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ވިދާޅުވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ....

އިބްރާހިމް އަސްވާޤް
"އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަންކަން ގަބީލާއަށް

"އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަންކަން ގަބީލާއަށް

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން އެ އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ވޮލީބޯޅަ މުބާރާތް ” އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020″ ގެ ޗެމްޕިއަންކަން ގަބީލާ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 11 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ހުރަވީގައި ތައްޔާރު ކުރެވިފައިވާ ވޮލީކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެންވީކޭ އާއި […]

އިބްރާހިމް ޚަލީލް
ފުނަދޫ ''އުންގާ'' ޖަމިއްޔާ: ވެށީގެ ހިމާޔަތުގައި ވަރުބަލިކަމެއްނެތި މިސާލު ދައްކަނީ 📍 ށ. ފުނަދޫ

ފުނަދޫ ''އުންގާ'' ޖަމިއްޔާ: ވެށީގެ ހިމާޔަތުގައި ވަރުބަލިކަމެއްނެތި މިސާލު ދައްކަނީ

އުމުރުން ކިތަންމެ ހަގު ނަމަވެސް ށ. ފުނަދޫ ”އުންގާ” ޖަމިއްޔާއިން އެރަށުގެ ތިމާވެށީގެ ހިމާޔަތުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ޙައްޤެވެ. ރާއްޖޭގެ ރަށްރަށުގައި ތިމާވެށީގެ ދާއިރާއަށް ޚާއްޞަ ކުރެވިގެން އުފެދި، މަސައްކަތް ކުރަމުންދާ ޖަމިއްޔާތައް މަދެވެ. ނަމަވެސް، ރާއްޖޭގެ ކޮންމެ ފަރުދަކަށް ވެސް މި ޖަޒީރާ ޤައުމުގެ ވެށީގެ ނާޒުކު ކަމާއި، އެވެށީގެ މުހިންމުކަމާއި، ވެށި ދެކެ ލޯބިވެ، ކަމޭހިތައި، ހިމާޔަތްދީ އަދި ރައްކާތެރިކުރާން ޖެހޭ ސަބަބުތައް އޮޅިފައެއް ނުވާނެއެވެ. މިވެށި ސަލާމަތްތެރިނުކޮށް، އ...

ޙުސައިން ޝަހުދީ
ޒާހިރު، ޝިފާއުއަށް "3D ފޮޓޯތަކެއް އަޅަަލާފަ ބުނެދާނެ މިއީ ދުނިޔޭގަ ހުރި އެންމެ ކޮލިޓީ މަސްފެކްޓުރީއޭ" 📍 ހއ. އިހަވަންދޫ

ޒާހިރު، ޝިފާއުއަށް "3D ފޮޓޯތަކެއް އަޅަަލާފަ ބުނެދާނެ މިއީ ދުނިޔޭގަ ހުރި އެންމެ ކޮލިޓީ މަސްފެކްޓުރީއޭ"

ހއ. އިހަވަންދޫގައި މަސް ގަންނާނެ ފެސިލިޓީއެއް ޤާއިމު ކުރުމަަށް ސަރުކާރާއެކު އިހަވަންދޫ ދާއިރާގެ އިއްޒަތްްތެރި މެންބަރު ޝިފާޢު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވުމުން، ޕީޕީއެމްއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާ މުޙައްމަދު ޒާހިރު ހަސަން، އެމަނިކުފާނަށް ބަހުގެ ވަރުގަދަ ހަމާލާއެއް ދެއްވައިފިއެެވެ. ޕީޕީއެމްގެ ސުޓިއަރިންގް ކޮމިޓީގެ ވެސް މެމްބަރު ޒާހިރު ވިދާޅުވީ ތުރީ ޑީ ފޮޓޯތަކެއް އަޅަަލާފަވެސް، މީއި ދުނިޔޭގަ ހުރި އެންމެ ކޮލެޓީ މަސްފެކްޓުރީއ...

އަޙްމަދު ޢާޞިމް އަބްދުﷲ
ނެއްލައިދޫގެ ހިތްފަސޭހަ މާހައުލުން، ކާބަފައިންގެ ސާދާ ދިރިއުޅުމުން ދުވަހެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ހިތްފަސޭހަ މާހައުލުން، ކާބަފައިންގެ ސާދާ ދިރިއުޅުމުން ދުވަހެއް!

އިހުގެ ކާބަފައިންގެ ދިރިއުޅުން ހުރިނެތްގޮތް ބަލައިލުމަށް ހދ ނެއްލައިދޫގެ ބައެއް ދުވަސްވީ މީހުންނާއިއެކު ތަރައްގީގެ މި ހަލަބޮލި މާހައުލުގެ ތެރެއިން  ވަގުތުކޮޅެއް ހުސްކޮށްލީމެވެ.     ސުވާލުކޮށްލުމުން ފުރަތަމަވެސް ފެނިގެންދިޔައީ ލުއި ހިނިތުންވުމެކެވެ. “ސިޔާސަ އުމުރުކަމުން ކޮންމެދުވަހެއްވެސް ފެށެނީ ފަތިސް ނަމާދަށް މަންމަ ނެގީމައެވެ. ނަމާދުން އަވަދިވެގެން ފަތިހުގެ ހިތްގައިމު ވަގުތުގައި ފެންފޮދެއް ބޯލައިގެން މުޅޯށި ހިފައިގެން އަވަސްވެ ގަނެވެނީ ދުވަހުގެ ކޮއްތު ހޯދުމަށް، ބައްޕައާއިއެކީ ބަނބުކެޔޮ ގަސްތަކ...

ތިލަދުން
އިހަވަންދޫ "އެއްހަމަ ހަވީރު" ގެ ތައްޔާރީތައް ބާރަށް ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ "އެއްހަމަ ހަވީރު" ގެ ތައްޔާރީތައް ބާރަށް ކުރިއަށް

މިމަހުގެ 12 ވާ ހޮނިހިރު ދުވަހު ހަވީރު 1600 ގައި ހއ. އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އެއްހަމަ ހަވީރު” ގެ ހަރަކާތްތައް ކުރިއަށް ދާނެކަމަށާއި މިހަވީރުގައި ވީހާވެސް ގިނަބަޔަކު ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މިހަރަކާތް އިންތިޒާމްކުރާ އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ވިދާޅުވެއްޖެ އެވެ. އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ތިލަދުންނަށް މައުލޫމާތު ދެއްވަމިން ވިދާޅުވީ، މިހަވީރަށް ތައްޔާރުވުމުގެ ގޮތުން ސުޓޯލްތައް ހެދުމާއި އެ ހަވީރާ ގުޅޭ އެހެން ކަންތައްތައް މި ހ...

އަޙްމަދު ޢާޞިމް އަބްދުﷲ
ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމެވެ. ކަޅުބިލަ މަހުގެ މަސްވެރިކަމާއި، ކަންނެލީގެ މަސްވެރިކަމެވެ. ފާނަ މަސްވެރިކަމާއި، ހުއިފިލަނޑާގެ ވިޔަފާރީގެ އިތުރުން އިހިވެރިކަމެވެ. ދިވެހިންގެ އިޤްތިޞާދުގެ ލޭނާރު މަސްވެރިކަމުން ޓުއަރިޒަމަށް ބަދަލުވެ، ދިވެހިން ކަނޑުފަޅުތަކުން ކުރަމުންއައި ބައެއް ކަހަލަ މަސްވެރިކަމުގެ ވިޔަފާރި މިއަދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހާއްސަކޮސް ހުއިފިލަނޑާގެ ވިޔަފާރިއާއި ފާނައިގެ ވިޔަފާރިއާއި އިހީގެ ވިޔަފާރިއެވެ. ވިޔަފާރި ދައްވެ ކުރ...

އިބްރާހިމް ޚަލީލް