މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހދ އަތޮޅު ކައުންސިލަށް ވޭނެއް ހޯދަނީ

ހދ އަތޮޅު ކައުންސިލަށް ވޭނެއް ހޯދަނީ

ހދ. އަތޮޅު ކައުންސިލަށް ވޭނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް، އަލުން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ރަޖިސްޓަރ ވާންޖެހޭނެއެވެ. ރަޖިސްޓަރ ވުމަށް ހދ. އަތޮޅު ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ […]

އަލީ އާދިލް
ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި 📍 ހއ. ތަކަންދޫ

ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ގަސް ނުވަތަ ރުއް އިންދުން މަނާކޮށްފިއެވެ. ކައުންސިލުން ކުރި އާންމު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަދި ރަށުގައި ހެދިފައިވާ ޕްލޭންތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަކުން ގަސް އަދި ރުއް އިންދަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވެއެވެ. މިކަމާ ގުޅިގެން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއް...

އަލީ އާދިލް
ކުޅިމަގު ބަލިކޮށް މައިކަޕްގެ ޗެމްޕިއަންކަން އެންވީކޭ އަށް 📍 ހއ. އިހަވަންދޫ

ކުޅިމަގު ބަލިކޮށް މައިކަޕްގެ ޗެމްޕިއަންކަން އެންވީކޭ އަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި “ބިއުޓިފުލް ބުލޫ މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ އިން ހޯދައިފިއެވެ. ކުޅިމަގާއި އެންވީކޭ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ ރޭ އިހަވަންދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އެންވީކޭ އިންނެވެ. މި […]

އިބްރާހިމް ޚަލީލް
މަސައްކަތުގެ އުޖޫރަ ނުދޭ މައްސަލަ ހައްލުކުރަން ގާނޫނެއް ހަދަން ޖެހޭ

މަސައްކަތުގެ އުޖޫރަ ނުދޭ މައްސަލަ ހައްލުކުރަން ގާނޫނެއް ހަދަން ޖެހޭ

މަސައްކަތް ކުރުމަށްފަހު އުޖޫރަ ނުދިނުމަކީ މިހާރު ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މުސީބާތެއް ކަމަށާއި މިކަން ހައްލުކުރުމަށް ޚާއްޞަ ގާނޫނެއް ހަދަން ޖެހޭ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބްރޭ ވިދާޅުވެފައިވަނީ “ރާއްޖޭގައި ފަހަކަށްއައިސް ދިމާވާ އެންމެ ބޮޑު މުސީބާތަކީ މަސައްކަތް ކުރުމަށްފަހު އުޖޫރަނުދިނުމެވެ، ހައްގުއަދާނުކުރުމެވެ، އިންސާފު ނުލިބުން، މިކަމަށް ގާނޫނެއް ހަދަންއެބަޖެހޭ” ކަމަށެވެ. އިބްރޭ އ...

އަލީ އާދިލް
މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން 📍 ހދ. ކުޅުދުއްފުށި

މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން

2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި...

އިބްރާހިމް ޚަލީލް
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ 📍 ހއ. ހޯރަފުށި

ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ […]

އިބްރާހިމް ޚަލީލް
މާދަމާ އުތީމު ގަނޑުވަރު ބަންދު 📍 ހއ. އުތީމު

މާދަމާ އުތީމު ގަނޑުވަރު ބަންދު

އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނެފިއެވެ. އެ މަރުކަޒުން ބުނީ، އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެއެވެ. އަދި  ދެން ހުޅުވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ. ހޮނިހިރު ދުވަހު އުތީމު ގަނޑުވަރު ހުޅުވަން ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް […]

ޔުމްނާ ޢަލީ
ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް 📍 ހދ. ހަނިމާދޫ

ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އަހުލީން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި އަހުލީއެވެ. މި މެޗު އަހުލީން ކާމިޔާބު ކޮށްފައި ވަނީ ރޫހުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ 📍 ހއ. ހޯރަފުށި

''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ފައިނަލުން ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފައި ވަނީ 22 ސްޕޯޓްސް ކްލަބެވެ. އެ ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ. […]

އިބްރާހިމް ޚަލީލް
ސާއްބަ އެނިވާސަރީ ކަޕް ފައިނަލުގައި އަހުލީ އާއި ރޫހް 📍 ހދ. ހަނިމާދޫ

ސާއްބަ އެނިވާސަރީ ކަޕް ފައިނަލުގައި އަހުލީ އާއި ރޫހް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އަހުލީ އާއި ރޫހް ފުރުސަތު ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ޔުނީފޯމެވެ. މެޗު 3-0 ލަނޑުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ ރޫހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރޫހްގެ އަބްދުﷲ މުހައްމަދެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި […]

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅުން ޔޮޓަކަށް ކްލިއަރެންސް ހިދުމަތް ފޯރުކޮށްދީފި

އިހަވަންދިއްޕޮޅުން ޔޮޓަކަށް ކްލިއަރެންސް ހިދުމަތް ފޯރުކޮށްދީފި

އިހަވަންދިއްޕޮޅުގެ ބަނދަރުގައި ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓަކަށް ކްލިއަރެންސް ހިދުމަތް ފޯރުކޮށްދީފިއެވެ. މިކަން ހާމަކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އޭނާގެ ފޭސްބުކް ޕޯސްޓެއްގައެވެ. ވަޖީހު ވިދާޅުވި ގޮތުގައި މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ހިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް...

އަލީ އާދިލް
ހޯރަފުށީ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު'' ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު'' ފަށައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ފަށައިފިއެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު، ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ ތައާރަފް ކޮށްފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެމުން އަންނަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުالله ޔާމީން (ޔާނު) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ އިހަވަންދޫ އެންވީކޭއާއި މޮޅަދޫ ޔަންގް ބްލަޑް އެވެ...

އިބްރާހިމް ޚަލީލް
ސާއްބަ ކަޕް ސެމީގައި އަހުލީއާއި ރިއްލަ ސްޓާސް އަދި ޔުނީފޯމާއި ރޫހް 📍 ހދ. ހަނިމާދޫ

ސާއްބަ ކަޕް ސެމީގައި އަހުލީއާއި ރިއްލަ ސްޓާސް އަދި ޔުނީފޯމާއި ރޫހް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޓީމުން ޖާގަ ހޯދާފައި ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް އޭގެ ދެވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދި އަހުލީއެވެ. ގްރޫޕް ބީގެ އެއްވަނަ ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ 📍 ހދ. ހަނިމާދޫ

މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ

އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. އެ އެއާޕޯޓްގެ އަމަލީ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ކާގޯ ޓާމިނަލުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެ އެއާޕޯޓުގައި ތަރައްގީކުރާ ޓަވަރުގެ 88 އިންސައްތް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ...

އިބްރާހިމް ޚަލީލް
ބިލެތްފަހީގައި ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސް ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސް ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ށ.ބިލެތްފަހީގައި ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ބިލެތްފަހީ ންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެ ރަށު ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔ...

އިބްރާހިމް ޚަލީލް