މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން އެ އެއާޕޯޓަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވީ ހަނިމާދޫއަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ނުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސްތަކުގައި ފަސިންޖަރުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ފޭބި ފަސިންޖަރުން ވާރެއާ ތެމިގެން ޓާމިނ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓް ފަރުމާކުރަން ހުޅުވާލައިފި، ހޮވޭފަރާތަކަށް -/5000ރ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓް ފަރުމާކުރަން ހުޅުވާލައިފި، ހޮވޭފަރާތަކަށް -/5000ރ

ހދ. ކުޅުދުއްފުށި ސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ނިޝާނެއް ޤާއިމްކުރުމެވެ. މި މޮނިއުމަންޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދުގައެވެ. ފަރުމާ ހުށަހަޅާ ފަރާތްތަކުން، މޮނިއުމަންޓުގެ ފަރުމާ ވާންޖެހޭނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ، ބަލާލަން ރީތި، އަދި އިސްލާމްދީނާއި އާންމު އިޖްތިމާއީ...

އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހު 10 ވަނަ ދުވަހު ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖު/ މާލެ، އަބްދުالله މުޙައްމަދު ޙަބީބް (44އ) އެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައ...

އައިޝަތު އައިނީ އާމިރު
ވާދެމުމާއި ފައިގަތަޅާ ކުޅުމުން "ޓީމް 3ބީ" ބަލިކުރެވޭ ވަރުގެ ޓީމެއް މަނަދޫއަކު ނެތް!

ވާދެމުމާއި ފައިގަތަޅާ ކުޅުމުން "ޓީމް 3ބީ" ބަލިކުރެވޭ ވަރުގެ ޓީމެއް މަނަދޫއަކު ނެތް!

ނ. މަނަދޫގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ޓީމް 3B ވަނީ ރެކޯޑުތަކެއް ޤާއިމްކޮށްފައެވެ. މި ޓީމަކީ ވާދެމުމާއި ފައިގަތަޅާ މުބާރާތްތަކުގައި ވިދިވިދިގެން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. ޚާއްޞަކޮށް އަންހެނުންގެ ވާދެމުމުގެ ބައިން ވިދިވިދިގެން 5 އަހަރު ޗެމްޕިއަންކަން ހޯދުމަކީ މި ޓީމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކުވައިދޭ ކަމެކެވެ. މި ޓީމުގެ ކާމިޔާބީގެ އެންމެ މުހިންމު ސިއްރަކީ ޓީމުގެ މެންބަރުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ކޮން...

އިބްރާހިމް އަސްވާޤް
ބާރަށު އަންހެނުންނަށް ސާންތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަނީ

ބާރަށު އަންހެނުންނަށް ސާންތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަނީ

ހއ. ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން، ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ސާންތި ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 އަހަރުން މަތީގެ އަންހެނުންނަށެވެ. އެރަށު ކޮމިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ: ފެނަކަ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ: ފެނަކަ

ހއ. ހޯރަފުށީގައި ތަރަގީކުރަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާއެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް […...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ “ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025” ފުޓުބޯޅަ މުބާރާތުގައި ބައިވެެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މުބާރާތުގެ މަޤުސަދަކީ، ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށ...

އައިޝަތު އައިނީ އާމިރު
ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ ކައުންސިލުން ބަޔާން ނެރެފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ ކައުންސިލުން ބަޔާން ނެރެފި

ހއ. ހޯރަފުށީ ގައި ޤާއިމްކޮށްފައިވާ ބިއްލޫރި ފުޅީގައި ފެންބަދުކުރާ “ބޮޓަލިންގް ފްލާންޓް” ގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެ ރަށު ކައުންސިލުން ކަނބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ޖޮއިންޓ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ފެށެން 100 ދުވަސް

ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 އަށް ދެން އޮތީ ބާކީ 100 ދުވަހެވެ. އެހެންކަމުން ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ މިކަން ފާހަގަކޮށް މި މުބާރާތުގެ ކައުންޓްޑައުން ފަށާފައެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު […]

އައިޝަތު އައިނީ އާމިރު
އިހަވަންދޫ އިން 1600 އަކަފޫޓުގެ 150 ބަންޑާރަ ގޯތި ދޫކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިން 1600 އަކަފޫޓުގެ 150 ބަންޑާރަ ގޯތި ދޫކުރަނީ

ހއ. އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް 15 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލުމަށް އިއުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާންުމުކޮށްފައިވާ އިއުލާނާއެކު “ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު” ގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހެނދުނު 08:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެކަމަށް ކައުންސިލުން […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުއްޓަށް ކުލަގަދަ ޢީދެއް، މިފަހަރު ވެސް ތަފާތު

ކުޅުދުއްފުއްޓަށް ކުލަގަދަ ޢީދެއް، މިފަހަރު ވެސް ތަފާތު

ކުޅުދުއްފުށި ސިޓީގައި މިއަހަރުގެ އަޟްހާ ޢީދު ވެސް ފާހަގަކުރެވިގެން ދިޔައީ ކުލަގަދަ އަދި އެހާމެ ފުރިހަމަކޮށް މުއްސަނދި ސަގާފަތާއެކު ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަކޮށެވެ. 1446 ވަނަ އަހަރުގެ ބޮޑު ޢީދު ކުޅުދުއްފުށީގައި މިހާ ފުރިހަމަ އަށް ފާހަގަ ކުރެވިގެން ދިޔައީ އީދުގެ އެންމެހާ ކަންކަން ވިލަރެސްކުރުމުގައި ސިޓީ ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއް ދީގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޢީދުގެ ފެށުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގެ ފަންނުވެރިންގެ މެދުގައި ސަޤާ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫގައި ބާއްވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ބާއްވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، އިހަވަންދޫގައި ހިންގަން ނިންމާފައިވާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރލްސް) ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި "ފޮޓޯ ޕޮއިންޓް" ތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި "ފޮޓޯ ޕޮއިންޓް" ތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ހިތްގައިމު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުށި ޕްރޮމޯޓްކުރުމަށް އެ ރަށުގެ މުހިންމު ސަރަޙައްދުތަކުގައި ފޮޓޯ ޕޮއިންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ”ތިލަދުން” އަށް ވިދާޅުވިގޮތުގައި، މިކަހަލަ ތަފާތު ފޮޓޯ ޕޮއިންޓް އެއް ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، ހޯރަފުއްޓަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވެފައި، ރަށަށް ޒިޔާރާތް ކުރާ މީހުންނަށް އެ ރަށް އިސްތިހާރުކުރުމަށް ލިބިގެންދާނެ ފުރުސަތަކ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން މުބާރާތް 2025 ގައި ބައިވެރިވުމަށެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަންނަ ޖުލައި މަހު 4 ގައި ބާއްވާ މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 6 ވަނަ އެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ސިންގަލްސް/ އަންހެން އަދި ފިރިހެން 1 ވަނަ އަށާއި ޑަބަލްސް އަންހެން އަދި ފިރިހެން 1 ވަނައިގެ […]

އައިޝަތު އައިނީ އާމިރު
މިއަންނަ ހަފްތާގައި ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ: މެޓް

މިއަންނަ ހަފްތާގައި ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހާމަކޮށްފިއެވެ. އެގޮތުން މެޓް އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 9 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށެވެ. އަދި އާންމު ގޮތެއްގައި 13 މޭލާއި 23 […]

އައިޝަތު އައިނީ އާމިރު