ހދ. ހަނިމާދޫގެ ކްލަބެއް ކަމަށްވާ، ސާއްބަ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ، ސާއްބަ އެނިވާސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މާދަމާއަށް ފަސްކޮށްފިއެވެ.
މިއަދު ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗް މާދަމާއަށް ފަސްކުރީ، އެ މެޗް ކުޅުމަށް މިއަދުގެ މޫސުން ތަން ނުދޭތީއެވެ.
މި މެޗް މާދަމާއަށް ފަސްކުރިކަން ސާއްބަ އެކުވެރި ކްލަބްގެ އިސް އޮފިޝަލެއް ކަމަށްވާ ދާއޫދު ރަޝީދު ''ތިލަދުން''އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
''ފައިނަލް މެޗް ކުޅެން މިއަދު މޫސުން ތަން ނުދޭތީ، އެ މެޗް ވަނީ މާދަމާއަށް ފަސް ކުރެވިފައި''
ދާއޫދު ބުންޏެވެ.
ސާއްބަ އެނިވާސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މާދަމާއަށް ފަސްކޮށްފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރަނީ ރޫޙް އަދި ޝީލްޑެވެ. މާދަމާ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 15:50 ގައެވެ.
މި މެޗް މާދަމާއަށް ފަސްކޮށްފައިވާއިރު، ދޭތެރެ ދޭތެރެއިން ވާރެ ވެހުން މެދު ކެނޑުނު ނަމަވެސް، ފަތިހުއްސުރެ ހަނިމާދޫއަށް ވާރޭ ވެހެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!