ހއ. އަލިދުއްފަރު ފިނޮޅާއި، ށ. ކުޑަޅައިމެންދޫ އަދި ހދ. ވައިކަރަ މުރައިދޫން ބައެއް ބީލަމަށް ހިމެނޭހެން އިތުރު ރަށެއް ފަތުރުވެރިކަމަށް ބީލަމަށް ހުޅުވައި ލައިފިއެވެ.

މިގޮތުން މިއަދު މި ނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމަށް ބީލަމަށް ހުޅުވާލީ ހއ. އަލިދުއްފަރު ފިނޮޅާއި، ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމާއި، ށ. އަތޮޅު ކުޑަޅައިމެންދޫ އަދި ނ. އަތޮޅުގެ ކުންނަމެލައި އެވެ.

Ad
rt

ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ފަހި ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މާރިޗު މަހުގެ ހަތް ދުވަހު 10:00 ޖަހާއިރަށް އެ މިނިސްޓްރީއަށް ގޮސް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަޢުލޫމާތު، 13 ޖެނުއަރީ 2021 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލަށް ފޮނުވަން ޖެހެއެވެ.

މި ބީލަމަށް ކުރިމަތިލުމަށް ބީލަން ފޮތް ގަންނަ އެދޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ސަރުކާރުން އިތުރު ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު، ހދ. ވައިކަރަމުރަދޫ ފަތުރުވެރިކަމަށް ހުޅުވާލުމަށް އެދި އެ ސަރަހައްދުގެ ގިނަ ރައްޔިތުންތަކެއް މީގެ ކުރީން ވަނީ ގޮވައިލާފައެވެ. އަދި ހދ. އަތޮޅު ކައުންސިލާއި، އަތޮޅުގެ ގިނަ ބަޔަކު ގުޅިގެން 2014 ވަނަ އަހަރުގެ ސެޕްޓްމަބަރު މަހު 1 ވަނަ ދުވަހު ވަނީ، ކެމްޕެއިނެއް ވެސް ފަށާފައެވެ.

މިގޮތުން ''ޓޫރިޒަމް ނެތް ހދ'' ނަމުގައި ކުރި މި ކެމްޕެއިންގައި ވައިކަރަމުރައިދޫ ފަތުރުވެރިކަމަށް ދޫކޮށް، ތަރައްޤީކުރެވޭނެ މަގު އަލިކޮށް ދިނުމަށާއި، ހދ. ގައި ރިސޯޓު ހަދަން އެތައް އަހަރެއް ވަންދެން ދޫކޮށްފައިވާ ރަށްތަކުގައި އެމަސައްކަތް ފެށޭނެ މަގެއް ހޯދުމަށް އެ ކެމްޕެއިންގައި ވަނީ އޭރު ގޮވާލައިފައެވެ. މީގެއިތުރުން 24 އޭޕްރިލް 2014 ވަނަ ދުވަހު ހދ. އަތޮޅު ކައުންސިލުން ވަނީ ހދ. ވައިކަރަމުރައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރުގެ އިދާރާތަކުގައި އިލްތިމާސް ކުރުމަށް ގަރާރެއްވެސް ފާސްކޮށްފައެވެ.