ކުޅުދުއްފުށީ ސިޓީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)ގައި ބައިވެރިވާން ހާޒިރުވާން ޖެހެނީ 14 ނޮވެމްބަރ 2023 ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި 20 ނޮވެމްބަރ 2023ގެ 11:00ގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހާޒިރުވެ، އަންދާސީ ހިސާބު ހުށަހެޅަން ޖެހެނީ 21 ނޮވެމްބަރ 2023 ދުވަހުގެ ހެނދުނު 11:00 ގައެވެ.
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި ކުޅުދުއްފުށީ ސިޓީ ކައުންސލް އިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 08 ނޮވެމްބަރ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވޭގޮތައް ހަމަޖައްސާފައިވާއިރު، ބީލަމުގައި ބައިވެރިވާން އެދޭ ކޮންމެ ފަރާތަކަށްވެސް ހުށަހެޅެނީ އެއް އަންދާސީ ހިސާބެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 6527166 ނުވަތަ 6527192 ފޯނަން ގުޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް އެ ސިޓީގައި ޕާކު ތަރައްގީކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!