މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ޒިންމާދާރު ގޮތެއްގައި އިންޓަނެޓާއި ޓެކްނޮލޮޖީ ބޭނުންކުރަން، މިލަންދޫ ދަރިވަރުން އަހުލުވެރިކޮށްފި 📍 ށ. މިލަންދޫ

ޒިންމާދާރު ގޮތެއްގައި އިންޓަނެޓާއި ޓެކްނޮލޮޖީ ބޭނުންކުރަން، މިލަންދޫ ދަރިވަރުން އަހުލުވެރިކޮށްފި

ށ. މިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން މިއަދު މައުލޫމާތު ދީފިއެވެ. މި މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުނީ މިއަދުގެ އެސެމްބްލީގައި ކަމަށާއި، މައުލޫމާތު ދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެ އެވެ. މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ދެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، އާންމު އިޖުތިމާއީ މިންގަނޑުތައް އަދި ފަރުދީ ޒިންމާ އަދ...

އިބްރާހިމް އަސްވާޤް
ބޯންމެރޯ ހެދުމަށް ފަހު 6 ކުއްޖަކު ރާއްޖެ އައިސްފި، ވެއިޓްލިސްޓުގައި 22 ކުދިން 📍 ށ. މިލަންދޫ

ބޯންމެރޯ ހެދުމަށް ފަހު 6 ކުއްޖަކު ރާއްޖެ އައިސްފި، ވެއިޓްލިސްޓުގައި 22 ކުދިން

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖޭން ބޭރަށް ދިޔަ ހަ ކުއްޖަކު ފަރުވާއަށް ފަހު އެނބުރި ގައުމަށް އަތުވެއްޖެއެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވި ހަ ކުއްޖަކު ފަރުވާއަށް ފަހު އެނބުރި ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އަދި ބޭރުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު އަންނަ މަހު ރާއްޖެ އަންނާނެ ކަމަށާއި، ބާކީތިބި ތިން ކުދިންގެ ފަރުވާ މި ވަގުތު ދަނީ […]

އަލީ އާދިލް
ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް 📍 ހދ. ނޭކުރެންދޫ

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް އޭގައި ނޭކުރެންދޫއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނޮޅިވަރަންފަރު ބަލިކޮށްފައެވެ. ރޭ މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދިނީ ވިލްފް، ރާއިފް އަދި އަބާންއެވެ. އަނެއް ދެ ލަނޑަކީ ނޮޅިވަރަންފަރުގެ އިބްރާހީމް ވަހީދާއި އަކްރަމް އަތުން […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ 📍 ހއ. ކެލާ

ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުން ވަށަފަރާއި ކެލާ ޖާގަ ހޯދައިފިއެވެ. ގްރޫޕް އޭގައި ރޭ ކެލާއާއި ހޯރަފުށި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ހޯރަފުއްޓަށް ލަނޑުތައް ޖަހައިދިނީ ޔާނުއާއި އަލީ އިމްރާންއެވެ. ކެލާގެ ދެ ލަނޑު ވެސް ޖެހީ މަމްދޫހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް ފަށައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް ފަށައިފި

ކްލަބް ސެނޯން އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހދ. ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް މިއަދު ފަށައިފިއެވެ. މި ކޯހުގައި އުތުރުގެ 4 އަތޮޅުން ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވާ ކަމަށް މިކޯސް އިންތިޒާމުކޮށްފައިވާ ކްލަބް ސެނޯންގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. ކޯހުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީން ކަމަށްވާ މުޙައްމަދު އަނީލް ޢަބްދުއްލަޠީފް އަދި އަޙްމަދު ޢަމީޒެވެ. ކޯސް ކުރިއަށްދާނީ މިމަހުގެ 24 އާ ހަމައަށެވެ. ކްލަބް ސެނޯންއަކީ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް

ހދ.ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. “ދީނީ ސުވާލު މުބާރާތް 1446” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 10:30 ގެ ކުރިން […]

އިބްރާހިމް ޚަލީލް
ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ! 📍 ހދ. ކުރިނބީ

ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ!

ހދ. ކުރިނބީ ދެކުނުފަރާތު އަތިރިމަތިން ވަޅުލެވިފައިވާ އާސާރި ތަކެތިކަމަށް ބެލެވޭ ބައެއް ސާމާނުފެނިއްޖެ އެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަސް މަޢުލޫމާތު ދެއަވަމުން ވިދާޅުވި ގޮތުގައި، މިތަކެތި ފެނިވައިވަނީ އިއްޔެ ގެ ވަގުތެއްގައި އެރަށުގެ މީހަކު ދެކުނުފަރާތަށް ހިނގާލަން ގޮސް އުޅެނިކޮށް ދެފަސްބެދޭ ހިސާބުން ރުނބައެއްގެ ބައެއް ފެންނަން އޮތުމުން އިތުރަށް ކޮނެ ބެލި ބެލުމުންނެވެ. ރުނބާގެ ތެރޭގައި ކުރީޒަމާނުގެ ވަރަށްގިނަ ތަށިތައް މީގެތެރޭގައި ހުރިކަމަށް އަސްލަމް ވިދާޅުވި އެވެ....

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުޅުދުއްފުށީ ކޯޓުން ފަށައިފި

ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުޅުދުއްފުށީ ކޯޓުން ފަށައިފި

ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފި އެވެ. ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އަދި އެފަދަ މީހުންގެ ވަނަވަރު އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރާ ނަމަވެސް ފެމެލީ ކޯޓުން މިހާތަނަށް ވަނަވަރު އާންމެއް ނުކުރެ އެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ […]

ހުސައިން ހަބީބް
ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ 📍 ހދ. ހަނިމާދޫ

ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ

ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހެދޭތޯ ބެލުމަށް، ޖަޕާނު ވޮލަންޓިއަރެއް ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. މި ދިރާސާއަކީ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭއޯސީވީ) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޖޭއޯސީވީގެ ވޮލެންޓިއަރެއް ކަމަށްވާ މިސް ތެރުކޯ ވަނީ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޖަޕާނުގެ ތަރުކާރީ ހެއްދުމަށް އެއް އަހަރާއި ހަމަސް...

އިބްރާހިމް ޚަލީލް
އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް 📍 ހއ. އުތީމު

އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ އުތީމު ފުޓްސަލް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީއެއް ދީފިއެވެ. އުތީމު ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެކަމުގައި އިސްކޮށް އުޅުނު އެރަށު ފީރޯޒްގެ އާދަމް ރަމީޒަށާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުތީމު ފުޓްބޯޅަ ކްލަބްގެ ފަރާތުން ވެސް ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ރިސޯޓުތަކުގައި ވަޒީފާ އ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ނޮލެޖް ސެންޓަރގައި ޔޫތު މެންޓަލް ހެލްތު ސެންޓަރއެއް ތަރައްޤީކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމެޓެޑު އާއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން ނޮލެޖް ސެންޓަރ އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓް ކުރުމާއިއެކު ދެ ކޮންސަލްޓޭޝަން ރޫމާއި، ފާހާނާ އަދި ލޮބީ އޭރިއާ ތަރައްޤީކޮށް ފަރުނީޗަރ ލައި ފުރިހަމަކުރެވޭނެ ކަމަށެވެ. ގިބްސް ލޮޖިސްޓިކްސް އާއި މި މަސައްކަތް ހަވާ...

ޔުމްނާ ޢަލީ
ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި 📍 ހއ. ކެލާ

ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މާރަންދޫއާއި ކެލާ އަދި ވަށަފަރުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ގްރޫޕް އޭގައި މާރަންދޫއިން ވަނީ 3-0 ގެ ނަތީޖާއިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު މުހައްމަދު، ހަމްދާންގެ އިތުރުން އާދަމް ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫގެ ހުމައިދު ހުސެއިންއެވެ. ރޭ ގްރޫޕް […]

އިބްރާހިމް ޚަލީލް
ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅު ބުރުގައި ރޭ ނައިވާދޫއާއި ނޭކުރެންދޫން ކުޅުނު މެޗުތަކުން ފަސެހަކަމާއިއެކު މޮޅުވިއިރު، ނޮޅިވަރަންފަރާއި ވައިކަރަދޫއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރާއި ހަނިމާދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަންފަރުންނެވެ. މިއީ މުބާރާތުގައި އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ އާދަމް...

އިބްރާހިމް ޚަލީލް
ޖަލާލުއްދީން މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ބާއްވައިފި

ޖަލާލުއްދީން މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނެސް ކުލާހެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންގޮސްފިއެވެ. މި ކުލާސް ބޭއްވުނީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ....

އިބްރާހިމް އަސްވާޤް
ލެއިން ލިޔެވުނު ދިވެހި ތާރީޚު - 1

ލެއިން ލިޔެވުނު ދިވެހި ތާރީޚު - 1

ދިވެހި ތާރީޚަކީ ދިވެހި ކާބަފައިންގެ ލެއިން ލިޔެފައިވާ އެއްޗެކެވެ. ދުނިޔޭގެ ދައުލަތްތަކާއި ޤައުމުތަކުގެ ތާރީޚު އަބަދުވެސް ލިޔެވެނީ ލެއިންނެވެ. މިވަގުތު މި ގެނެސްދެނީ، ލެއިން ލިޔެވުނު ދިވެހި ތާރީޚުގެ ދެތިން މަންޒަރެކެވެ. މާތް ﷲ، އަނިޔާލިބިގެންވާ ދިވެހި ޤައުމަށް އޯގާވެރިވެވޮޑިގެންފިއެވެ. ދިވެހިރާއްޖޭގައިވާ ކާފަރު ޕޯޗުގީޒު ދައުލަތުގެ ގަދަފަދަކަން ނިކަމެތިކުރައްވައި، ހަލާކުކުރައްވައި، އިސްލާމީ ދިވެހިރާއްޖެ އަލުން އިޢާދަކުރެއްވުމަށް ތިލަދުންމަތީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބާއި،...

އަޙްމަދު ސާލިމް