މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ގާއިމުކުރި “މަލަފެހި” ނާސަރީ އިއްޔެ ހުޅުވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މިތަނަކީ އެ ކައުންސިލްގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ. މި ނާސަރީ ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގެ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީ ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިިފް އާއި ދިވެހި ރެޑްކްރެސެންޓްގެ ކުޅުދުއްފުށީ ގޮފީގެ މެނޭޖަރު...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަޟްހާ އީދުގެ ކުރިން (6 ޖޫން 2025) ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމުގައި ކައުންސިލުން ބުނެފިއެވެ. މި ނޫހަށް މައުލޫމާތު ދެމުން ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ބުނީ އެ ރަށުގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި، އަންނަ އަޟްހާ އީދުގެ ކުރިން މިސްކިތް އެއްކޮށް ނިންމައި ބޭނުން ކުރަން ފެށޭވަރު […]

އިބްރާހިމް ޚަލީލް
އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި 📍 ހއ. އުތީމު

އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރަސްމީ ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. އުތީމު ކައުންސިލުގެ ރަސްމީ ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި ރޭ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބޭއްވި ހަފްލާގައެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. ލޯގޯއިން ރަމްޒުކޮށްދޭ ކަންކަން ލޯގޯގައި ދޯންޏެއްގެ ސިފައިގައި ރަމްޒުކޮށްދޭބައިން ބުނެދެނީ އުތީމު ތިންބެއިން ރާއްޖެ އިސްލާމް ކުރެއްވުމަށ...

އިބްރާހިމް ޚަލީލް
ށ. އަތޮޅު ތަށި ފުރަތަމަ ފަހަރަށް މިލަންދޫ އަށް 📍 ށ. މިލަންދޫ

ށ. އަތޮޅު ތަށި ފުރަތަމަ ފަހަރަށް މިލަންދޫ އަށް

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް 2025” ގެ ށ. އަތޮޅު ޗެމްޕިއަންކަން މިލަންދޫން ހޯދައިފިއެވެ. ށ.އަތޮޅުގެ ފައިނަލް ކުޅުނީ އިއްޔެ ހަވީރުއެވެ. މިލަންދޫއާއި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމް ބައްދަލުކުރި ފައިނަލް މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިލަންދޫ މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ގޯލްޑެން ފުޓްސަލް މުބާރާތުގެ ތަށި މިލަންދޫން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ރަށާއި ގުޅޭގޮތުން ފޮތެއް ލިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޖޯގްރަފީއާއި ތާރީހާއި ސަގާފަތާއި އިގްތިސާދުގެ އިތުރުން އިޖުތިމާއީ ދިރިއުޅުމާއި ގުޅުންހުރި މައުލޫމާތުގެ މައްޗަށް ފޮތެއް އެކުލަވާލުން ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޔަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތުގެ އަގަކީ 100000 (އެއްލައްކަ ރުފިޔ...

އިބްރާހިމް ޚަލީލް
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

ހއ. ހޯރަފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހޯރަފުށީ މަގުމަތިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން […]

އަލީ އާދިލް
މަކުނުދޫ ބައި-އިލެކްޝަނަށް ކުރިމަތިލި މީހެއްގެ ކެންޑިޑެންސީ ބަލައިގަތުމަށް އަމުރުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ބައި-އިލެކްޝަނަށް ކުރިމަތިލި މީހެއްގެ ކެންޑިޑެންސީ ބަލައިގަތުމަށް އަމުރުކޮށްފި

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުގެ މަގާމަށް ކުރިމަތިލާފައިވާ އިބްރާހީމް މުޙައްމަދު، ކަރާދުނބުރިއާގެ /މާލެ، ކެންޑިޑެންސީ ބަލައިގަތުމަށް، ދިވެހިރާއްޖެގެ ހައިކޯޓުން، އިލެކްޝަން ކޮމިޝަން (އީސީ)ގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައަކީ އިބްރާހީމް މުޙައްމަދު މި އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީސީ އަށް ހުށަހަޅާފައި ނުވާކަމަށްބުނެ، އެ ކޮމިޝަނުން އިބްރާހީމް މުޙ...

ޔުމްނާ ޢަލީ
އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ. ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް [...

ޔުމްނާ ޢަލީ
ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ 📍 ހދ. ނައިވާދޫ

ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ނައިވާދޫއާއި މަކުނުދޫ ބައްދަލުކުރަން ޖެހުނުއިރު ނޭކުރެންދޫއާއި ކުމުންދޫ ބައްދަލުކުރަން ޖެހިއްޖެއެވެ. ހދ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ނޭކުރެންދޫއެވެ. ނޭކުރެންދޫން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ މަކުނުދޫންނެވެ. […]

އިބްރާހިމް ޚަލީލް
ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ 📍 ހއ. ކެލާ

ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ދިއްދޫއާއި މާރަންދޫ ބައްދަލުކުރާއިރު ވަށަފަރުން ކެލާ އާއި ވާދަކުރަން ޖެހިއްޖެއެވެ. ހއ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މާރަންދޫއިންނެވެ. މާރަންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
ވަހީދު ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމުގެ ހުވާކުރައްވައިފި

ވަހީދު ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމުގެ ހުވާކުރައްވައިފި

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި، މުހައްމަދު ވަހީދު މަގާމުގެ ހުވާކުރައްވައިފިއެވެ. މަގާމާއި ހުވާކުރެއްވުމަށް ފަހު މި ނޫހާއި ވާހަކަފުޅު ދައްކަމުން ވަހީދު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ މަގާމުގެ މައްސޫލިއްޔަތު ފުރިހަމައަށް އްދާކުރައްވަން ކަމަށެވެ. ހާއްސަކޮށް ސަރުކާރާއި ގުޅިގެން، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން އަތޮޅާއި ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވަހީދު ވިދާޅުވިއެވެ. ވަހީދު އިތުރަށް ވިދާޅުވ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ އަނިޔާއެއް ދޭން އުޅުނު މީހަކު ހައްޔަރަށް

ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ އަނިޔާއެއް ދޭން އުޅުނު މީހަކު ހައްޔަރަށް

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ފަތުރުވެރިޔަކަށް ޖިންސީ އަނިޔާއެއް ދޭން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ބުނީ، އެ ރަށުގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ހުރި އަންހެން ފަތުރުވެރިޔަކު އިއްޔެ އެ ރަށު ބީޗުގައި އުޅެނިކޮށް ޖިންސީ އަނިޔާއެއް ދިނުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަދީމް ބުނީ އަނިޔާ ދިނުމަށް މަސައްކަތްކުރި މީހާގެ ފުށުން ސަލާމަތްވެ، ފަތުރ...

އިބްރާހިމް ޚަލީލް
ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި...

ޔުމްނާ ޢަލީ
މަކުނުދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކާ ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

ހދ.މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. ބިން ހިތްކުމުގެ މަސައްކަތް ޑިސެމްބަރ މަސްތެރޭ ނިންމާފައިވާއިރު، މިހާރު ކުރިއަށް ދަނީ ފަސްގަނޑު ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެއް އަހަރު ދުވަހުން ބިން ހިތްކުމުގެ އަމަލީ މަސައްކަތް ނިންމާގޮތަށް، މި މަސައްކަތް 2023 ވަނަ އަހަރުގެ ތެރޭ ހަވާލުކޮށްފައި ވަނީ ބިގް ފިޝް މޯލްޑިވްސްއާއެވެ. މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކު ނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އި...

އިބްރާހިމް ޚަލީލް