މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ހިއްކިބިމުގައި ހުރި ގައުފުނިތަކުން ގައު ދޫކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހިއްކިބިމުގައި ހުރި ގައުފުނިތަކުން ގައު ދޫކުރަނީ

ހދ. ކުޅުދުއްފުށި ސިޓީގެ ހިއްކިބިމުގައި ހުރި ގައު ފުނިތަކުން ގައު ބޭނުންވާ ފަރާތްތަކަށް ގައު ދޫކުރާގޮތަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ގައު ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ހުށަހަޅަންޖެހޭ ފޯމް ނަންގަވާ ހުށަހެޅުއްވުން އެދޭކަމަށެވެ. ގައު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއަކު އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ 9:00 ން 12:00 އަށް ކަމުގައި އެކައުންސިލުން ބުނެފއެވެ. މިކަމަށް އެދި...

ޔުމްނާ ޢަލީ
"ވައިކަރަދޫ" ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމަށް ހުޅުވާލައިފި 📍 ހދ. ވައިކަރަދޫ

"ވައިކަރަދޫ" ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމަށް ހުޅުވާލައިފި

ހދ. ވައިކަރަދޫގެ ބަނދަރު ސަރަހައްދުގައި އެރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 27 ޑިސެމްބަރ 2020ވާ އާދިއްތަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެމްބަރ 2020ވާ އަންގާރަ ދުވަހ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކައުންސިލުން "ބޮނބިތެޅުމުގެ ޚިދުމަތް" އަލުން ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލުން "ބޮނބިތެޅުމުގެ ޚިދުމަތް" އަލުން ފަށަނީ

ހދ. ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ޚިދުމަތް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ބޮނބިތެޅުމުގެ ޚިދުމަތް 23 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން އަލުން ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ބޮނބިތެޅުމުގެ ޚިދުމަތް ދެމުންގެންދާނީ ރަށްކޮޅު ގޯތިން (ކުރީގެ އައިލެންޑް އެކްސްޕާޓް ސައިޓް އިމާރާތް) ކަމުގައި ވެސް އެކައުންސިލުން ބުނެފައިވެއެވެ، ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަނ...

އަލީ އާދިލް
"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020" ފަށައިފި 📍 ހއ. އިހަވަންދޫ

"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020" ފަށައިފި

ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. 20 ޑިސެމްބަރ 2020 ވީ އާދީއްތަ ދުވަހު މި މުބާރާތް އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަމް ޒުވާނުންނެގެ ގުޅުމާއި އިހަވަންދޫ ކުޅިމަގު ޓީމެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކުޅިމަގު ޓީމުންނެވެ. […...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ކުލަބް ޕެނީގެ ފަރާތުން އެ ރަށުގައި ވޮލީ ކޭމްޕެއް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކުލަބް ޕެނީގެ ފަރާތުން އެ ރަށުގައި ވޮލީ ކޭމްޕެއް ފަށައިފި

ހދ.ނޮޅިވަރަމުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ޕްރޮގްރެސިވް އެސޯސިއޭޝަން އޮފް ނޮޅިވަރަމް ޔޫތު (ޕެނީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވޮލީ ކޭމްޕް ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ކޭމްޕް ފަށާފައިވަނީ 17 ޑިސެމްބަރ 2020 ވީ ބުރާސްފަތި ދުވަހުއެވެ. މި ކޭމްޕްގައި ޖުމްލަ 51 ބައިވެރިން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 27 އަދި އަންހެން 24 ބައިވެރިންނެވެ. މި ކޭމްޕާއި […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ވެސް ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ވެސް ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމި ނިންމުމުގެ ދަށުން، އެހަރަކާތްތައް ހިންގި ފަހު ރަށެއްގެ ގޮތުން ހއ. އިހަވަންދޫގައި ޝަރަފުގެ ހިނގާލުމާއި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. އެހަރަކާތްތައް ހިންގުމަށް އިއްޔެ އިހަވަންދޫއަށް އެންއެންޑީއެފްގެ ޓީމު ދިޔުމުން އެހެން ރަށްރަށެކޭ ވެސް އެއްފަދައިން އިހަވަންދޫ ރައްޔިތުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެންއެންޑީއެފުން ވެސް ވަނީ އެކަން ފާހަގަ ކުރަށްވާފަ...

ޝިއުނާ އާދަމް
ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ވަށަފަރަށް، "މިއީ ހަގީގަތުގައި ވެސް ސުވަރުގެއެއް": ޑރ. މާޝާ 📍 ހއ. ވަށަފަރު

ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ވަށަފަރަށް، "މިއީ ހަގީގަތުގައި ވެސް ސުވަރުގެއެއް": ޑރ. މާޝާ

ކޯވިޑް-19ގެ ސަބަބުން މެދެކެނޑިފައި އޮތުމަށްފަހު، އަލުން ރާއްޖެ ހުޅުވާލިފަހުން ހއ. ވަށަފަރަށް މިއަދު ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ޒިޔާރަތް ކޮށްފިއެވެ. އެރަށުގެ ގެސްޓް ހައުސްތައް ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ވަށަފަރަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕަކީ ޔޫކްރެއިންއަށް ނިސްބަތްވާ ޢާއިލާއެކެވެ. އެ ޢާއިލާގައި ހިމެނެނީ 4 މެންބަރުންނެވެ. ދިގު ދަތުރަކަށްފަހު މިއަދު ވެލާނާއިންޓަނޭޝަނަލް އެއާޕޯޓުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްމަގ...

ޙުސައިން ޝަހުދީ
މުވައްޒަފުން ނެތްކަމަށް ބުނެ ހުކުރު ނަމާދު ނުކުރުމުން، މަކުނުދޫ ކައުންސިލަށް ފާޑުކިޔުން 📍 ހދ. މަކުނުދޫ

މުވައްޒަފުން ނެތްކަމަށް ބުނެ ހުކުރު ނަމާދު ނުކުރުމުން، މަކުނުދޫ ކައުންސިލަށް ފާޑުކިޔުން

މުވައްޒަފުން ނެތްކަމަށް ބުނެ ހދ. މަކުނުދޫގެ އެއް މިސްކިތުގައި އިއްޔެ ހުކުރު ނަމާދު ނުކުރުމުން، އެރަށު ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. މަކުނުދޫ ކައުންސިލުން އިއްޔެ ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުކުރު ނަމާދު ކުރާނީ އެއް މިސްކިތުގައި ކަމަށެވެ. ސަބަބަކީ، މިސްކިތްތައް ބެލެހެއްޓޭ ވަރަށް މުވައްޒަފުން ނެތުން ކަމަށެވެ. ”މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން މިއަދު ހުކުރު ނަމާދު ކުރުން އޮންނާނީ، ހަމައެކަނި ތަޤްވާ މިސްކިތު...

އަލީ އާދިލް
ވާހަކަ: ނާ ބަންނަ އަޑިގަނޑު (ފުރަތަމަ ބައި)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (ފުރަތަމަ ބައި)

މޫސުމީ ރީތި ދުވަހެކެވެ. ކަނޑު އޮތީ ތެޔޮފާންލައިފަ އެވެ. އިރުދޮށުން މަޑުމަޑުން ޖެހެމުން ދިޔަ ނަލަ ވައިގައި ރިޔާނެގި ކުދި ބޮއްކުރާ ފަހަރުތައް އަތޮޅުގެ ބޭރު ދުނީގައި ދުއްވައިލަ ދުއްވާލައި އެ ތިބީ ލޮނުކަމެއް އަތުޖެހޭތޯއެވެ. ރޭގަނޑު ކާލާނެ ފިލޮޅެއް ނޫނީ ގިޔުޅެއް ނަމަވެސް ނަނުގައި ގަނޭތޯއެވެ. ވަދާ ނުކުމެ މި އުޅޭ ކުދި ދޯނިފަހަރުގެ ހަރަކާތްތަކަކީ ބަލައި ފޫހިނުވާނެ މަންޒަރެކެވެ. ޢަޞުރުން ދަށް ވެ ޖައްވަށް ހަވީރުގެ ފިނިކަށް ވެރިވި މި ހިތްގައިމު ވަގުތުގައި ރަށުގެ […]

ޢާޠިފާ ޒަކަރިއްޔާ
ބޮޑެތި މަޝްރޫއުތައް ހިންގާ ''ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި'' ދެވިގެން ނުވާނެ: އާތިފް

ބޮޑެތި މަޝްރޫއުތައް ހިންގާ ''ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި'' ދެވިގެން ނުވާނެ: އާތިފް

ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެން ނުވާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ގިނަ އުޅަނދުފަހަރު ލަފާ ފުރާ ރަށް ކަމާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ ކަމަށެވެ. ކަންމިހެން އޮތުމުން ރަށުގެ ރައްޔިތުންނާއި އެރަށުގެ ބަނދަރު ބޭނުންކުރާ އަވައްޓެރި ރަށް ރަށުގެ ރައްޔިތުން އަންނަނީ...

ޔުމްނާ ޢަލީ
ހަނިމާދޫ "ސާއްބަ އެނިވާސަރީ ކަޕް 2020" ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ "ސާއްބަ އެނިވާސަރީ ކަޕް 2020" ފަށައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2020” ފަށައިފިއެވެ. 18 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހު ހަވީރު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔޫތު ފްރެންޑްސް އާއި ޓީމް ޔުނީފޯމެވެ. މި […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫގައި ބާއްވައި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ. އެރަށުގައި ހަވާއެރުވުން އޮތީ މިރޭ 20:00 ހާއިރުއެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ […]

ޝިއުނާ އާދަމް
ވައިކަރަދޫން ވެސް ކޯވިޑްގެ ޕޮޒިޓިވް ކޭހެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫން ވެސް ކޯވިޑްގެ ޕޮޒިޓިވް ކޭހެއް

ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ވައިކަރަދޫއިން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް “ތިލަދުން” އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަސީމް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ، ހޯމް ކަރަންޓީނުގައި ހުރި އުމުރުން ފަސް އަހަރުގެ ކުއްޖެއް ކަމަށެވެ. ޕޮޒިޓިވްވީ ކުއްޖާ ހިމެނޭ ޢާއިލާގައި އިތުރު ކުޑަކުއްޖަކުވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވީ ކުއްޖާއ...

އަޙްމަދު ވަހީދު
ކެލާއިން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާއިން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެމީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. އެރަށުން ވަނީ ޑިސެމްބަރު 14 ވަނަ ދުވަހު ވެސް ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެރަށުން އިތުރުން ދެ މީހުން […]

ޝިއުނާ އާދަމް
އެއް މިސްކިތުގައި ހުކުރު ނަމާދުކުރީ، މުވައްޒަފުން ނެތުމުން: މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

އެއް މިސްކިތުގައި ހުކުރު ނަމާދުކުރީ، މުވައްޒަފުން ނެތުމުން: މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫގައި އެއް މިސްކިތުގައި މިއަދު ހުކުރު ނަމާދުކުރީ، މުވައްޒަފުންގެ ދަތިކަން ދިމާވެ، މިސްކިތް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމުން ކަމަށް މަކުނުދޫ ކައުންސިލުން ބުނެފިއެވެ. މަކުނުދޫގައި ހުކުރު ނަމާދު ކުރަމުން އަންނަނީ ދެ މިސްކިތެއްގައެވެ. އޭގެ ތެރެއިން މިސްކިތަކީ މިއަދު ހުކުރު ކުރި މަސްޖިދުލް ތަޤްވާއެވެ. އަނެއް މިސްކިތަކީ މިއަދު ހުކުރު ކުރެވޭގޮތް ނުވި ސިއްދީގު މިސްކިތެވެ. މަކުނުދޫ ކައުންސިލުން މިއަދު ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދު އެރަށުގަ...

އަޙްމަދު ވަހީދު