މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. މާރަންދޫ

މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ.މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފ...

އަޙްމަދު ވަހީދު
ކޭއާރުއެޗުން ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15އިން 40އަށް

ކޭއާރުއެޗުން ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15އިން 40އަށް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް، އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ބޮޑުތިލަދުންމަތީގެ މައި ސަރަޙައްދީ ހޮސްޕިޓަލް، ކޭއާރްއެޗްއިން ބުނީ މާލެ ފިޔަވައި ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑު މީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ. އަތޮޅު ކަމަށެވެ. މީގެއިތުރުން ހއ، ހދ، ށ އަތޮޅު ހިމެނޭ ގޮތަށް މި ސަރަހައްދުގައި މާބަނޑު […]

ޝިއުނާ އާދަމް
އަލިދުއްފަރު ފިނޮޅާއި، ކުޑަޅައިމެންދޫ އަދި ވައިކަރަމުރައިދޫން ބައެއް ފަތުރުވެރިކަމަށް ހުޅުވާލައިފި

އަލިދުއްފަރު ފިނޮޅާއި، ކުޑަޅައިމެންދޫ އަދި ވައިކަރަމުރައިދޫން ބައެއް ފަތުރުވެރިކަމަށް ހުޅުވާލައިފި

ހއ. އަލިދުއްފަރު ފިނޮޅާއި، ށ. ކުޑަޅައިމެންދޫ އަދި ހދ. ވައިކަރަ މުރައިދޫން ބައެއް ބީލަމަށް ހިމެނޭހެން އިތުރު ރަށެއް ފަތުރުވެރިކަމަށް ބީލަމަށް ހުޅުވައި ލައިފިއެވެ. މިގޮތުން މިއަދު މި ނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމަށް ބީލަމަށް ހުޅުވާލީ ހއ. އަލިދުއްފަރު ފިނޮޅާއި، ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމާއި، ށ. އަތޮޅު ކުޑަޅައިމެންދޫ އަދި ނ. އަތޮޅުގެ ކުންނަމެލައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ […]

ޔުމްނާ ޢަލީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު އިހަވަންދޫ ޢަލީ ސުޒޭނު އަށް 📍 ހއ. އިހަވަންދޫ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު އިހަވަންދޫ ޢަލީ ސުޒޭނު އަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ހއ. އިހަވަންދޫ، ކުދިމާގެ، ޢަލީ ސުޒޭނު އަށް ލިބިވަޑައިގެންފިއެވެ. ޢަލީ ސުޒޭނަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކ...

ޙުސައިން ޝަހުދީ
ދަނޑުވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މަރޮށި މުޙައްމަދު ވަޙީދު އަށް 📍 ށ. މަރޮށި

ދަނޑުވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މަރޮށި މުޙައްމަދު ވަޙީދު އަށް

ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ށ. މަރޮށި، އައްސޭރި، މުޙައްމަދު ވަޙީދު އަށް ލިބިވަޑައިގެންފިއެވެ. މުޙައްމަދު ވަޙީދަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް މުޙައް...

ޙުސައިން ޝަހުދީ
ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކެލާ ސަމްޢާން އަށް 📍 ހއ. ކެލާ

ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކެލާ ސަމްޢާން އަށް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ހއ. ކެލާ، ފެހިވިލާގެ، ޢަލީ ސަމްޢާންއަށް ލިބިވަޑައިގެންފިއެވެ. ސަމްޢާންއަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދ...

ޙުސައިން ޝަހުދީ
ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް 📍 ހއ. ބާރަށް

ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

ފޮޓޯނެގުމަށް ލޯބިކުރާ ޒުވާނުން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅެތި ކެމެރާތަކާއިއެކު ތަޢާރަފްވެގެންދިޔަ މޯބައިލް ފޯނުތަކެވެ. ނެގޭ ފޮޓޯތަށް ފަސޭހަކަމާއިއެކު އެހެން މީހުނަށް ހިއްސާ ކޮށްލުމަށް ލިބިގެންދިޔަ ސޯޝަލް ޕްލެޓްފޯމަތަކެވެ. އެ ފޮޓޯތަކަށް ލިބިގެން ދިޔަ ތަރުހީބެވެ. ހއ.ބާރަށަކީ ދިވެހި ތާރީޚުގެ މުހިންމު ސަފްހާތަކާއި ގުޅުންހުރި ތާރީޚީ ތަންތަން ހުރި ރަށެކެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ތިންބެއިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި އޮޑިވަޅާއި،...

އިބްރާހިމް ޚަލީލް
"ހުސެއިން ރަޝީދުބެއާއި އެކު އެންމެން" އެހީތެރިވެ ދެއްވާ!

"ހުސެއިން ރަޝީދުބެއާއި އެކު އެންމެން" އެހީތެރިވެ ދެއްވާ!

ބައްޔަކަށް ފަރުވާ ހޯދުމަށް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އާންމުންގެ އެހީތެރިކަމަށް އެދެމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. ދީލަތި ބައެކެވެ. އެހީ ހޯދުމަށް ހިންގުނު ކޮންމެ ހަރަކާތަކުން ފެނިގެން ގޮސްފައިވަނީ އެކަމެވެ. ހއ.އިހަވަންދޫ ނަސްފަރު ޙުސެން ރަޝީދަކީ ހެޔޮލަފާ ފިރިއެކެވެ. ނަމޫނާ ބައްޕައެކެވެ. އިމާމެކެވެ. އިހަވަންދޫއަށް ދީނީ އަދި އިޖްތިމާޢީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ ޚިދުމަތްތެރިއެކެވެ. ހުސެއިންގެ ދެ ކިޑްނ...

އިބްރާހިމް ޚަލީލް
ހޯރަފުށީ އެއާޕޯޓު ހެދީ 7 މަހުން، މަސްކިރަން ދިގު ފަރު 1 އަހަރުން ތަރައްގީ ކުރެވެންޖެހޭނެ: ރަޝީދު

ހޯރަފުށީ އެއާޕޯޓު ހެދީ 7 މަހުން، މަސްކިރަން ދިގު ފަރު 1 އަހަރުން ތަރައްގީ ކުރެވެންޖެހޭނެ: ރަޝީދު

ހއ. ހޯރަފުށީގައި އެއާޕޯޓު ތަރައްގީކޮށް ނިންމާލީ އެންމެ 7 މަހުން ކަމަށާއި، ހއ. އަތޮޅު ދިގު ފަރު، މަސްގަންނަ ރަށެއްގެ ގޮތުގައި ތަރައްގީކޮށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމޭނެ ކަމަށާއި، އަދި އެކަން ކޮށްދޭން ޖެހޭ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ރަޝީދު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު އެރަށުގެ މަސްވެރި ޢާއިލާތަކުން އިންތިޒާމްކޮށް، އެރަށުގެ ބަނދަރުގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވެ، ވާހަކަ ދައްކަވަމުން ނެވެ. ރަޝީދު ވިދާޅުވީ ސަރުކާރު ތަކުން […]

ޙުސައިން ޝަހުދީ
ވާހަކަ: ނާ ބަންނަ އަޑިގަނޑު (2)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (2)

ކުރީ ޢަދަދާއި ގުޅޭ: ބައްދަލުވާން ނިންމި ވަގުތު ޖެހުނު އިރު ތިން ކުދިން ވެސް ތިބީ ޙަސަންބޭމެންގެ ގޭ ދޮރުމަތީގައެވެ. އޭރު ޢިޝާ ނަމާދުން އައިސް ކައިގެން ދުފައިލަން ދިމާ އެނދުގައި ޖައްސާލައިގެން ޙަސަންބެ އިނެވެ. އުނގުމަތީގައި ހުޅުވައިލާފައި އޮތް މަޑިސީލައިން ހާވަހާވައިގެން އެކި އެއްޗެހި ނަގައި އަނގައަށް އަޅައި ދުފުންގަނޑު ވަރުކުރަމުން ގެންދެއެވެ. “އައްސަލާމް ޢަލައިކުމް.” ފާތިނާ ސަލާންގޮވައިލިއެވެ. މި އަޑަށް ދޮރާ ދިމާއަށް ޙަސަންބެ ބަލާލައިފިއެވެ. މުސްކުޅިވެ ލޯބޯ ކޮށިވެފައިވުމުގެ ސަބަބުން ދުރު އެހައި...

ޢާޠިފާ ޒަކަރިއްޔާ
އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފި

ހއ. އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފިއެވެ. އެރަށު މަސްވެރިން އިހުތިޖާޖު ފަށާފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެެށިގެންނެވެ. މިގޮތުން އެރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ އިހަވަންދޫ ބަނދަރު ސަރަޙައްދުގައި ތިބެ ޝުއޫރު ފާޅު ކުރަމުންނެވެ. އެ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން، މަސްވެރިންގެ ހައްގުތައް ދިނުމަށް ގޮވާލައި އަޑު އުފުލަމުން ދާއިރު، ބައެއް މަސްވެެރިން ހިފަހައްޓައިގެން ތިބި ބޯޑު ތަކުގައި “މަސްވެރިންނަށްވީ ވަޢުދު ކޮބާ؟”، “ދިވެހިންގެ ލޭ ނާރާ ނުކުޅޭތި”، “މި ސަރުކާ...

ޔުމްނާ ޢަލީ
މޫސުން ގޯސްވެ އިހަވަން ކަޕްގެ މެޗުތައް ފަސްކޮށްފި

މޫސުން ގޯސްވެ އިހަވަން ކަޕްގެ މެޗުތައް ފަސްކޮށްފި

ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ މެޗުތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ. 22 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗު 23 ޑިސެމްބަރ 2020 ވާ ބުދަދުވަހަށް ފަސްކޮށްފައިވާއިރު މި ބަދަލާއި ގުޅިގެން ކޮންމެ ޓީމެއް ވެސް ކުޅެންޖެހޭ މެޗުތައް އެއް ދުވަސް ފަހަތަށް ޖެހިގެންދާނެއެވެ. އަންގާރަ […]

އިބްރާހިމް ޚަލީލް
ކުރިނބީގައި މަސްތުވާތަކެތި ބޭނުން ކުރަން ހުރި ކަމަށްބުނާ މީހެއްގެ މައްސަލަ ހޫނުވެއްޖެ

ކުރިނބީގައި މަސްތުވާތަކެތި ބޭނުން ކުރަން ހުރި ކަމަށްބުނާ މީހެއްގެ މައްސަލަ ހޫނުވެއްޖެ

ހދ. ކުރިނބީގައި މަސްތުވާ ތަކެތި ބޭނުން ކުރަން ހުރިކަމަށް ބުނާ އެހެން ރަށެއްގެ މީހެއްގެ މައްސަލަ ހޫނުވެއްޖެއެވެ. ކުރިނބީން “ތިލަދުން” އަށް ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ މަސްތުވާތަކެތި ބޭނުން ކުރަނިކޮށް އެރަށު ރައްޔިތުން އަތުލައިގަތީ އެރަަށަށް ނިސްބަތްވާ ޒުވާނަކާއި އެކު އޭނާގެ ކޮޓަރި ތެރެއިން ކަމަށެވެ. އެމީހާއަކީ ހދ. ގެ އެހެން ރަށަކަށް ނިސްބަތްވާ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ އެރަށަށް ގޮސް ހުރީ ކުރިނބީ ސުކޫލުގައި އިމާރާތް ކުރަމުންދާ […]

އަލީ އާދިލް
ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ

2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި ތިންރަށެއްގެ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހިތިބި 52 ޢާއިލާއަކަށް ހައުސިން ޔުނިޓްތައް ހަވާލުކޮށްފިއެވެ. އެ 52 ޢާއިލާ ނިސްބަތްވަތް ވަނީ ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއަށެވެ. އެ ރަށްތަކުގެ މީހުން ނޮޅިވަރަން ފަރަށް ބަދަލުކުރީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މި ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ ޑިސެމްބަރު 18 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލު ކޮށްދެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އާދަމް އިސްމާއިލް ނިޔާވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އާދަމް އިސްމާއިލް ނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީ ދެބުދާރުގޭ، އާދަމް އިސްމާއިލް ނިޔާވެއްޖެ އެވެ. އާދަމް އިސްމާއިލް ނިޔާވީ މިއަދު ފަތިހުގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހިސްޕިޓަލުގަ އެވެ. އާދަމް އިސްމާއިލް ނިޔާވިއިރު އުުމުރަކީ 88 އަހަރެވެ. އާދަމް އިސްމާއިލަކީ ކުޅުދުއްފުއްޓަށް ކުޅިވަރު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އާދަމް އިސްމާއިލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި މަސްޖިދު ޙަޟާރަތު ހދ. ކުޅުދުއްފުށީގަ އެވެ. ޖަނާޒާގައި ބައިވެރިވުމަކީ އެއްމުސްލިމަކު އ...

ތިލަދުން