މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ

ހދ. ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު އެ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް 126,000ރ. ދައްކަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން, 2021 ގައި ކުޅުދުއްފުށީ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލުމުން އެ ސައިކަލާއި އެތަނުގައި ހުރި އިތުރު ސައިކަލާއި ބެޓްރި ސައިކަލެއްގައި ރޯވެފައިވެ އެވެ. އެ އަމަލު ހިންގި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށް, އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ސައިކަލުތަކުގެ ވެރިފަރާތުން ދައުވާކުރީ ސައިކަލުތަކަށް ލިބ...

ހުސައިން ހަބީބް
ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާ ދެމެދު އެއްބަސްވުމެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާ ދެމެދު އެއްބަސްވުމެއް

ހދ. ހަނިމާދޫގައި އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަނިމާދޫ ކައުންސިލުން އެމް.އައި.ޓީ. ކޮލެޖާއެކު ފަހުމުނުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ކޯސްތަކަކީ ހއ އަތޮޅާއި ހދ އަތޮޅަށް އަމާޒުކޮށްގެން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ. މި އެއްބަސްވުމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، އަމާޒަކީ މިހިސާބުގެ މިފަދަ ގިނަ ކޯސްތައް ހަނިމާދޫއަށް ގެންދިއުން ކަމަށެވެ. އެގޮތުން ހަނިމާދޫގައި ވާނީ މިފަދަ ހަރަކާތްތައް...

އައިޝަތު އައިނީ އާމިރު
މިދިޔަ އަހަރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް 4665 މީހުން ޒިޔާރާތްކުރި

މިދިޔަ އަހަރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް 4665 މީހުން ޒިޔާރާތްކުރި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ރަށު ނޮލެޖް ސެންޓަރުގައި ޤާއިމްކޮށްފައިވާ އާންމު ކުތުބުޚާނާ އަށް ޒިޔާރާތްކޮށްފައިވާ ފަރާތްތަކުގެ އަދަދު ޖުމްލަ 4665 އަށް އަރާފައިވާކަމަށް ކުޅުދުއްފުށި އާންމު ކުތުބުޚާނާގެ 2024 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ޤާއިމްކުރި މި ކުތުބުޚާނާ އަށް ރިއާޔަތްކޮށް އަހަރީ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓުގައި ވަނީ ކުތުބުޚާނާގެ މައިގަނޑު މަޤުސަދުތަކާއި، ޢަމަލުކުރެވޭ އުސޫލުތަކާއ...

އައިޝަތު އައިނީ އާމިރު
 "ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ" ނަމުގައި ހޭލުންތެރިކުރުމަށް ސެޝަންތަކެއް

 "ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ" ނަމުގައި ހޭލުންތެރިކުރުމަށް ސެޝަންތަކެއް

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ “ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ” ގެ ނަމުގައި ޖޫން މަހުގެ 14 އިން 18 އަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ. ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދެވެ. މި […]

އިބްރާހިމް އަސްވާޤް
އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި 📍 ހދ. ކުޅުދުއްފުށި

އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެ...

އައިޝަތު އައިނީ އާމިރު
ކޭއާރުއެޗުގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ. ކޭއާރުއެޗުން މިއަދު އާންމު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުށެވެ. އަދި މި...

އައިޝަތު އައިނީ އާމިރު
"ރައްކާ ރޯޑް ޝޯވ 2025" ށ. އަތޮޅުގައި ފެށިގެން ކުރިއަށް

"ރައްކާ ރޯޑް ޝޯވ 2025" ށ. އަތޮޅުގައި ފެށިގެން ކުރިއަށް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯވ 2025” ށ. އަތޮޅުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި މަހު 20 އިން 28 އަށް ކުރިއަށްގެންދާ މި ރޯޑް ޝޯވ އެ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެއެވެ. މި ހަރަކާތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެ އަތޮޅު މިލަންދޫގައެވެ. މިލަންދޫގައި މިހަރަކާތް ފެށުމުގެ ގޮތުން މިލަންދޫގައި ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ވަނީ ކުޅެފައެވެ. […]

އިބްރާހިމް ޚަލީލް
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީ މުބާރާތް ކެލާ އިން ކާމިޔާބުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީ މުބާރާތް ކެލާ އިން ކާމިޔާބުކޮށްފި

ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ “ނިޔާ އެކަޑަމީ” އިން އިންތިޒާމް ކޮށްގެން މުރައިދޫގައި ކުރިއަށް ގެންދިޔަ “މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025” ގެ ޗެމްޕިއަންކަން ކެލާ އިން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ ރޭ މުރައިދޫ ވޮލީ ކޯޓްގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކޮށްފައި ވަނީ ކެލާ އާއި ފިއްލަދޫއެވެ. ފައިނަލް މެޗު ކެލާ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންގޮސްފައި ވަނީ 23-25، […]

އިބްރާހިމް ޚަލީލް
ކެނދިކުޅުދޫއިން ސިޔާސީ ޕާޓީތަކަށް ބިންދޫކުރަން ހުޅުވާލައިފި 📍 ނ. ކެނދިކުޅުދޫ

ކެނދިކުޅުދޫއިން ސިޔާސީ ޕާޓީތަކަށް ބިންދޫކުރަން ހުޅުވާލައިފި

ނ.ކެނދިކުޅުދޫ ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް މިއަދު ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިގޮތަށް ބިން ދޫކުރުމަށް ހުޅުވާލާފައިވަނީ އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކަމަށެވެ. ކައުންސިލުން މިކަމާ ގުޅޭގޮތުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ބީލަމުގައި ބައިވެރިވެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2013) އަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް ހިންގަމުންގެންދާ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަހި ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަހި ފަށަނީ

ހއ. ހޯރަފުށީ މަގުތަކުގައި އަމިއްލަތަކެތީގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާނުކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެރަށު މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަޔަވަހީގެ ދަށުން ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، ހޯރަފުށި ކައުންސިލް އިދާރާއަށް ހާޒިރުވެ އަންދާސީ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން

ހދ.ކުޅުދުއްފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ރައްޔިތުންމަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މި އަހަރު ކުޅުދުއްފުށި...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބާއްވާ ޕަންޗް ނީޑްލިންގ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ޕަންޗް ނީޑްލިންގ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން އިން ގުޅިގެން ކުޅުދުއްފުށީގައި ހިންގާ ޕަންޗް ނީޑްލިންގ ދަސްކޮށްދިނުމުގެ ތަމްރީނު ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ކޯހުގެ މަޤުސަދަކީ، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސޓީގެ ރައްޔިތުންނަށް، ހާއްސަ ކޮށް އަންހެނުންނަށް އާމްދަނީ ހޯދުމަށް މަގުތަނަވަސް ކޮށްދިނުމަށެވެ. މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމަކީ، އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފަށައިފި

ކުޅުދުއްފުށީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފަށައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީގައި މިއަދު މި މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މުބާރާތް ރަސްމީކޮށް ފެށުމަށް ދަންމަރު ރޯކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ. މި ދަންމަރު ހަވާލުކޮށްފައިވަނީ  ކުޅުދުއްފުއްޓަށް ނިސްބަތްވާ ޤައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓެއް ކަމަށްވާ އަހުނާ ނ...

އައިޝަތު އައިނީ އާމިރު
ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ 📍 ހދ. ކުޅުދުއްފުށި

ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ޤައުމީ ފެންވަރުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 މާދަމާ ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މި ޖޫން މަހު 21 އިން 26 އަށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ބާއްވާ މި 6 ދުވަހުގެ މުބާރާތުގައި އުތުރުގެ ސަރަހައްދުގެ 19 ސްކޫލަކުން 18 އުމުރުފުރާއެއް 108 އިވެންޓުގައި ވާދަކުރާ ގޮތަށް 725 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި އެންމެ ގިނައިން […]

އައިޝަތު އައިނީ އާމިރު
ފިއްލަދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 16 އަހަރުން މަތީގެ ދެޖިންސަށް ވެސް ހުޅުވާލާފައެވެ. ނަމަވެސް އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރި ކުރަން ނިންމާފައި ވަނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުންނެވެ. ކޯހުގައި ބައިވެރިވާ ފަރާތްތަކަކީ އަސާސީ ތައުލީމު ލިބިފައިވާ ފަރާތްތަކ...

އިބްރާހިމް ޚަލީލް