📍 ހއ. އިހަވަންދޫ
އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް
ހއ. އިހަވަންދޫ ސްކޫލުގައި ހުއްޓެމެއްނެތި އަދަބީ ހަރަކާތްތަކާއި މުބާރަތްތައް ބާއްވަމުންދާތާ 25 އަހަރު ފުރޭ ރިހި ޚިދުމަތުގެ ރިހި ފަންސަވީހުގެ ހަރަކާތްތައް ބޮޑު ތަރުހީބަކާއިއެކު ކުރިއަށް ގެންގޮސްފިއެވެ. ރިހި ފަންސަވީހުގެ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ އެ ސްކޫލުގެ ތާރީޚުގައި އެއްމެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހަރަކާތެވެ. ފަންސަވީސް ވަނަ ދިވެހި އަދަބީ ފޯވަހީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކ...