ބޭނި މަސްކޮޅު، ތަކުލީފަކާނުލާ ކިރާލެވޭނޭ ދުވަހެއް ދާދިއަވަހަށް ފެނިގެންދާނެ: ޝިފާޢު
ބޭނި މަސްކޮޅު ތަކުލީފަކާނުލާ ކިރާލެވޭނޭ ދުވަހެއް، ދާދިއަވަހަށް ފެނިގެންދާނެކަމަށް ހއ. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޙުރުވެރި މަސްވެރިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ލިއުއްވި ތަޙްނިޔާގެ މެސެޖުގަ އެވެ. ޝިފާޢުގެ މެސެޖުގައިވަނީ ދިވެހިރާއްޖޭގެ ހިތަވަރުގަދަ މަސްވެރިންނަށާއި މަސްވެރިއާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންތަށް އަރިސްކުރައްވާފަ އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް އަޅުގަނޑުމެންފާހަގަކުރާއިރު މަސްވެރިން...