ހއ. ދިއްދޫ ކައުންސިލުން، އެރަށުގެ ފަޅުތެރެ ސާފުކޮށްފިއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ފަރާތުން ބަޔަކާއި ހަވާލުކޮށްގެން އިއްޔެ އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގެ ފަޅުތެރޭން ނެގި ކުނިތަކަކީ އެރަށުން ފަޅުތެރެއަށް އަޅާފައި ހުރި ކުނިތަކެއް ނޫންކަމަށެވެ.
''އެ ކުނިތަކަކީ މިރަށު މީހުން އަޅާފައި ހުރި ކުންޏެއްނޫން، މި ދުވަސްވަރަކީ އިރުވައި މޫސުން ކަމަށް ވުމުން، އޮޔާ ފަޅުތެރެއަށް ވަދެފައި ހުރި ކުނި އެއީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަޅުތެރެއަށް ވަދެ ޖަމާވެފައި ހުރި ކުނިތަކެއް އެއީ''
ހާޝިމް ވިދާޅުވިއެވެ.
ދިއްދޫ ފަޅުތެރެ ސާފުކުރަނީ، ފޮޓޯ: ދިއްދޫ ކެމެރާ
ދިއްދޫ ފަޅުތެރެ ސާފުކުރުމާއި ގުޅިގެން ދިއްދޫއާއި ގުޅޭ ކަންކަމުގައި ބިނާ ކުރުވަނި އަޑުއުފުލާ ހަރަކާތެއް ކަމަށް ''ދިއްދޫ ރައްޔިތުންގެ އަޑު''އިން ވަނީ އެކަން ފާހަގަކޮށް ދިއްދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ.
''ދިއްދޫގެ ފަޅު ތެރޭގައިވާ ކުނިތަކުގެ މައްސަލަ މި ޖަމާޢަތް ވެސް ހިމެނޭ ގޮތުން އެތައް ބަޔަކު ކައުންސިލްގެ ސަމާލުކަމަަށް ގެނައިތާ ގިނަ ދުވަސްތަކެއް ނުވެ، އެ ތަން ސާފުކުރެވެމުންދާކަމީ އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ހެޔޮ ބަދަލެކެވެ. މި ކަމަަށްޓަކައި ކައުންސިލަށް މަރުޙަބާ ކިޔަމެވެ.''
''ދިއްދޫ ރައްޔިތުންގެ އަޑު' އިން ބުނެފައި ވެއެވެ.
ހއ. ދިއްދޫއަކީ އާބާދީގައި 4186 އަށްވުރެ ގިނަ މީހުން ހިމެނޭ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!