📍 ހދ. ނޮޅިވަރަންފަރު
ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި
ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާއި ހަވާލުކޮށްފިއެވެ. ނޮޅިވަރަންފަރު ސްކޫލުން ބުނީ، އެއީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްކޫލްގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ކަމަށެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ”ތިލަދުން”އަށް ވިދާޅުވީ، އެއީ އެ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުންގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ”2019 ވަނަ އަހަ...